ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ ބޭންކް ލޮކަރުތަކުގައި ރައްކާކޮށްފައި ހުރި 1.3 މިލިއަން ޑޮލަރުގެ އަގުހުރި 10 ކިލޯގެ ރަން އެންޓި ކޮރަޕްޝަން އިދާރާތަކުގެ ބެލުމުގެ ދަަށަށް ގެންގޮސްފި އެވެ.
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ ބޭންކް ލޮކަރުތަކުގައި ރައްކާކޮށްފައި ހުރި 1.3 މިލިއަން ޑޮލަރުގެ އަގުހުރި 10 ކިލޯގެ ރަން އެންޓި ކޮރަޕްޝަން އިދާރާތަކުގެ ބެލުމުގެ ދަަށަށް ގެންގޮސްފި އެވެ.
ނެޝަނަލް ބޯޑް އޮފް ރެވެނިއުގެ ސެންޓްރަލް އިންޓެލިޖެންސް ސެލް (ސީއައިސީ) ގެ އޮފިޝަލުން ބުނީ މި ތަކެތި ފެނިފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ލޮކަރުތައް ހުޅުވައި ބެލުމުން ކަމަށެވެ.
"ކޯޓު އަމުރެއްގެ ދަށުން އެ ލޮކަރުތައް ހުޅުވި އިރު ކުރީގެ ބޮޑުވަޒީރުގެ 9.7 ކިލޯގެ ރަން ވަނީ ފެނިފައި،" ނަން ނުޖެހުމަށް ޝަރުތުކޮށް ސީއައިސީގެ އިސް އޮފިޝަލަކު އޭއެފްޕީ އަށް ވިދާޅުވި އެވެ.
ރަން ފައިސާ ފޮއްޗާއި ގަނޑު ރަނާއި ގަހަނާ ވެސް ލޮކަރުތަކުގައި ހުއްޓެވެ.
ތަހުގީގު ޓީމުތަކުން ބުނެފައިވާ ގޮތުގައި ހަސީނާ މަގާމުގައި ހުންނެވި އިރު ލިބިފައިވާ ބައެއް ހަދިޔާތައް ގާނޫނުގައިވާ ގޮތުގެ މަތިން ދައުލަތުގެ ހަޒާނާއާ ހަވާލުކޮށްފައެއް ނުވެ އެވެ.
މީގެ އިތުރުން ހަސީނާ ޓެކްސްއަށް މަކަރު ހެދި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ނޭޝަނަލް ބޯޑް އޮފް ރެވެނިއު އިން ދަނީ ބަލަމުންނެވެ.
ހަސީނާގެ ވެރިކަން ނިމުމަކަށް އައި ފަހުން ބަންގްލަދޭޝްގައި ސިޔާސީ ހަލަބޮލިކަން ވަނީ ބޮޑުވެފަ އެވެ. އަދި އަންނަ އަހަރުގެ ފެބްރުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނާ ގުޅޭ އެކި ހަމަނުޖެހުންތައް ދަނީ ހިނގަމުންނެވެ.
ހަސީނާ ވެރިކަމުން ދުރުކުރުމާ އެކު ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެން އުޅުއްވާއިރު މި މަހު ކުރީކޮޅު ބަންގްލާދޭޝްގެ ހާއްސަ ޓްރައިބިއުނަލް އަކުން ވަނީ ހަސީނާގެ މައްޗަށް އުފުލި އިންސާނިއްޔަތާ ހިލާފް އަމަލުތައް ހިންގުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ދަންޖައްސައި މަރަން ހުކުމްކޮށްފަ އެވެ.
ހަސީނާ ވެރިކަމުގައި އޭނާއާ ދެކޮޅަށް ކުރި މުޒާހަރާތައް ހުއްޓުވަން ބާރުގެ ބޭނުންކޮށް 1،400 އަށް ވުރެ ގިނަ މީހުން މަރާފައިވާ ކަމަށް އދ. އިން އަންދާޒާކުރެ އެވެ. -- އޭއެފްޕީ
ހަސީނާއަށް 21 އަހަރުގެ ޖަލު ހުކުމެއް
ހަސީނާ ހަވާލުކުރަން ބަންގްލާދޭޝްއިން އިންޑިއާގައި އެދެފި
ޝައިހް ހަސީނާ މަރަން ހުކުމްކޮށްފި
މަރުގެ ހުކުމް އަންނަ ކުށް ހަސީނާއަަށް ސާބިތުވެއްޖެ
ހަސީނާއަށް ފަހު ވެސް ބަންގްލާދޭޝްގައި ސިޔާސީ މަރުތައް
އަންނަ މަހު ހަސީނާއަށް މަރުގެ ހުކުމް އިއްވަފާނެ
މުޒާހަރާކުރާނަމަ ހަމަލާދޭން ހަސީނާ އަމުރުކުރާ އޯޑިއޯއެއް
ޝައިހް ހަސީނާއަށް ހަ މަހުގެ ޖަލު ހުކުމެއް
ހަސީނާގެ ޕާޓީ ބަންގްލާދޭޝްގައި މަނާކޮށްފި
ހަސީނާގެ ޕާޓީ މަނާކުރުމުގެ ވިސްނުމެއް ނެތް: ޔޫނުސް