އިންސާނިއްޔަތާ ހިލާފް އަމަލުތައް ހިންގި ކަމުގެ ކުށް ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ މައްޗަށް ސާބިތުވާ ކަމަށް އެ ގައުމުގެ ހާއްސަ ކޯޓަކުން މިއަދު ހުކުމްކޮށްފި އެވެ.
އިންސާނިއްޔަތާ ހިލާފް އަމަލުތައް ހިންގި ކަމުގެ ކުށް ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ މައްޗަށް ސާބިތުވާ ކަމަށް އެ ގައުމުގެ ހާއްސަ ކޯޓަކުން މިއަދު ހުކުމްކޮށްފި އެވެ.
ހަސީނާގެ މައްޗަށް އަދި އަދަބު ކަނޑައެއް ނާޅަ އެވެ.
އުމުރުން 78 އަހަރުގެ ހަސީނާގެ ވެރިކަން މިދިޔަ އަހަރުގެ އޯގަސްޓް މަހު ވައްޓާލުމާ އެކު ވަނީ ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންފަ އެވެ. ޝަރީއަތަށް ހާޒިރުވާން ކޯޓުން އެތައް އަމުރެއް ނެރުމުން ވެސް ހަސީނާ ހާޒިރުވެ ވަޑައިގެންފައި ނުވާތީ ހުކުމް ކުރީ އޭނާގެ ޣައިރު ހާޒިރުގަ އެވެ.
ދަރިވަރުން ސަރުކާރާ ދެކޮޅަށް ނުކުމެ ކުރި މުޒާހަރާތައް މުޅި ގައުމަށް ފުޅާވެ ވެރިކަން ވެއްޓޭ ހިސާބަށް ދިޔައިރު އެ މުޒާހަރާތައް ހުއްޓުވަން ބާރުގެ ބޭނުންކޮށް އެތައް ބަޔަކު ވަނީ މަރާލައިފަ އެވެ. ހަސީނާއާ ދެކޮޅަށް އުފުލި ދައުވާތަކުގެ ތެރޭގައި، މީހުން މެރުން ނުހުއްޓުވުން ހިމެނެ އެވެ. މިއީ ބަންގްލާދޭޝްގެ ގާނޫނުގައި އިންސާނިއްތާ ހިލާފް ޖަރީމާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަދި މަރުގެ އަދަބު ހިމެނޭ ކުށެކެވެ.
ބަންގްލާދޭޝް އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް އިން ހަސީނާގެ މައްޗަށް ހިންގި ޝަރީއަތުގެ އެންމެ ފަހު އަޑުއެހުމުގައި އެޓާނީ ޖެނެރަލް އަސަދުއްޒަމާން ވަނީ އިންސާފު ގަބޫލުކުރައްވާ ނަމަ ހަސީނާ ޝަރީއަތަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ މައްޗަށް ހުކުމް އިއްވި ބަންގްލާދޭޝް އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް ކައިރީ ސިފައިން ސަލާމަތީ ކަންތައް ބަލަހައްޓަނީ. -- ފޮޓޯ: އޭއެފްޕީ
"އެއީ ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅެއް. އެކަމަކު ބޮޑު ގައުމެއް [ވާނެ ގޮތެއް ވާން] ދޫކޮށް ފިއްލެވީ. އެ އަމަލުން ވެސް ބާރު ލިބެނީ މި ކުރާ ތުހުމަތުތަކަށް،" ފަސް މަސް ދުވަހަށް ދެމިގެން ދިޔަ ޝަރީއަތް ނިމި ހުލާސާ ބަޔާނުގައި އެވެ.
ޖޫން 1 ގައި ހަސީނާގެ ޝަރީއަތްތައް އޭނާގެ ޣައިރު ހާޒިރުގައި ފަށައިގެން ކުރިއަށް ދިޔައިރު، ސަރުކާރާ ދެކޮޅު މުޒާހަރާތަކުގަ އާއި ސަރުކާރާ ދެކޮޅު މީހުން މެރުމުގައި ސީދާ ހަސީނާގެ ފަރާތުން އަމުރުތައް އައި ކަމުގެ ތުހުމަތު ސާބިތުކުރުމަށް އެތައް ބަޔަކު ހެކިބަސް ދީފައިވެ އެވެ.
އދ. އިން އަންދާޒާކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ ޖުލައި އާއި އޯގަސްޓް މަހާ ދެމެދު ބަންގްލާދޭޝްގައި 1،400 މީހަކު މަރާލާފައިވެ އެވެ.
ހަސީނާއާ އެކު، ކުރީގެ އިންޓީރިއާ މިނިސްޓަރު އަސަދުޒުމާން ޚާން ކަމާލް އާއި ފުލުހުންގެ ކުރީގެ ވެރިޔާ ޗައުދަރީ އަބްދުﷲ އަލް މާމޫނަށް ވެސް މި ދައުވާތައް ކުރެ އެވެ. އޭގެ ތެރެއިން އަސަދުޒުމާން ޚާން ކަމާލް ވަނީ ވެރިކަން ވެއްޓުމާ އެކު ފިލައިގެން ގޮސްފަ އެވެ. އަދި ޗައުދަރީ އަބްދުﷲ އަލް މާމޫން ހައްޔަރުކޮށްފައި ވާއިރު އޭނާ ވަނީ ދައުވާތަކަށް އިއުތިރާފު ވެފަ އެވެ.
ހަސީނާއަށް 21 އަހަރުގެ ޖަލު ހުކުމެއް
ހަސީނާގެ ބޭންކް ލޮކަރުން 10 ކިލޯގެ ރަން ނަގައިފި
ހަސީނާ ހަވާލުކުރަން ބަންގްލާދޭޝްއިން އިންޑިއާގައި އެދެފި
ޝައިހް ހަސީނާ މަރަން ހުކުމްކޮށްފި
ހަސީނާއަށް ފަހު ވެސް ބަންގްލާދޭޝްގައި ސިޔާސީ މަރުތައް
އަންނަ މަހު ހަސީނާއަށް މަރުގެ ހުކުމް އިއްވަފާނެ
މުޒާހަރާކުރާނަމަ ހަމަލާދޭން ހަސީނާ އަމުރުކުރާ އޯޑިއޯއެއް
ޝައިހް ހަސީނާއަށް ހަ މަހުގެ ޖަލު ހުކުމެއް
ހަސީނާގެ ޕާޓީ ބަންގްލާދޭޝްގައި މަނާކޮށްފި
ހަސީނާގެ ޕާޓީ މަނާކުރުމުގެ ވިސްނުމެއް ނެތް: ޔޫނުސް