އާ އީޖާދުތަކާއި ފަރުމާތައް ފަދަ ފިކުރީ މުދާ، އެއީޖާދު ނުވަތަ ފަރުމާ ކުރާ މީހާގެ ހުއްދަ ނެތި ބޭންނުކުރެވޭ ގޮތަށް، އެކްސްކްލޫސިވް ރައިޓް ދަމަހައްޓަން ރަޖިސްޓްރީކުރާ ރަޖިސްޓްރީކުރުން ނުވަތަ "ޕޭޓެންޓް" އާ ބެހޭ ގާނޫނެއް ހެދުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
19 ނޮވެމްބަރ 2025
އާ އީޖާދުތަކާއި ފަރުމާތައް ފަދަ ފިކުރީ މުދާ، އެއީޖާދު ނުވަތަ ފަރުމާ ކުރާ މީހާގެ ހުއްދަ ނެތި ބޭންނުކުރެވޭ ގޮތަށް، އެކްސްކްލޫސިވް ރައިޓް ދަމަހައްޓަން ރަޖިސްޓްރީކުރާ ރަޖިސްޓްރީކުރުން ނުވަތަ "ޕޭޓެންޓް" އާ ބެހޭ ގާނޫނެއް ހެދުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ބިލް ފަރުމާކުރަމުން އަންނަނީ ވޯލްޑް އިންޓެލެކްޗުއަލް ޕްރޮޕަޓީގެ މާހިރުންގެ އެހީގައި ކަމަށެވެ. އެ މަސައްކަތް ފެށީ ހަމަ އެ ދާއިރާއަށް ހާއްސަ ޓްރޭޑްމާކް ބިލް ފާސްކޮށް ތަސްދީގުކޮށް، ގާނޫނަކަކަށް ވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި ފިކުރީ މުދާ ރައްކާތެރިކުރުމާ ބެހޭ މި ގާނޫނުތަކާ އެކު، ފިކުރީ މުދަލުގެ ހައްގުތައް ރައްކާތެރިކޮށްދޭ އޮފީހެއް އަންނަ އަހަރު ރާއްޖޭގައި ހުޅުވާނެ އެވެ.
"ކޮޕީރައިޓް ގާނޫނަށް އަޅުގަނޑުމެން ވާނީ ޒަމާނާ ގުޅޭ އަދި އުފެއްދުންތެރިންނާއި ފަންނުވެރީންގެ ބުރަ މަސައްކަތާއި ހައްގުތައް ހިމާޔަތްކޮށްދޭނެ ބޮޑެތި އިސްލާޙުތަކެއް ގެނެސްދީފައި. ބާން ކޮންވެންޝަނުގައި ވެސް މިހާރު ދިވެހިރާއްޖެ ވާނީ ބައިވެރިވެފައި. މިއީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކުރެވުނު މުހިއްމު ގިނަ މަސައްކަތްތަކެއް،" ސައީދު ވިދާޅުވި އެވެ،
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ކްރިއޭޓިވް އިންޑަސްޓްރީއެއް ރާއްޖޭގައި ގާއިމްކޮށްދެއްވާނެ ކަމުގެ ވައުދާ އެކުގައި ކަމަށާއި މިއަދު ފެންނަނީ އެ ވައުދުފުޅު އަމަލީ ގޮތުން ނަތީޖާ ނެރެދެއްވާ މަންޒަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައި ޓްރޭޑްމާކް ބިލް ފާސްކުރީ މި މަހުގެ 10 ވަނަ ދުވަހު އެވެ. އެ ބިލް ފާސްކުރުމުން ސައީދު އޭރު ވިދާޅުވީ އެއީ ވިޔަފާރީގެ ދާއިރާއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.
ޓްރޭޑްމާކުބިލް ޤާނޫނަކަށް ވުމާއެކު، ޕޭޓަންޓާއިބެހޭ ބިލެއް އެކުލަވައިލުމުގެ މަސައްކަތްވެސް ވާލްޑް އިންޓަލެކްޓުއަލް ޕްރޮޕަޓީގެ އެކްސްޕާޓުންގެ އެހީގައި މި ދަނީ ކުރަމުން. އިރާދަކުރެއްވިއްޔާ، 2026ގައި، ރާއްޖޭގައި މުޅީން އަލަށް އިންޓަލެކްޓުއަލް ޕްރޮޕަޓީއޮފީހެއް (ފިކުރީ މުދަލުގެ… pic.twitter.com/8erMgd6WRg
— Mohamed Saeed (@em_saeed) November 19, 2025
އޭނާ ވިދާޅުވި ގޮތުގައި ޓްރޭޑްމާކުގެ ގާނޫނުގެ ދަށުން، ޓްރޭޑްމާކުގެ ހައްގުގެ ވެރިފަރާތްތަކުގެ މުދަލަށް ނުވަތަ ފޯރުކޮށްދޭ ހިދުމަތެއްގައި ބޭނުންކުރާ ޓްރޭޑްމާކްގެ އެކްސްކްލޫސިވް ހައްގު ޔަގީންކޮށް، އުފެއްދުންތަކުގެ ސައްހަކަން ފަސޭހައިން ކަށަވަރުކުރެވޭނެ އެވެ.
"ކޮންސިއުމަރުންނަށް އޮޅުވާލެވޭ ގޮތަށް ރަޖިސްޓްރީކުރެވިފައިވާ ޓްރޭޑްމާކްތައް ބޭނުންކުރުން ހުއްޓުވައި، ކައުންޓަފީޓްކުރުން މި ގާނޫނުގެ ދަށުން ޖިނާއީ ކުށަކަށް ހަދާފައިވޭ،" ސައީދު ވިދާޅުވި އެވެ.
އެ ގާނޫނުގެ ދަށުން ޓްރޭޑްމާކުގެ އިތުރުން ސެޓިފިކޭޓް މާކާއި، ކަލެކްޓިވް މާކްވެސް ރަޖިސްޓްރީކުރެވޭނެ އެވެ.
"ޓްރޭޑްމާކް ބިލަކީ ވިޔަފާރިތަކަށް ބޮޑު ކާމިޔާބީއެއް"
ޑީބީއެމް ވަރަށް އަވަހަށް އޮޕަރޭޝަނަލައިޒް ވާނެ: ސައީދު
މަޖިލީހުގައި ކުރާނެ ބަހުސެއް ނެތް
ފުލުހުންގެ ބިލުން ފެންނަނީ ބަދަލު ހިފުން: އިދިކޮޅު
ކުންފުނިތައް ގިނަކުރަނީ ފައްޔާޒަށް ބާރު ދިނުމަށް
"މަގާމުން ދުރުކުރިޔަސް ސިޔާސީ ހަޔާތް ނުނިންމާނަން"
ފައްޔާޒު އެކަހެރިވެވަޑައިގަތުމަށް ނަޝީދު އެދިވަޑައިގެންފި
ކޮރަޕްޝަން ނުހިންގާ ކަމުގެ ޔަގީންކަން ދެން: ފައްޔާޒު
ފައްޔާޒުގެ ވޯޓު ފާސްކުރަން ވޯޓު ހަމައެއް ނުވޭ
ސަރުކާރުގެ ބޭނުމަށް މެމްބަރުންނަށް ގުޅާނަން: ފައްޔާޒު