އެފްއޭއެމްގެ ފައިސާއަށް ހިޔާނަތްތެރިވި ކަމުގެ ތުހުމަތުގައި ދައުވާ އުފުލައި އޭގެ ތެރެއިން ބައެއް ދައުވާތައް ސާބިތުވެ ޖަލަށް ހުކުމްކޮށްފައިވާ، ބައްސާމް އަދީލް ޖަލީލު ޖަލުގެ ގޮޅިން ނުކުންނަން ދެކޮޅު ހަދަމުން އެބަދެ އެވެ.
16 ނޮވެމްބަރ 2025
އެފްއޭއެމްގެ ފައިސާއަށް ހިޔާނަތްތެރިވި ކަމުގެ ތުހުމަތުގައި ދައުވާ އުފުލައި އޭގެ ތެރެއިން ބައެއް ދައުވާތައް ސާބިތުވެ ޖަލަށް ހުކުމްކޮށްފައިވާ، ބައްސާމް އަދީލް ޖަލީލު ޖަލުގެ ގޮޅިން ނުކުންނަން ދެކޮޅު ހަދަމުން އެބަދެ އެވެ.
އެކަމަކު އެއީ ކޮން ސަބަބަކާ ހެދި ކަމެއް އަދި ނޭނގެ އެވެ.
އެފްއޭއެމްގެ ފައިސާ ލޯންޑާކޮށްގެން އެ ތަނުގެ ކުރީގެ ރައީސް ބައްސާމް ޕެންޓްހައުސްއެއް ގަތް ކަމަށް ބުނެ އޭނާގެ މައްޗަށް އުފުލާފައިވާ ހިޔާނާތާއި މަނީލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު 8:15 އަށް ތާވަލުކޮށްފައިވެ އެވެ.
ނަމަވެސް، މިހާތަނަށް ވެސް އެ އަޑުއެހުން ފެށޭ ގޮތް ވަނީ ނުވެފަ އެވެ.
ކްރިމިނަލް ކޯޓުން ބުނީ ބައްސާމްގެ ޝަރީއަތުގެ އަޑުއެހުން ނުފެށި ލަސްވަނީ ޖަލުގެ ގޮޅިން އޭނާ ނުކުންނަން ދެކޮޅު ހަދަމުންދާތީ ކަމަށެވެ. އޭނާ ގޮޅިން ނެރުމުގެ މަސައްކަތް ކަރެކްޝަން ސާވިސްއިން ކުރަމުން އަންނައިރު، އަޑުއެހުން އަދި ކެންސަލް ނުކުރާ ކަމަށް ކޯޓުން ބުންޏެވެ.
އެފްއޭމްއެމް އަށް ފީފާއިން ފޮނުވި ފައިސާތަކަކަށް ހިޔާނާތްތެރިވެ، މަނީ ލޯންޑާ ކުރުމުގެ ކުށުގައި ނުވަ އަހަރުގެ ޖަލު ހުކުމެއް މިހާރު ވެސް ތަންފީޒު ކުރަމުންދާ ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކެއް ދައުލަތުން ކުރަނީ ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރު (18 މިލިއަނަށް ވުރެ ގިނަ ރުފިޔާ) އަށް ބައްސާމް ހިޔާނާތްތެރިވެ، އެ ފައިސާ ބޭނުންކުރި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ބައްސާމްގެ ވަކީލުން ބުނެފައިވަނީ ބައްސާމް ހިޔާނާތްތެރިވި ކަމަށް ބުނަނީ ފީފާއިން ފޮނުވި ފައިސާތަކަކަށް ކަމަށާއި ފީފާގެ އުސޫލުތައް އޮންނަ ގޮތުން ފީފާގެ ހުއްދަ ނެތި އެފަދަ މައްސަލަތައް ނުބެލޭނެ ކަމަށެވެ.
އެ ފައިސާ ދިނީ އެފްއޭއެމްއަށް ކަމަށް ވިޔަސް، އެއީ ފީފާގެ ފައިސާތަކަކަށް ވާތީ އެ މައްސަލަ ބެލުމުގައި ފީފާގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް ވަކީލުން ފާހަގަކުރި އެވެ. އަދި އެފަދަ ކަންކަމަށް ގައުމުތަކުގެ އިދާރާތަކަށް ނުވަދެވޭނެ ކަމަށް ވެސް ވަކީލުން ބުނެފައިވެ އެވެ.
ނަމަވެސް ގާޒީ ނިންމެވީ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމިއިރު، އެ މައްސަލާގައި އެފްއޭއެމްގެ ކުރީގެ އިސްވެރިންތަކަކާއި އަމިން ކޮންސްޓްރަކްޝަން ކުންފުންޏަށް ވެސް ދައުލަތުން ދައުވާ ކުރެ އެވެ. ނަމަވެސް އެ މައްސަލަތައް ކުރިއަށް ގެންދަނީ ވަކިންނެެވެ.
އެ މައްސަލާގައި ބައްސާމް ހުޅުމާލޭގެ އަމިން އެވެނިއުއިން ގަނެފައިވާ ޕެންޓް ހައުސްއެއް ފުލުހުން މިދިޔަ އަހަރުން ފެށިގެން ވަނީ ހިފަހައްޓައިފަ އެވެ.
ޖަލު ހެދުން ނުލުމުން ބައްސާމް ގެނައީ ކުލަ ހެދުމުގައި
ބައްސާމްގެ ދެވަނަ ވަކީލު ވެސް މައްސަލަ ދޫކޮށްލައިފި
އަގީލް ބަންދެއް ނުކުރެވުނު، ބައްސާމް ޝަރީއަތް ކެންސަލް
ބައްސާމް ދެކޮޅު ހެދީ ޖަލު ހެދުން ލައްވައި ބިޑިއަޅުވާތީ
ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
ބައްސާމްގެ އަދަބު ބޮޑުވާ ގޮތަށް ދައުވާއަށް އިސްލާހެއް
ބައްސާމްގެ އެޕާޓްމަންޓް ހިފެހެއްޓި މުއްދަތު އިތުރުކޮށްފި
ބައްސާމްގެ ޝަރީއަތް ނިމުމަކަށް، ދެން އޮތީ ހުކުމް
"އެފްއޭއެމްގެ ފައިސާ ކަންކަން އިސްކޮށް ބެލީ ބައްސާމް"
ހިޔާނާތާއި މަނީލޯންޑްރިންގެ ދައުވާއަށް ބައްސާމް އިންކާރު