Roadha Mihaaru

ތުހުމަތުތަކާ އެކު ދަ ޓްރެވެލް ގައިސް އިން ސަނީ އުމަރު ވަކިކުރަން ނިންމައިފި

ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމް "ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް" ގައި އިސްކޮށް އުޅުއްވި ހުސައިން ސަނީ އުމަރު ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވުމާ އެކު، އެ ކުންފުނީގައި އޮތް އޭނާގެ ހިއްސާ އަތުލަައި ކުންފުނިން ވަކިކުރަން ނިންމައިފި އެވެ.

ޓްރެވެލް ގައިސް އިން ސަނީ އުމަރުގެ ހިއްސާ އަތުލަނީ

ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމް "ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް" ގައި އިސްކޮށް އުޅުއްވި ހުސައިން ސަނީ އުމަރު ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވުމާ އެކު، އެ ކުންފުނީގައި އޮތް އޭނާގެ ހިއްސާ އަތުލަައި ކުންފުނިން ވަކިކުރަން ނިންމައިފި އެވެ.

ދަ ޓްރެވެލް ގައިސް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަނީ އުމަރުގެ ހިއްސާ އަތުލަން ނިންމީ އެ ކުންފުނީގެ ބޯޑުން ކަމަށެވެ. އޭނާގެ ހިއްސާ އަތުލި ނަމަވެސް އެހެން ފަރާތަކަށް ވިއްކާ ނުލާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"... މި ހިއްސާތައް [ސަނީ އުމަރު އަތުން އަތުލާ ހިއްސާތައް] އޮންނާނީ ކުންފުނީގެ ތެރޭގަ އެވެ. މި ކަމުގައި ގާނޫނީ އަދި ކޯޕަރޭޓް ގަވާނެންސްގެ ދަށުން ކުރަން ޖެހޭ ހުރިހާ ކަންތައްތަކެއް ފުރިހަމަ ކުރާނަމެވެ،" ޓްރެވެލް ގައިސް އިން ބުންޏެވެ.

އެ ކަންތައްތައް ވީ އެންމެ އަވަހަކަށް ފުރިހަމަކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.،

ޓްރެވެލް ގައިސް އިން ހިންގާ "ޓްރެވެލޫއުޝަން މީޑިއާ" ފުރަތަމަ ދުވަހުން ފެށިގެން ވެސް ހިންގަމުން އައީ އިންޓަނޭޝަނަލް ކޯ ޓީމަކުން ކަމަށާއި ދުވަހުން ދުވަހަށް އެ މީޑިއާ ހިންގުމުގައި ސަނީ އުމަރުގެ ބައިވެރިވުމެއް ނެތް ކަމަށް ވެސް ޓްރެލް ގައިސް އިން ބުންޏެވެ.

ޓްރެވެލް ގައިސް އިން ބުނި ގޮތުގައި، ޓްރެވެލޫޝަން މީޑިއާގެ މާލީ އިދާރީ އަދި ސްޓްރެޓެޖިކް ހުރިހާ ކަމެއް ކުރަމުން އަންނަނީ އިންޓަނޭޝަނަލް ކޯ ޓީމުންނެވެ. އަދި އެ މީޑިއާ ހިންގުމުގައި ސަނީ އުމަރު ބައިވެރިވާ ކަމަށް ބުނެ ފަތުރާފައި ވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ވެސް ބުންޏެވެ.

"ގޯނާ އާއި ނާޖާއިޒު ފައިދާ ނެގުމާއި މިފަދަ އެންމެހާ ނުރަނގަޅު އަމަލުތަކާ ޓްވެލް ގައިސް އިން ދެކޮޅު ހަދަ އެވެ. އެ ތުހުމަތުތަކަކީ ވަރަށް ސީރިއަސް އަދި ސަނީ އުމަރަށް ކުރެވޭ ފަރުދީ ތުހުމަތުތަކެކެވެ،" ޓްރެވެލް ގައިސްގެ ބަޔާނުގައި ވެ އެވެ.

އެއީ ޓްވެލޫޝަންގެ އޮޕަރޭޝަންތަކާ އެއްވެސް ގުޅުމެއް ހުރި ކަންތައްތަކެއް ނޫން ކަމަށާއި މީހުންގެ އިއްޒަތާއި ކަރާމަތަކީ އެ މީޑިއާ އޮޕަރޭޓް ކުރުމުގައި އެންމެ އިސްކަންދޭ ކަންތައްތައް ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

ސަނީ އުމަރަށް ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން ފުލުހުންނާ ސުވާލު ކުރުމުން މިއަދު ބުނީ އެފަދަ މައްސަލައެއް އެ އިދާރާ އަށް ލިބިފައި ނެތް ކަމަށެވެ. ނަމަވެސް އެ ތުހުމަތުތައް ފުލުހުންގެ ސަމާލުކަމަށް އައުމާ އެކު، އެކަން ބަލަމުން އަންނަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.