މި އަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގެ ޗެމްޕިއަންކަން އާމިން އުމަރު މޫސާ ހޯދައިފި އެވެ.
މި އަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގެ ޗެމްޕިއަންކަން އާމިން އުމަރު މޫސާ ހޯދައިފި އެވެ.
ލީގުގެ ފުރަތަމަ ދެ މުބާރާތުގެ ފައިނަލްގައި އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އާ ވާދަކޮށް މޮޅުވި އާމިން، ލީގުގެ ފަހު މުބާރާތް ކަމަށްވާ ގައުމީ ބަނޑުފިލާ ޗެލެންޖް ނިންމާލީ ސެމީ ފައިނަލާ ހަމައިންނެވެ. ސެމީގައި، އަޝްރަފް ހަސަން އަތުން ބަލިވި ނަމަވެސް އޭނާއަށް ލީގު ޗެމްޕިއަންކަން ލިބުނީ ފައިނަލްގައި ކުޑަ އައްޔަ، އަޝްރަފް އަތުން ބަލިވުމުންނެވެ.
މިއާ އެކު އާމިން ވެފައި ވަނީ ގައުމީ ލީގުގެ ޖޫނިއާ ބަޔާއި އޯޕަން ބައިގެ ޗެމްޕިއަންކަން ވެސް ހޯދި ފުރަތަމަ އެތުލީޓަށެވެ. އޭނާ ޖޫނިއާ ލީގު ޗެމްޕިއަންކަން ނެގީ 2022 އަދި 2023 ގަ އެވެ.
މިދިޔަ އަހަރުން ފެށިގެން އޭނާ މުޅިން ހާއްސަ ވެފައި ވަނީ ސީނިއާ (އޯޕަން) ކެޓެގަރީއަށެވެ. މިއާ އެކު މިދިޔަ އަހަރު މުޅިން އާ ޖޫނިއާ ލީގު ޗެމްޕިއަނެއް ކަނޑައެޅިގެން ދިޔަ އެވެ.
ޖޫނިއާ ލީގު ޗެމްޕިއަން އިޔަން. -- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
އެ ފަހަރު ލީގު ކާމިޔާބު ކުރީ މުހައްމަދު އަޒާން އަހުމަދެވެ. މި އަހަރުގެ ޖޫނިއާ ލީގު ޗެމްޕިއަންކަން ހޯދީ، މިދިޔަ އަހަރު ދެ ވަނައިގައި ނިންމި އިޔަން އަހުމަދެވެ.
އާމިން އަށް ވަނީ ލީގުގައި ޖުމްލަ 3460 ޕޮއިންޓް ލިބިފަ އެވެ. އޭނާއަށް ވުރެ 20 ޕޮއިންޓް މަދުކޮށް، ދެ ވަނައިގައި ނިންމި ކުޑަ އައްޔަ އަށް ލިބުނީ 3440 ޕޮއިންޓެވެ. ތިން ވަނައަށް ދިޔައީ ބަނޑުފިލާ ޗެލެންޖްގެ ސެމީގައި ކުޑަ އައްޔަ އަތުން ބަލިވި މުހައްމަދު ކައިފް އަށެވެ. އޭނާއަށް ލިބުނީ 2680 ޕޮއިންޓެވެ. ހަތަރު ވަނަ ލިބުނީ ބަނޑުފިލާ ޗެލެންޖް ކާމިޔާބުކޮށްގެން 2610 ޕޮއިންޓް ހަމަކުރި އަޝްރަފަށެވެ.
މި ހަތަރު އެތުލީޓުން ވެސް ވަނީ އަންނަ އަހަރުގެ ގައުމީ ބޮޑީބޯޑިން ޓީމުގެ ސްކޮޑަށް ހޮވިފަ އެވެ.
