ލަބޭރާ ބޮޑީބޯޑިން ޗެލެންޖުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.
30 ސެޕްޓެމްބަރ 2024
ލަބޭރާ ބޮޑީބޯޑިން ޗެލެންޖުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.
މިއީ ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު ބާއްވާ މި ޗެލެންޖުގެ ތިން ވަނަ އެޑިޝަނެވެ. އަދި މި މުބާރާތަކީ މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން މި އަހަރު ބާއްވާ ދެވަނަ ގައުމީ މުބާރާތެވެ. އެ އެސޯސިއޭޝަނުން މި އަހަރު ފުރަތަމަ ބޭއްވީ ބުރުނު ޝިކާރަ ބޮޑީބޯޑިން ޗެލެންޖް 2024 އެވެ.
ދިރާގުގެ މެނޭޖާ ބްރޭންޑް އެންޑް އިވެންޓްސް، ނައިޔާ ޝަރީފް ވިދާޅުވީ ބޮޑީބޯޑިން އެސޯސިއޭޝަނަށް ސަޕޯޓުދީ، ލަބޭރާ ބޮޑީބޯޑިން ޗެލެންޖަށް ސަޕޯޓް ދިނުމަކީ އެތުލީޓުންނަށް އެ ފަރާތްތަކުގެ ހުނަރު ދައްކާލުމަށް ހުޅުވާދެވޭ ދޮރެއްގެ ކަމަށެވެ. އަދި ދިވެހި އެތުލީޓުން ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ އެ ކުންފުނިން ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްބީބީއޭގެ ރައީސް ހުސެއިން ނިޒާމް ވަނީ ދިރާގުން އެ އެސޯސިއޭޝަނާއި އެތުލީޓުން ކުރިއަރުވަން ކުރާ މަސައްކަތަށް ޝުކުރު އަދާކޮށްފަ އެވެ.
ލަބޭރާ ބޮޑީބޯޑިން ޗެލެންޖު މިއަދު ފަށާނެ އެވެ. އަދި މި ޗެލެންޖު ކުރިއަށް ދާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް މާލޭ ރާޅުގަނޑު ސަރަހައްދުގަ އެވެ.
ދުނިޔޭގެ މުބާރާތުން އާމިން ދެވަނަ ހޯދައިފި
ފުޓްބޯޅައިގެ ތަރި އާމިން ރާޅުތަކުގެ މަތީގައި އުދުހެނީ
މޯލްޑިވްސް ޕްރޯގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
ފައިސާގެ އިނާމު ދިނުމުގައި ތަފާތުކުރިި މައްސަލައެއް
ބޮޑީބޯޑިން އެސޯސިއޭޝަންގެ ޑިޖިޓަލް ޕާޓަނަރަކަށް ދިރާގު
ދިރާގު އެލީޓް ކްލަބްގެ ޕާޓްނަރަކަށް ބާސެލޯ ނަސަންދުރާ
ދިރާގު ކަލަންޑަރުގައި ޑިސެމްބަރު ހާއްސައީ މަސްވެރިކަމަށް
ބާބާ ގާޑިޔާގެ ޝަވަރުމާ، ދިރާގު ޕޭ އިން 1ރ. އަށް!
ދިރާގުން "ލިމިޓްލެސް ބޫސްޓާސް" ތައާރަފްކޮށްފި
ދިރާގު ޕޭއިން 50000ރ. ހޯދުމުގެ ފުރުސަތު ހަމަވަނީ