އުތުރު މެރިއާނާ ޖަޒީރާ އަތުން ބަލިވެ ޑޭވިސް ކަޕްގެ އަނެއް ޑިވިޝަނަށް ރާއްޖެ ޕްރޮމޯޓް ނުވެ މަޑުޖެހިއްޖެ އެވެ.
23 ނޮވެމްބަރ 2025
އުތުރު މެރިއާނާ ޖަޒީރާ އަތުން ބަލިވެ ޑޭވިސް ކަޕްގެ އަނެއް ޑިވިޝަނަށް ރާއްޖެ ޕްރޮމޯޓް ނުވެ މަޑުޖެހިއްޖެ އެވެ.
ޓެނިހުގެ ޓީމު އިވެންޓްގެ ދުނިޔޭގެ އެންމެ ބޮޑު މުބާރާތުގައި ރާއްޖެ އޮތީ ފަސްވަނަ މަރުހަލާ ނުވަތަ ޑިވިޝަނުގަ އެވެ. އެ ޑިވިޝަނުގައި ރާއްޖެ ކުޅުނު ގުރޫޕް ޑީގެ އެއްވަނަ ހޯދައި ޕްލޭއޮފް މެޗުން ޖާގަ ހޯދި އެވެ.
ގުރޫޕް ޑީގައި ކުޅުނު ތިން މެޗުގައި ތަޖިކިސްތާން، ޔުނައިޓެޑް އަރަބި އެމިރޭޓްސް އަދި މަކާއޯގެ މައްޗަށް ކުރި ހޯދައި ގުރޫޕްގެ އެއްވަނަ މަގާމާ އެކު ރާއްޖޭން ތިބީ އަނެއް ޑިވިޝަނަށް ކޮލިފައިވުމުގެ ބޮޑު އުއްމީދެއްގަ އެވެ. ޑޭވިސް ކަޕްގައި ގުރޫޕްގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ރާއްޖޭން ގުރޫޕްގެ އެއްވަނަ ހޯދީ މުޅިން އަލަށެވެ. އެ މުބާރާތުގައި ރާއްޖޭން އެންމެ ފުރަތަމަ ވާދަކުރަން ފެށީ 2022 ގަ އެވެ.
އެކަމަކު ގުރޫޕް އޭ ގެއެއްވަނަ ހޯދި މެރިއާނާ އަތުން ދިވެހި ޓީމު ބަލިވީ ސީދާ ތިން ގޭމުންނެވެ.
އެ ނަތީޖާއާ އެކު އޯޝޭނިއާ ބައްރުގެ ކުޑަކުޑަ ޖަޒީރާ ގައުމުން ވަނީ ހަތަރުވަން ޑިވިޝަނަށް ޕްރޮމޯޓް ވެފަ އެވެ. އަންނަ އަހަރުގެ މުބާރާތުގައި އެ ޓީމު ވާދަކުރާނީ ހަތަރުވަނަ ޑިވިޝަނުގަ އެވެ. ރާއްޖެއަށް އޮތީ އަނެއްކާވެސް އަންނަ އަހަރު ފަސްވަނަ ޑިވިޝަން ސުމަކުން ފެށުމެވެ.
ޑޭވިސް ކަޕްގެ ގުރޫޕްގެ އެއްވަނަ ރާއްޖޭން ހޯދައިފި
ޓެނިސް ވޯލްޑް ކަޕްގައި ގައުމީ ޓީމަށް ބޮޑު ކުރިއެރުމެއް
ރަޝިއާ ޓެނިސް ފެޑެރޭޝަނުން ޑޭވިސް ކަޕް ކާމިޔާބުކޮށްފި
ޖޮކޮވިޗާ އެކު ސާބިއާ ޑޭވިސް ކަޕުން ކަޓައިފި
ބައްޕަގެ ޖަނާޒާ އަށް ފަހު އެނބުރި އައިސް ޗެމްޕިއަން
ނޭޝަނަލް ޓެނިސް ޗެމްޕިއަންޝިޕް ނިންމާލައިފި
އެންޑީ މަރޭ ގޮލްފް ޗެމްޕިއަންޝިޕްގައި ވާދަކުރަނީ
މޯލްޑިވްސް އޯޕަންގައި ޑަބަލްސް ޗެމްޕިއަންކަން އާރާއަށް
އިރާނުގެ ކޯޗު ފިޔަވައި އެހެންއެންމެން ރާއްޖެ އަތުވެއްޖެ
ތޮއްޑޫގެ ތާރީހީ ޓެނިސްމުބާރާތުގެ އެއް ޕާޓްނަރަކީ ދިރާގު