Roadha Mihaaru

ޖާއްޓެ ބަލިކޮށް ބަނޑުފިލާ ޗެމްޕިއަންކަން 16 އަހަރުގެ އިޔާން އަށް

ފައިނަލްގައި އެންމެ ފަހުގެ ލީގު ޗެމްޕިއަން އަލީ ޖާވިދު (ޖާއްޓެ) ބަލިކޮށް، އުމުރުން 16 އަހަރުގެ އިޔާން އަހުމަދު، މިއަހަރުގެ ގައުމީ ބަނޑުފިލާ ޗެލެންޖް ކާމިޔާބު ކޮށްފި އެވެ.

ބަނޑުފިލާ ޗެމްޕިއަންކަން 16 އަހަރުގެ އިޔާން އަށް

ފައިނަލްގައި އެންމެ ފަހުގެ ލީގު ޗެމްޕިއަން އަލީ ޖާވިދު (ޖާއްޓެ) ބަލިކޮށް، އުމުރުން 16 އަހަރުގެ އިޔާން އަހުމަދު، މިއަހަރުގެ ގައުމީ ބަނޑުފިލާ ޗެލެންޖް ކާމިޔާބު ކޮށްފި އެވެ.

އިއްޔެ ހަވީރު ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށް ގެންދިޔަ ފައިނަލް ހީޓުގައި އިޔާން ވަނީ ޖުމްލަ 10.33 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. ޖާއްޓެ އަށް ހެދުނީ 7.83 ގެ ސްކޯ އެކެވެ.

ފިރިހެން އޯޕަން ބައިގެ ފައިނަލަށް އިޔާން ދަތުރު ކުރީ މެންދުރު ކުރިއަށް ދިޔަ ސެމީ ފައިނަލްގެ ދެވަނަ ހީޓުގައި 12.84 ޕޮއިންޓް ސްކޯ ކޮށްގެން އާމިން އުމަރު މޫސާ ބަލިކޮށްފަ އެވެ. އާމިން އަށް ލިބުނީ 10.43 ޕޮއިންޓެވެ.

ސެމީގެ ފުރަތަމަ ހީޓުގައި ޖާއްޓެ ވަނީ އަޝްރަފް އަހުމަދާ ވާދަކޮށް 12.17 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. އަދި ސެމީން ޖާގަ ހޯދީ ކުއާޓާގައި ރާއްޖޭގެ އެންމެ ކާމިޔާބު ބޮޑީބޯޑަރު އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ބަލިކޮށްފަ އެވެ.

ކުޑަ އައްޔަ ވަނީ މުބާރާތުގެ ޑްރޮޕް ނީ ކެޓެގަރީގެ ޗެމްޕިއަންކަން ދިފާއު ކޮށްފަ އެވެ. އޭނާ ފައިނަލް ހީޓް ކާމިޔާބު ކުރީ އާމިން އުމަރު މޫސާއާ ވާދަކޮށް 12.34 ޕޮއިންޓް ހޯދައިގެންނެވެ. މި ހީޓުން އާމިން އަށް ލިބުނީ ޖުމްލަ 4.03 ޕޮއިންޓެވެ.

މާސްޓާސް ކެޓެގަރީގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ފައިނަލް ހީޓުގައި އަހުމަދު އަފްނާން ބަލިކުރި އިބްރާހިމް ޝިމާން އެވެ.

އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދި އިޔާން ވަނީ ޖޫނިއާ ކެޓެގަރީގެ ފައިނަލްގައި ވެސް ވާދަ ކޮށްފަ އެވެ. ޖޫނިއާ ބައިގެ ފައިނަލްގައި 7.40 ޕޮއިންޓް ސްކޯ ކޮށްގެން ޗެމްޕިއަންކަން ހޯދީ މުހައްމަދު އަޒާން އަހުމަދެވެ. އިޔާޏް އަށް ޖޫނިއާ ފައިނަލުން ލިބުނީ 6.60 ޕޮއިންޓެވެ.

މިއަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގެ ޖޫނިއާ ޗެމްޕިއަންކަން ވެސް ހޯދާފައި ވަނީ އަޒާން އެވެ. އޭނާ ވަނީ ލީގުގެ ފުރަތަމަ ދެ މުބާރާތް ކަމަށްވާ ބުރުނު ޝިކާރު އާއި ލަބޭރާ ބޮޑީބޯޑިން ޗެލެންޖްގެ ޖޫނިއާ ބައިން ވެސް ޗެމްޕިއަންކަން ހޯދައިފަ އެވެ.

މިއަހަރުގެ ލީގުގެ އޯޕަން ކެޓެގަރީގެ ޗެމްޕިއަންކަން ވެސް ހޯދީ ޖާއްޓެ އެވެ. ޖާއްޓެ ވަނީ ލީގުގެ ތިން މުބާރާތުގެ ފައިނަލްގައި ވެސް ވާދަކޮށްފަ އެވެ.