ރައީސް ޑރ. މުހައްމަދު މުއިއްޒު ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާ މާދަމާ ރޭ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
22 ނޮވެމްބަރ 2025
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާ މާދަމާ ރޭ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާ ބައްދަލުކުރެއްވުމަށް ރައީސް މުއިއްޒު އިއުލާންކުރައްވާފައި ގޮތުގެ މަތިން، އެންމެ ފުރަތަމަ ވިލިމާލޭގައި ދިރިއުޅޭ މީހުންނާ ބައްދަލުކުރައްވަން ނިންމަވާފައިވާ ކަމަށެވެ.
ރައީސް މުއިއްޒު ވިލިމާލޭގައި ދިރިއުޅޭ މީހުންނާ ބައްދަލުކުރެއްވުން އޮންނާނީ މާދަމާ ރޭ 8:30 ގައި މުހްޔިއްދީން ސްކޫލްގައި ކަމަށް ހީނާ ވިދާޅުވި އެވެ.
"ވީމާ ވިލިމާލޭގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމުގެ ދައުވަތު އަރުވަމެވެ،" ހީނާ ވިދާޅުވި އެވެ.
ރައީސްކަމުގެ ހުވާކުރެއްވި ފަހު، މިދިޔަ ދެ އަހަރުގެ ތެރޭގައި ރައީސް މުއިއްޒު ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން، އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފަ އެވެ. އެއީ އެމަނިކުފާނުގެ ވައުދެއް ވެސް މެ އެވެ.
އެ ދަތުރުފުޅުތަކުގައި ކޮންމެ ރަށެއްގެ ރައްޔިތުންނާއި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ވެރިންނާ ވެސް ރައީސް ބައްދަލުކުރެއްވި އެވެ. އަދި ކޮންމެ ރަށެއްގައި ވެސް ތަަރައްގީގެ މަޝްރޫއުތައް ފައްޓަވައި، ބައެއް ރަށްރަށުގައި މަޝްރޫއުތައް ނިންމަވައި އިފްތިތާހުކޮށްދެއްވި އެވެ.
ސަލާމަތީ މަޖިލީހުގައި ރައީސަކު އަލަށް ތަގްރީރުކުރައްވަނީ
ރައީސް އޮފީހުގެ ތަރުޖަމާނަކަށް ޝަހީބު އައްޔަންކޮށްފި
ޖަނަވާރުންނަށް ރައްކާތެރިކަންދޭ ބިލު ތަސްދީގުކުރައްވައިފި
ރުކާއި ހައިވަރަކާއެކު ވިލިމާލޭގައި 500ގަސް އިންދައިފި
ނިކަގަސްތައް ކަނޑަން ވޯޓުން ނިންމައިފި
"އާ ފްލެޓްތައް ހާއްސަ ކުރާނީ ވިލިމާލޭ ރައްޔިތުންނަށް"
ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު 97 ބޭފުޅަކަށް
މައުމޫނަށް ނަސްރުގެ ދުވަހު ހާއްސަ ޝަރަފު އަރުވަނީ
ޖޭއެސްސީގެ މެމްބަރު ކަމަށް ހުސްނީ އައްޔަންކޮށްފި
ނޮވެމްބަރު 2 ބަންދުކޮށް 4 ދުވަހުގެ ޗުއްޓީއަކަށް