އިންސާނިއްޔަތާ ހިލާފް އަމަލު ހިންގުމުގެ ކުށުގައި ދަންޖައްސައި މަރަން ހުކުމްކޮށްފައިވާ، ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާއެއް ސާބިތުވެ 21 އަހަރުގެ ޖަލު ހުކުމެއް ވެސް މިއަދު އިއްވައިފި އެވެ.
އިންސާނިއްޔަތާ ހިލާފް އަމަލު ހިންގުމުގެ ކުށުގައި ދަންޖައްސައި މަރަން ހުކުމްކޮށްފައިވާ، ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާއެއް ސާބިތުވެ 21 އަހަރުގެ ޖަލު ހުކުމެއް ވެސް މިއަދު އިއްވައިފި އެވެ.
މިދިޔަ އަހަރު މުޒާހަރާތަކާ ހެދި އިސްތިއުފާ ދެއްވުމަށް ފަހު ފިއްލަވައިގެން އިންޑިއާއަށް ވަޑައިގަތް 78 އަހަރުގެ ހަސީނާއަށް މި ހުކުމް އިއްވި އިރު ވެސް ކޯޓު އަމުރުތަކަށް ތަބާނުވެ ހުންނެވީ އިންޑިއާގަ އެވެ.
ހަސީނާގެ ޣައިރު ހާޒިރުގައި މި މަހުގެ 17 ވަނަ ދުވަހު ވަނީ ދަންޖައްސައި މަރަން ވެސް ހުކުމްކޮށްފަ އެވެ.
މިއަދު ހުކުމްކޮށްފައިވަނީ ހަސީނާގެ މައްޗަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އުފުލާފައިވާ ކޮރަޕްޝަންގެ ތިން ދައުވާއަކާ ގުޅިގެންނެވެ. އެއީ ޑާކާގެ އަގު ބޮޑު ސަރަހައްދަކުން ބިންތަކެއް ފޭރުނު ކަމަށް ބުނެ އުފުލާފައިވާ ދައުވާތަކެކެވެ.
ހުކުމް އިއްވެވި ފަނޑިޔާރު އަބްދުﷲ އަލް މައުމޫން ވިދާޅުވީ ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ހޯދުމަށް އޮތް ދަހިވެތިކަމާއި ކޮރަޕްޝަން ހިންގުމުގެ ނިޔަތް އޮތްކަން ހަސީނާގެ އަމަލުތަކުން ސާބިތުވާ ކަމަށެވެ.
"ދައުލަތުގެ މުދަލަކީ އަމިއްލަ މުދަލުގެ ގޮތުގައި ބަލައިގެން ހަސީނާ ދަހިވެތިކަމާ އެކުގައި ވަނީ ދައުލަތުގެ ވަސީލަތްތަކައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް އޭނާ އާއި އާއިލާގެ މަންފާއަށް ބޭނުންކޮށްފައި،" ފަނޑިޔާރު ވިދާޅުވި އެވެ.
މި ދައުވާތަކުގައި، އެމެރިކާގައި އުޅުއްވާ ހަސީނާގެ ދަރިކަލުން ސަޖީބް ވާޒިދު އަދި އދ.ގެ އިސް އޮފިޝަލެއްގެ ގޮތުގައި މަސައްކަތްކުރެއްވި ދަރިކަނބަލުން ސައިމާ ވާޒިދު ވެސް ފަސް އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ.
ދައުލަތުގެ ވަކީލް މުއީނުލް ހަސަން ވިދާޅުވީ، މިދިޔަ އަހަރުގެ އޯގަސްޓް ފަސް ވަނަ ދުވަހު ހެލިކޮޕްޓަރެއްގައި ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެން އުޅުއްވާ ހަސީނާއަށް އިއްވި ހުކުމާ މެދު ހިތްހަމަޖެހިވަޑައިނުގަަންނަވާ ކަމަށެވެ. ބޭނުންވަނީ އެންމެ ބޮޑު އަދަދު ކަނޑައަަޅަން ކަމަށާއި އެހެންވެ ހުކުމް އިސްތިއުނާފުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަސީނާގެ ބޭންކް ލޮކަރުން 10 ކިލޯގެ ރަން ނަގައިފި
ހަސީނާ ހަވާލުކުރަން ބަންގްލާދޭޝްއިން އިންޑިއާގައި އެދެފި
ޝައިހް ހަސީނާ މަރަން ހުކުމްކޮށްފި
މަރުގެ ހުކުމް އަންނަ ކުށް ހަސީނާއަަށް ސާބިތުވެއްޖެ
ހަސީނާއަށް ފަހު ވެސް ބަންގްލާދޭޝްގައި ސިޔާސީ މަރުތައް
އަންނަ މަހު ހަސީނާއަށް މަރުގެ ހުކުމް އިއްވަފާނެ
މުޒާހަރާކުރާނަމަ ހަމަލާދޭން ހަސީނާ އަމުރުކުރާ އޯޑިއޯއެއް
ޝައިހް ހަސީނާއަށް ހަ މަހުގެ ޖަލު ހުކުމެއް
ހަސީނާގެ ޕާޓީ ބަންގްލާދޭޝްގައި މަނާކޮށްފި
ހަސީނާގެ ޕާޓީ މަނާކުރުމުގެ ވިސްނުމެއް ނެތް: ޔޫނުސް