14 ޖުލައި 2016
ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް އެންމެ މުހިންމު އެއް ކަމަކީ ހަކުރު މަދުކޮށްލުމެވެ. އެހެންވެ އާންމުކޮށް މި ބޭނުންކުރާ ހަކުރުގެ ބަދަލުގައި ކެލަރީ މަދު، ފޮނިރަހަ ހުންނަ "އާޓިފިޝަލް ސްވީޓްނާ" ބޭނުންކުރާ މީހުން މަދެއް ނޫނެވެ. އެކަމަކު ވަރަށް ފުޅާ ދާއިރާއެއްގައި ކުރި ދިރާސާއަކުން ދައްކަނީ މިއީ ރަނގަޅު އެއްޗެއް ނޫން ކަމަށެވެ.
ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް އެންމެ މުހިންމު އެއް ކަމަކީ ހަކުރު މަދުކޮށްލުމެވެ. އެހެންވެ އާންމުކޮށް މި ބޭނުންކުރާ ހަކުރުގެ ބަދަލުގައި ކެލަރީ މަދު، ފޮނިރަހަ ހުންނަ "އާޓިފިޝަލް ސްވީޓްނާ" ބޭނުންކުރާ މީހުން މަދެއް ނޫނެވެ. އެކަމަކު ވަރަށް ފުޅާ ދާއިރާއެއްގައި ކުރި ދިރާސާއަކުން ދައްކަނީ މިއީ ރަނގަޅު އެއްޗެއް ނޫން ކަމަށެވެ.
ހަކުރުގެ ބަދަލުގައި ބޭނުންކުރާ އާޓިފިޝަލް ތަކެތީގެ ސަބަބުން މެޓަބޮލިކް ސިސްޓަމަށް ބޮޑެތި އޮޅުންތަކެއް އަރާ ކަމަށާއި ދިގު މުއްދަތަކަށް ބަލާއިރު މިއީ ބަރުދަން އިތުރުވުމަށް މެދުވެރި ކުރުވާ އެއްޗެއް ކަމަށް "ސެލް މެޓަބޮލިޒަމް" ގައި އަންގާރަ ދުވަހު ޝާއިއުކޮށްފައިވާ ދިރާސާގައި ބުނެފައިވެ އެވެ. އެ ދިރާސާގައި ބުނެފައި ވަނީ އާޓިފިޝަލް ސްވީޓްނާގެ ސަބަބުން، ބަނޑުހައި ވެފައިވާ ކަމުގެ ސިގްނަލް ސިކުނޑި އަށް ފޮނުވާ ކަމަށާއި ނަތީޖާއަކީ ބޭނުންވާ ވަރަށް ވުރެ އިތުރަށް ކެވޭ ގޮތް ވުން ކަމަށެވެ.
ޔުނިވަސިޓީ އޮފް ސިޑްނީގެ ޗާލްސް ޕާކިންސް ސެންޓާ އާއި ގާވަން އިންސްޓްޓިއުޓް އޮފް މެޑިކަލް ރިސާޗް އިން މި ދިރާސާ ކުރީ މެހި ބޭނުންކޮށްގެންނެވެ. އެގޮތުން ބައެއް މެއްސަށް ޔީސްޓާއި ސުކްރޯސް ދިނެވެ. އަދި ބައެއް މެއްސަށް، ކާނާގެ އެކި ބާވަތްތަކުގައި ބޭނުންކުރާ ސިންތެޓިކް ސްވީޓްނާ ދިނެވެ. ދިރާސާއިން އެނގުނު ގޮތުގައި ފަސް ދުވަސް ވަންދެން އާޓިފިޝަލް ސްވީޓްނާ ދިން މެހި އެހެން މެހިތަކަށް ވުރެ 30 ޕަސެންޓް ގިނައިން ކައިފައިވެ އެވެ.
މި ދިރާސާއިން އިތުރަށް ހާމަވި ގޮތުގައި އާޓިފިޝަލް ސްވީޓްނާ ދިން މެހި ފޮނިކާތަކެއްޗަށް ހުންނަ ޝައުގުވެރިކަން އިތުރުވެފައިވެ އެވެ. އަދި މިއީ ހަމަ އެކަނި މެއްސަށް ހާއްސަ ކަމެއް ނޫން ކަމަށާއި ދިރޭ ކޮންމެ އެއްޗަކަށް ވެސް އާޓިފިޝަލް ސްވީޓްނާގެ ސަބަބުން މި އަސަރުތައް ކޮށްފާނެ ކަމަށް ބުނެފައިވެ އެވެ.
ފޮނި ބުއިންތައް އިޝްތިހާރުކުރުން ސިންގަޕޫރުގައި މަނާ
ދިވެހިން ކާންވީ ގޮތް ފުރަތަމަ ފަހަރަށް
ޑައިިޓް ބުއިންތަކުން ވެސް ނުރައްކާ
"ނޯ-ކެލަރީ ސްވީޓްނާ" އިން ބަރުދަން ލުޔެއް ނުވޭ
ހިކެން އުނދަގޫ މީހުންނަށް ނަފްސާނީ އުކުޅުތަކެއް
ނިދަން ފަސޭހަވެ ބަރުދަން ލުއިކޮށްދޭ ބުއިންތަކެއް
"ޝުގަ ފްރީ" އަކުން ހަކުރުގެ ނުރައްކާ ކުޑައެއް ނުވޭ
ސްޓްރެސް ވެފައި ހުންނަ ބައިވެރިޔަކާ ހެދި ފަލަވެދާނެ
ހިކުނު ވަރަށް ވުރެ އަވަހަށް ފަލަވަނީ ކީއްވެ؟
ހަކުރު ހުއްޓާލާތާ ނުވަ ދުވަހުން ތަފާތު ފެނޭ