މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ފެށި ކުއްލި ބޮޑު އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ޕްރެސް ކޮންފަރެންސެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
25 ނޮވެމްބަރ 2025
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ފެށި ކުއްލި ބޮޑު އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ޕްރެސް ކޮންފަރެންސެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
"އޮޕަރޭޝަން އަލިމަގު"ގެ ނަމުގައި މި މަހުގެ 13 ގައި ހިންގި އޮޕަރޭޝަނުގައި އެއްފަހަރާ 100 ސަރަހައްދެއް ފާސްކޮށް، 100 އެއްހާ މީހުން ހައްޔަރުކުރި އެވެ. އެ މީހުންނަކީ ވެސް ޑްރަގްގެ ވިޔަފާރީގެ ތެރޭގައި އުޅުނު މީހުންކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން އޭރު ވިދާޅުވި އެވެ.
ނަމަވެސް، ދެ ހަފުތާވާން ކައިރިވިއިރު ވެސް އޮޕަރޭޝަނުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި އެ ހަބަރު ނޫސްތަކުގައި ޖެހުމުން ފުލުހުން ވަނީ މިއަދު މެންދުރު 2:15 ގައި ޕްރެސް ކޮންފަރެންސެއް ބާއްވަން ނިންމައި މީޑިއާތަކަށް ދައުވަތު ދީފަ އެވެ.
އިހުސާން ކުރިން ވިދާޅުވީ ހައްޔަރުކުރި މީހުންގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރީގެ ހުރިހާ ފަންތިއެއްގެ މީހުން ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ކުދި، މެދު މިނުގައި އަދި އެންމެ ފުޅާ ދާއިރާއެއްގައި އެ ކުށަށް އަރައިގަންނަ މީހުން ވެސް ހިމެނޭ ކަމަށެވެ.
ޑްރަގް ވިޔަފާރި ރާއްޖޭގައި ދެން ނުކުރެވޭނެ ކަމަށާއި އެކަން ކުރާ ނަމަ "ރާއްޖޭގައި އުޅެން އުނދަގޫ ކުރާނެ" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި އިހުސާން ވިދާޅުވީ ޑްރަގް ވިއްކުމުގައި އުޅުނު މީހުން މިއަދަށް ފަހު ދެން ޖެހޭނީ އެކަންތައް ހުއްޓާލަން ކަމަށާއި ރާއްޖޭގައި ދެން އެ ފުރުސަތު ނުދޭނެ ކަމަށެވެ. ޑްރަގްގެ ވިޔަފާރި ހުއްޓުވަން ރާއްޖޭގައި ގާނޫނީ ގޮތުން އެޅެން ހުރި އެންމެ ވަރުގަދަ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މި ސަރުކާރުން ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެއް ވަގުތެއްގައި 100 އަށް ވުރެ ގިނަ ތަންތަން ބަލައި ފާސްކުރުމުގެ އެ އޮޕަރޭޝަނުގައި 500 އަށް ވުރެ ގިނަ ފުލުހުން ބައިވެރިވި ކަމަށެވެ. އަދި އެއީ މަސްތުވާތަކެއްޗާ ދެކޮޅަށް ފަހުގެ ތާރީހެއްގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގި ހަރަކާތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ސަލާންޖަހަން އުޅޭ 47 މީހަކު ފަރުވާއަށް ގެންގޮސްފި
ވޭޕްގެ ނަމުގައި ޑްރަގް ގެނައުން:މީހަކު ހައްޔަރެއްނުކުރޭ
މައުލޫމާތު ނުލިބި ފެއިލްވިގޮތް ތަހުގީގުކުރާނެ: އިހުސާން
22 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
13 މިލިއަންގެ ޑްރަގް އަތުލައި 34 މީހަކު ހައްޔަރު
ޑްރަގް ޓްރެފިކިންގެ ކުށްވެރިން ދޫވާ ސަބަބު ހޯދަނީ
ދެ ހަފުތާ ތެރޭގައި 5މިލިއަންގެ ޑްރަގްސް އަތުލައިގެންފި
ޑްރަގް މައްސަލަތަކުގެ ފައިދާ ސިޔާސީ މީހުން ނަގާ
މަސްތުވާތަކެތި ސަޕްލައި މަދުވަނީ ސިޔާސީ ހިމާޔަތްނުދޭތީ
ގިނައިން ހުށަހެޅީ ސްކޫލަށް ނުދާ ކުދިންގެ މައްސަލަ!