ކުޑަ އައްޔަ، އަޝްރަފް، ކައިފް، އާމިން (ކ-ވ).-- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
ފާއިތުވި ދެ އަހަރު ލީގު ކާމިޔާބުކުރި އަލީ ޖާވިދު (ޖާއްޓެ) 2340 ޕޮއިންޓާ އެކު މިފަހަރު ލީގު ނިންމާލީ ހަތް ވަނައިގަ އެވެ. ބަނޑުފިލާ ޗެލެންޖު އޭނާއަށް ނިމުނީ ހަތަރު ވަނަ ބުރުންނެވެ.
މިއީ 2022 ވަނަ އަހަރު މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަނުން ގައުމީ ލީގު ތައާރަފް ކުރި ފަހުން އޭނާއަށް ލީގުގައި ލިބުނު އެންމެ ދަށް ނަތީޖާ އެވެ. ފުރަތަމަ އަހަރު އޭނާ ނިންމާލީ ދެ ވަނައިގަ އެވެ. އެ އަހަރު ޗެމްޕިއަންކަން ހޯދީ ކުޑަ އައްޔަ އެވެ.
ބަނޑުފިލާ ޗެލެންޖްގެ އޯޕަން ބަޔާއި ޖޫނިއާ ބައިގެ ހީޓްތައް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ނިމިފަ އެވެ. މި މުބާރާތުގައި ދެން ހިމެނޭ ޑްރޮޕްނީ އަދި މާސްޓާސް ބައިގެ ހީޓްތައް މިއަދު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ބަނޑުފިލާ ޗެލެންޖްގެ ވަނަތަކަށް ދިޔަ އެތުލީޓުން. -- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
ޑްރޮޕްނީ ބައިގެ ޗެމްޕިއަންކަން މި އަހަރު ވެސް ހޯދީ ކުޑަ އައްޔަ އެވެ. އޭނާ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އާމިން ބަލިކޮށްފަ އެވެ. ތިން ވަނަ ލިބުނީ އަޒާނަށެވެ. ގައުމީ ލީގުގައި މިހާތަނަށް ބޭއްވި ޑްރޮޕްނީ ހުރިހާ އިވެންޓެއް ވެސް ކާމިޔާބު ކޮށްފައި ވަނީ ކުޑަ އައްޔަ އެވެ.
މާސްޓާސް ބައިގެ ޗެމްޕިއަންކަން ހޯދީ އިބްރާހިމް ޝިމަން އެވެ. ތިން އެތުލީޓުން ވާދަކުރި މާސްޓާސް ބައިގެ ފައިނަލްގައި ދެ ވަނަ ލިބުނީ އަބްދުﷲ ޖަމީލަށެވެ. ތިން ވަނައަށް ދިޔައީ އަހުމަދު އަފްނާނެވެ.
ބޮޑީބޯޑިން ލީގުގެ ޖޫނިއާ ޗެމްޕިއަންކަން އިޔަން އަށް
ބަނޑުފިލާ ޗެމްޕިއަންކަން ފުވައްމުލަކުގެ އަޝްރަފަށް
ފުރަތަމަ ބޮޑީބޯޑިން އިވެންޓުގެ ޗެމްޕިއަނަކީ ޖާއްޓެ
ލަބެރަ ޗެލެންޖްގެ ޗެމްޕިއަންކަން ވެސް އާމިން އަށް
ފުވައްމުލަކު މުބާރާތުގެ ބަދަލުގައި ލަބެރަ ޗެލެންޖް
ބޮޑީބޯޑިން އެސޯސިއޭޝަންގެ އޮފީސް ފަޅާލައިފި
ބުރުނު ޝިކާރުގެ ޗެމްޕިއަންކަން އާމިން އާއި އިޔާން އަށް
ބަނޑުފިލާ ޗެމްޕިއަންކަން 16 އަހަރުގެ އިޔާން އަށް
ބޮޑީބޯޑިން ޗެލެންޖްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
ރާއްޖޭގެ ވޯލްޑްޓްއާ ޗެމްޕިއަންކަން ދުނިޔޭގެ އެއްވަނައަށް