ރާއްޖެ އަށް މި އަހަރު ވިއްސާރަކުރުން އިތުރު ވެފައި ވާތީ، އަދިވެސް މަދިރި އާލާވުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭ ކަމަށާއި އެހެންވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަން އެޗްޕީއޭ އިން މިއަދު އިލްތިމާސްކޮށްފި އެވެ.
12 އޮކްޓޯބަރ 2022
ރާއްޖެ އަށް މި އަހަރު ވިއްސާރަކުރުން އިތުރު ވެފައި ވާތީ، އަދިވެސް މަދިރި އާލާވުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭ ކަމަށާއި އެހެންވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަން އެޗްޕީއޭ އިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެ އިދާރާ އިން އެހެން ބުނީ، ޑެންގީ ޖެހިގެން ހަފުތާއެއްގެ ތެރޭގައި ތިން މީހުން މަރުވެ، އާންމުންގެ ކަންބޮޑުވުން އިތުރުވުމާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނީ، އާންމުކޮށް ކޮންމެ އަހަރަކު ވެސް ވިއްސާރަ މޫސުމާ ގުޅިގެން ޑެންގީ ހުން އިތުރުވާ ކަމަށެވެ. މިއީ ރާއްޖެ އަށް ގިނައިން ވިއްސާރަކުރި އަހަރަކަށް ވެފައި އަދި މިހާރު ވެސް ކުރަމުންދާ ވިއްސާރައާ ގުޅިގެން މަދިރި އާލާވެ، އިތުރުވުން ކުރިއަށް އޮތްތަނުގައި ގިނަވާނެ ކަމަށް ބެލެވޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އެ އިދާރާ އިން ވަނީ، ޑެންގީ އަކީ ސާފު ފެނުގައި އުފެދޭ އީޑީސް މަދިރީގެ ސަބަބުން ފެތުރޭ ބައްޔަކަށް ވުމުން، އެ ބަލިން ރައްކާތެރިވުމަށް، މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމަށާއި މަދިރި ހެފުން މަދުކުރުމަށްޓަކައި ފަރުދީ ގޮތުން ކުރެވޭނެ ކަންކަން ކުރުމަށް އިރުޝާދު ދީފަ އެވެ.
ޑެންގީ ހުން ޖެހިގެން ކުޑަކުއްޖަކާއި ޒުވާނަކު ވެސް އިއްޔެ މަރުވި އެވެ. މި އަހަރުގެ މިހާތަނަށް އެ ބަލީގައި ފަސް މީހަކު މަރުވެފައިވެ އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް އެނގޭ ގޮތުގައި މި އަހަރުގެ އެޕްރީލުން ފެށިގެން މާލެ އާއި ރަށްރަށުން ވެސް ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރި އަދަދު ކަންބޮޑުވާން ޖެހޭ ވަރަށް އިތުރުވެފައިވެ އެވެ. އަދި މިދިޔަ މަހާ އަޅާބަލާއިރު މި މަހުގެ މިހާތަނަށް ރިޕޯޓްކުރި އަދަދު ވެސް އިތުރެވެ.
އެ ބަލީގައި ހާލުބޮޑުވެ، ފަރުވާ އަށް ރަށްރަށުން މާލެ ގެންނަން މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ.
- ހަށިގަނޑު ނިވާވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން ބޭނުންކުރުން.
- މަދިރި އެންމެ ގިނަވާ ވަގުތު [ފަތިސް/ ހަވީރު/ އިރުއޮއްސޭ ގަޑި] ގައި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުން.
- ހުސް ފުޅި/ ދަޅު ކަހަލަ ފެން ހަރުލާ ތަކެތި ގޯތިތެރެ އާއި މަގުމަތީގައި ނުބެހެއްޓުން.
ޑެންގީ އަކީ އީޑީސް މަދިރީގެ ޒަރިއްޔާއިން ފެތުރޭ، ފުރާނައަށް ނުރައްކާވެދާނެ ފަދަ ބައްޔެއް.
— Health Protection Agency (@HPA_MV) October 12, 2022
ޑެންގީއިން ރައްކާތެރިވުމަށް މަދިރި އުފެދޭ ތަންތަން ނައްތާލަމާ! pic.twitter.com/MTMaUFhvIk
- އަރާމުކުރުން.
- ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުން. (ފައިދާ ހުރި ދިޔާތަކެތީގެ ތެރޭގައި ކުރުނބާ ފެނާއި ލޮނުޕެކެޓާއި ސޫޕް ފަދަ ތަކެތި)
- ހުން މަޑުކުރުމާއި ގައިގައި ރިއްސުމާއި ހުޅުހުޅުގައި ރިއްސާ ނަމަ، ޕެރެސެޓެމޯލް ބޭނުންކުރުން.
- ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ ނުވަތަ ދިޔާތަކެތި ބޭނުން ނުކުރެވޭ ނަމަ ޑޮކްޓަރުގެ ލަފާ ހޯދުން.
ކަންބޮޑުވާން ޖެހޭ ވަރަށް ޑެންގޫ އިތުރުވެއްޖެ! https://t.co/gcHL0dPJJX
— Mihaaru (@Mihaarunews) October 5, 2022
ޑެންގީ ހުމުގެ އިތުރުން މިއަހަރު އަރިދަފުސް ރޯގާ ފެތުރޭ މިންވަރު ވެސް ވަނީ އިތުރުވެފަ އެެވެ. ބޭރަށް ހިންގުމާއި ލޮލު ރޯގާ އާއި ފާނަބަސަދާއި ހޭންޑް ފުޓް އެންޑް މައިތު ޑިޒީސް ކަހަލަ ބަލިތައް ވެސް އިތުރުވެފައިވެ އެވެ. އެހެންވެ އެ ބަލިތަކުން ރައްކާތެރިވުމަށް ވެސް ގޭގައި ފިޔަވަޅު އެޅުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެ އެވެ.
މިދިޔަ މަހު ރޯގާގެ 40،000 އަށްވުރެ ގިނަ ކޭސް
އައްޑޫގައި ޑެންގީ އިތުރުވަނީ، އެންމެ ގިނައީ ހިތަދޫގައި
ރޯގާ އާއި ޑެންގީ އަދި ބޭރަށް ހިންގުން އިތުރުވެއްޖެ
ޑެންގީހުން ޖެހުނު މީހުން ތިން ގުނަ އިތުރުވެއްޖެ
މި ދުވަސްވަރު ޗިކުންގުންޔާ ދަނީ ފެތުރެމުން: އެޗްޕީއޭ
ޑެންގީ ފެތުރުން ވަނީ އެއްވަރެއްގައި ހިފެހެއްޓިފައި
މުހިއްމު ބޭނުމެއްގައި ނޫނީ ހޮސްޕިޓަލަށް ނުދާން އެދެފި
ޑެންގީން ރައްކާތެރިވާން އިލްތިމާސްކޮށްފި
ޑެންގީ ކޮންޓްރޯލެއް ނުވޭ، މިދިޔަ ހަފުތާގައި 38 މީހުންނަށް ޖެހުނު
ޑެންގޫ ހުން ޖެހިގެން ފުރަތަމަ ހަތަރު ދުވަހު 40 ކޭސް