Roadha Mihaaru
ބައްޕަގެ ޖަނާޒާ އަށް ފަހު އެނބުރި އައިސް ޗެމްޕިއަން

ބައްޕަގެ ޖަނާޒާ އަށް ފަހު އެނބުރި އައިސް ޗެމްޕިއަންކަން

25 ނޮވެމްބަރ 2019

ސްޕެއިން ގައުމީ ޓެނިސް ޓީމުގައި ހިމެނޭ ރޮބާޓޯ ބައުޓިސްޓާ އެގަޓް މިދިޔަ ބުރާސްފަތި ދުވަހު ޑޭވިސް ކަޕްގެ ތެރެއިން ގެއަށް ދިޔައީ ބައްޕަ ބަލިވުމުންނެވެ. ފަހުން ސްޕެއިން ޓެނިސް ފެޑެރޭޝަނުން އިއުލާނުކުރީ އޭނާގެ ބައްޕަ މަރުވި ހަބަރެވެ. އެ ހިތާމައިގައި އުޅުމަށް ފަހު ހޮނިހިރު ދުވަހު ޑޭވިސް ކަޕް ސެމީގައި ގްރޭޓް ބްރިޓިއަން އަތުން ސްޕެއިން މޮޅުވި މެޗުގައި ބައުޓިސްޓާ އިނީ ކުޅިބަލާށެވެ. އެކަމަކު އިއްޔެ ޑޭވިސް ކަޕްގެ ތަށި ސްޕެއިނުން ހަ ވަނަ ފަހަރަށް އުފުލާލިއިރު، ބައްޕަގެ ޖަނާ ކަންތައް ނިންމާލުމަށް ފަހު އައިސް ޓީމު މޮޅުކޮށްދިނުމުގައި ބައުޓިސްޓާ ވަނީ އިސް ދައުރެއް އަދާކޮށްފަ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ދުނިޔޭގެ ރޭންކިންގެ ނުވަ ވަނައިގައި އޮތް ބައުޓިސްޓާގެ މަންމަ މިދިޔަ އަހަރު ވަނީ މަރުވެފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު އޭނާ ކުރިމަތިލާން ޖެހުނީ އަނެއްކާ ވެސް އެ ފަދަ ހިތާމަ އެކެވެ. އެހެންވެ ސްޕެއިން ޓެނިސް ފެޑެރޭޝަނުން ބައުޓިސްޓާ ބޭނުންނަމަ ޓީމުން ވަކިވުމުގެ ފުރުސަތު އޮތްކަމަށް އެންގި އެވެ. އެކަމަކު އުމުރުން 31 އަހަރުގެ ބައުޓިސްޓާ ބޭނުންވީ އޭނާ ޓެނިސް ކުޅުންތެރިޔަކަށް ވުމުގެ ހުވަފެން ހަގީގަތަކަށް ހަދައިދޭން އޭނާގެ މައިންބަފައިންވީ ގުރުބާނީގެ ބަދަލުދޭށެވެ.

ޑޭވިސް ކަޕްގައި ކުޅުނު ސްޕެއިން ޓީމުގެ ކުޅުންތެރިންނާ އެކު ބައުޓިސްޓާ ތަށި ހިފައިގެން. -- ފޮޓޯ: އޭއެފްޕީ

ޑޭވިސް ކަޕްގައި ކުޅުނު ސްޕެއިން ޓީމުގެ ކުޅުންތެރިންނާ އެކު ބައުޓިސްޓާ ތަށި ހިފައިގެން. -- ފޮޓޯ: އޭއެފްޕީ

"މަންމަ އާއި ބައްޕަ ދުނިޔޭގައި ހުރިނަމަ ކޮންމެ ޕޮއިންޓެއްގައި ވެސް އުފާފާޅުކުރާނެ. އަހަރެން އަމިއްލަ ހުވަފެނެއް ފުރިހަމަކުރިޔަސް މީގެ ކްރެޑިޓް ދޭންޖެހޭނީ މަންމަ އާއި ބައްޕަ ވީ ގުރުބާނީ އަށް. އަހަންނަށް ފައިނަލުގެ ކުރިން ޕްރެކްޓިސް ނުކުރެވުނީ ބައްޕަގެ ޖަނާޒާ ކަންތައްތަކުގައި އުޅެން ޖެހުމުން. އެކަމަކު ޓީމުން އިތުބާރު ކޮށްފައި ފައިނަލުގައި ކުޅެލުމުގެ ފުރުސަތު ދިނީތީ ޝުކުރު އަދާކުރަން،" އިއްޔެގެ ފައިނަލުގެ އެއް މެޗުގައި ކެނަޑާގެ ފެލިކްސް އޯގާ އަތުން މޮޅުވި ބައުޓިސްޓާ މެޗަށް ފަހު ރޮވިފައި ހުރެ ބުންޏެވެ.

