ރާއްޖެއަށް ދަތުރުތައް މެދުކަނޑާލިތާ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން ޔޫއޭއީގެ ބަޖެޓް އެއާލައިން، ފްލައި ދުބާއީން އަލުން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފި އެވެ.
21 ސެޕްޓެމްބަރ 2020
ރާއްޖެއަށް ދަތުރުތައް މެދުކަނޑާލިތާ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން ޔޫއޭއީގެ ބަޖެޓް އެއާލައިން، ފްލައި ދުބާއީން އަލުން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފި އެވެ.
އެ އާލައިނުން ވަނީ 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އޮޕަރޭޓުކޮށްފަ އެވެ. އެއް އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު އަލުން ދަތުރުތައް ފަށަން ނިންމީ ގިނަ ބަޔަކު އެކަމަށް އެދިފައިވާތީ ކަމަށް އެ އެއާލައިނުން ބުންޏެވެ.
ރާއްޖެއާއެކު 40 މަންޒިލަކަށް އެ އެއާލައިނުން އަންނަނީ ދަތުރު ފެށުމަށް ތައްޔާރުވަމުންނެވެ.
އެ އެއާލައިނުން، ބޭރުގެ ބައެއް ނޫސްތަކަށް ބުނެފައިވާ ގޮތުގައި ރާއްޖެއަށް އަލުން ދަތުރުތައް ފަށަން ނިންމާފައިވަނީ އަންނަ މަހުގެ 27ގަ އެވެ. މި ދަތުރުތައް ފެށުމާއެކު ހަފުތާއަކު ހަތަރު ފްލައިޓު ރާއްޖެ އަށް ބާއްވާނެ އެވެ. އެއީ އަންގާރަ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު އެވެ.
ފްލައި ދުބާއީގެ ސީއީއޯ ގައިތު އަލް ގައިތުއާ ވިދާޅުވީ ކޮވިޑް-19 ފެތުރޭތީ ގިނަ ގައުމުތަކެއްގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވަމުން ދިއުމަކީ ޓްރެވަލް އިންޑަސްޓްރީ ރަނގަޅުވަމުން އަންނަ ކަމުގެ ނިޝާނެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ދަތުރުފަތުރު ރަނގަޅުވާ ވަރަކުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފްލައި ދުބާއީގެ އިތުރުން ޔޫއޭއީގެ އެމިރޭޓްސް އާއި އިއްތިހާދުން ވެސް ވަނީ ރާއްޖެއަށް އލުން ދަތުރުތައް ފަށައިފަ އެވެ. އެ ގައުމަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލީ 15 ޖުލައިގަ އެވެ. ބޯޑަރު ހުޅި ފަހުން ފުރަތަމަ ދެ މަހު ރާއްޖެއަށް 13،516 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ.
އިއްތިހާދު އެއާވޭސްގެ ހިދުމަތް އާ ޓާމިނަލްގައި ފަށައިފި
ފްލައިދުބާއީ އިން ބޯޓު ގަންނަ ބޮޑު އިންވެސްޓްމެންޓެއް
ހިލޭ އެހީގެ ޕްރޮޖެކްޓުގެ ބޮޑުބައެއް އިންޑިއާއިން
ފުލުހުންގެ ޑާޓާ ސެންޓަރުގެ ބިންގާ އަޅައިފި
ރާއްޖޭގެ ތަރައްގީގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން!
ރާއްޖެ-ޔޫއޭއީގެ ގުޅުން ބަދަހިކުރަން މަޝްވަރާކުރައްވައިފި
އިންޑިއާ އަށް ފަހު ފޮރިން މިނިސްޓަރު ހަލީލް ޔޫއޭއީއަށް
އާސަންދައިގެ ހިދުމަތް ޔޫއޭއީ/ބެންކޮކްގެ ތިން ތަނަކުން
ޔޫއޭއީ އާއި ތައިލެންޑުން އާސަންދަ ލިބުމާ ގާތަށް!
އެއާ އަރަބިއާގެ ޝެޑިއުލް ދަތުރުތައް ފަށައިފި