ސައްހަ ނޫން ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިގެން އެކި ސިޔާސީ ޕާޓީތަކަށް މީހުން ވައްދާފައިވާ މައްސަލާގައި ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭން އެމްޑީޕީން ނިންމައިފި އެވެ.
14 ޖެނުއަރީ 2025
ސައްހަ ނޫން ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިގެން އެކި ސިޔާސީ ޕާޓީތަކަށް މީހުން ވައްދާފައިވާ މައްސަލާގައި ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭން އެމްޑީޕީން ނިންމައިފި އެވެ.
އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީން އެގޮތަށް ނިންމީ މީހުންނަށް ނޭނގި ސައްހަ ނޫން ފޯމުތައް ހުށަހަޅައިގެން ސިޔާސީ ޕާޓީތަކަށް ވައްދަމުންދާ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ.
އެމްޑީޕީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އޮޅުވާލައިގެން ޕާޓީތަކަށް ވައްދައި، ޕާޓީތައް ބަދަލުކޮށްފައިވާ އެންމެންނަށް ވެސް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭން އެ ޕާޓީން ތައްޔާރަށް އޮތް ކަމަށެވެ. އެ އެހީތެރިކަން ބޭނުން ނަމަ ވައިބާ އަދި ވަޓްސްއެޕް ނަމްބަރަށް މެސެޖު ކޮށްގެން އެކަން ކުރިއަށް ގެންދެވޭނެ ކަމަށް ބުންޏެވެ.
Confirm your party registration with the Elections Commission!
— MDP Secretariat (@MDPSecretariat) January 14, 2025
? Text PPR [space] ID Card Number to 1414
Registered without consent? Lodge a complaint at https://t.co/L830BruZNI. pic.twitter.com/0vK3lgmj9h
ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ކޮށްފައިވޭތޯ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މެސެޖުކޮށްގެން ބެލެ އެވެ. އަދި އެ މީހެއްގެ ހުއްދަ ނެތި ރަޖިސްޓަރީކޮށްފައިވާ ނަމަ އީސީގެ ވެބްސައިޓު މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ އެވެ.
ސައްހަ ނޫން ފޯމުތަކުގެ މައްސަލާގައި އެންމެ ބޮޑު ފާޑުކިޔުމެއް މިވަގުތު އަމާޒުވެފައި ވަނީ ވެރިކަން ހިންގާ މައި ޕާޓީ، ޕީއެންސީއަށެވެ. އެ މައްސަލާގައި ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ވެސް ވަނީ މެންބަރުން އިތުރުކުރުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން ސައްހަ ނޫން ފޯމުތަކެއް އީސީ އަށް ހުށަހެޅިފައިވާ ކަމަށް އެއްބަސްވެފަ އެވެ.
އެކަން ހިނގި ގޮތް ބަލަމުން އަންނަ ކަމަށް ބުނެ، ނެރުނު ބަޔާނުގައި ވަނީ ޕީއެންސީ އަށް ވަނުމަށް އެދި ލިބުން ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ ގާބިލުކަން އެ ޕާޓީގައި ނެތް ކަމަށެވެ.
ސައްހަ ނޫން ފޯމުތަކެއް ޕީއެންސީން އީސީ އަށް ހުށަހަޅާފައިވާ މައްސަލަ އީސީ އާއި ފުލުހުންނަށް ވެސް ހުށަހަޅާފައި ވާތީ އެ ތަހުގީގަށް ޕާޓީގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް ޕީއެންސީން ބުންޏެވެ.
އީސީން ކުރިން ބުނެފައިވާގޮތުގައި މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި މީހުންނަށް ނޭނގި ސިޔާސީ ޕާޓީ ބަދަލުވުމާއި ޕާޓީތަކަށް ވެއްދުމުގެ 300 މައްސަލަ ލިބުނެވެ. އެ މައްސަލަ މި ފަހުން ފެންމަތިވީ ވަނީ އެމްޑީޕީގެ މަޖިލިސް މެންބަރެއް ކަމަށްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އަށް ނޭނގި އޭނާ ޕީއެންސީ އަށް ބަދަލުކުރުމުންނެވެ. އީސީން ފަހުން ވަނީ އެ ފޯމު ބާތިލްކޮށްފަ އެވެ.
18އަހަރުވުމުން ޕާޓީއަށް ވައްދަންއުޅޭ ވާހަކަ ދޮގުކޮށްފި
ނޭނގި ޕާޓީބަދަލުވާ މައްސަލާގައި އެމްޑީޕީގެ ކަންބޮޑުވުން
އޮފިޝަލުންނަށް ތުހުމަތާ އެކު ފޯކައިދޫގައި ހަމަނުޖެހުން
ޕާޓީތައް ސަސްޕެންޑުކުރުން: އިސްލާހުވުމުގެ ފުރުސަތެއް؟
އެމްޑީޕީގެ މެމްބަރުންގެ އަދަދު ބައިލައްކައަށް އަރައިފި
އިބޫގެ ތަހުގީގެއް ފެށުމުން ޖަރުމަނުން ކަންބޮޑުވެއްޖެ
ރަޖިސްޓްރޭޝަން ލަސްވުމުގައި ޒިންމާވާނެ ބަޔަކު ނެތް
"ކެމްޕެއިނަށް ފުރުސަތު ލިބޭނެ ކަމަށް އުއްމީދު ކުރަން"
"ވޯޓު ފޮށި ބަހައްޓަން ރިސޯޓުތަކުން ދެކޮޅެއް ނޫން"
ކެންޑިޑޭޓުންނަށް ޚަރަދު ކުރެވޭ މިންވަރު ބޮޑު ކުރަނީ