ސްޕެއިނުން 2011 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޑޭވިސް ކަޕްގެ ތަށި ހޯދިއިރު، ޓީމުގެ ކެޕްޓަން ސާޖީ ބްރުގޭރާގެ ތައުރީފު އޮހުނީވެސް ބައުޓިސްޓާ އަށެވެ. ސާޖީ ބުނީ ބައުޓިސްޓާ ސާބިތު އެއްކޮށްދިނީ އޭނާގެ ޕްރޮފެޝަނަލްކަން ކަމަށެވެ.

"ގަބޫލުކުރަން ވެސް އުނދަގޫ. އިއްޔެ އޭނަ (ބައުޓިސްޓާ) ހުރީ ބައްޕަގެ ޖަނާޒާގައި. މިއަދު އައިސް އޭނާ އެ ހޯދީ ދުނިޔޭގެ ޗެމްޕިއަންކަން. އެ މެންޓަލިޓީ. އެ ރޫހު. އެ ކެރުން. އެ ހިތްވަރު މިއީ ބުނެވޭ ބަހަކުން ކިޔައިދެވޭނެ އެއްޗެއް ނޫން. އިއްޔެ އެ ގެއްލުނީ އާއިލާގައި ދެން ހުރި އެންމެ މުހިއްމު މީހާ. އެކަމަކު އޭނާ އައިސް އެ ސާބިތުކޮށްދިނީ ޕްރޮފެޝަނަލް ކަމުގެ އެންމެ މަތީ ދަރަޖަ،" ސާޖީ ބުންޏެވެ.

ސްޕެއިނަށް މި ފަހަރުގެ ކާމިޔާބީ ހޯދައިދިނުމުގައި އެންމެ ބޮޑު ރޯލެއް ކުޅުނު ކުޅުންތެރިއަކީ މަޝްހޫރު ކުޅުންތެރިޔާ ރަފައެލް ނަޑާލް އެވެ. ނަޑާލް ވެސް ވަނީ ބައުޓިސްޓާގެ ހިތްވަރަށް ތައުރީފުކޮށްފަ އެވެ.

ޕީކޭ (ކ) އާއި އޭނާގެ އަންހެނުން ޝަކީރާ ޑޭވިސް ކަޕްގެ ފައިނަލް މެޗުގެ ތެރެއިން. -- ފޮޓޯ: އޭއެފްޕީ

ޕީކޭ (ކ) އާއި އޭނާގެ އަންހެނުން ޝަކީރާ ޑޭވިސް ކަޕްގެ ފައިނަލް މެޗުގެ ތެރެއިން. -- ފޮޓޯ: އޭއެފްޕީ

މި ފަހަރުގެ ޑޭވިސް ކަޕަކީ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޖެރާޑް ޕީކޭގެ ކޮސްމޯސް އިންވެސްޓްމަންޓް ގްރޫޕާ ގުޅިގެން އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް) އިން ބަދަލުތައް ގެނެސްގެން ބޭއްވި ފުރަތަމަ ޑޭވިސް ކަޕް އެވެ. މި ފަހަރުގެ މުބާރާތް ސްޕެއިނުގެ މެޑްރިޑްގައި ކުރިއަށްދިޔައީ 18 ޓީމު ގްރޫޕުތަކަށް ބަހާލައިގެން އެ އަށް ފަހު ނޮކައުޓު ބުރުތައް ކުޅޭ ގޮތަށެވެ. ކުރިން އޮންނަނީ ހޯމް އެންޑް އަވޭ ސިސްޓަމަށް ދިގު މުއްދަތަކަށް ބަހާލައިގެންނެވެ.

މީގެ 199 އަހަރު ކުރިން ފެށި ޑޭވިސް ކަޕަށް މި ގެނެވުނު ބަދަލުތަކާ އެކު ޓެނިހުގެ ފޯރި އިތުރުވާނެ ކަމަށް ޕީކޭ ވަނީ ބުނެފަ އެވެ.