ތިމާވެއްޓަށް ވުރެ އިންސާނުން މުހިންމީ ހެއްޔެވެ؟ ނުވަތަ އިންސާނުންނަށް ވުރެ ތިމާވެށި މުހިންމީ ހެއްޔެވެ؟ މިއީ މިހާރަކަށް އައިސް ބަހުސްކުރެވޭ މައުލޫއު އެކެވެ. އަޅުގަނޑަށް މި ސުވާލު ވަނީ އަންތަރީސް ވެ، ހައިރާންވާ ވަރުގެ ސުވާލަކަށެވެ. އެހެނީ މިއީ އަޅުގަނޑުމެން "އަޅުގަނޑުމެންގެ ހަށިގަނޑަށް ވުރެ ހިތް މުހިންމީ ހޭ؟" ސުވާލު ކުރުން ފަދަ ކަމަކަށް ވާތީ އެވެ.
ތިމާވެއްޓަށް ވުރެ އިންސާނުން މުހިންމީ ހެއްޔެވެ؟ ނުވަތަ އިންސާނުންނަށް ވުރެ ތިމާވެށި މުހިންމީ ހެއްޔެވެ؟ މިއީ މިހާރަކަށް އައިސް ބަހުސްކުރެވޭ މައުލޫއު އެކެވެ. އަޅުގަނޑަށް މި ސުވާލު ވަނީ އަންތަރީސް ވެ، ހައިރާންވާ ވަރުގެ ސުވާލަކަށެވެ. އެހެނީ މިއީ އަޅުގަނޑުމެން "އަޅުގަނޑުމެންގެ ހަށިގަނޑަށް ވުރެ ހިތް މުހިންމީ ހޭ؟" ސުވާލު ކުރުން ފަދަ ކަމަކަށް ވާތީ އެވެ.
ޝައްކެތް ވެސް ނެތެވެ. ތިމާވެއްޓަކީ އަޅުގަޑުމެންގެ ހަށިގަނޑުގައިވާ ހިތެވެ. އަޅުގަނޑުމެންގެ ޖިސްމަށް ހިތް ނެތި ނޫޅެވޭނެ ފަދައިން އަޅުގަނޑުމެންނަށް ތިމާވެއްޓަކީ އެއާ ނުލައި އަދި އެ އަށް ފަރުވާ ކުޑަ ނުކުރެވޭނެ ކަމެކެވެ. މި ޖަޒީރާ ރާއްޖޭގެ ކޮންމެ ދިވެއްސަކަށް ވެސް ދުނިޔޭގެ އެހެން އިންސާނަކަށް ވުރެ ބޮޑަށް މުހިންމު ވާންވީ ތިމާވެއްޓެވެ. އަޅުގަނޑުމެން ތިމާވެއްޓަށް އަހަންމިއްޔަތުކަން ނުދޭ ނަމަ ކުރިމަތިވާން އޮތް ކާރިސާތަކާއި ހުށަހެޅިދާނެ ގޮންޖެހުންތަކަކީ އެ ކަމާ މެދު އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.
ތިމާވެށީގައި އަޅުގަނޑުމެން ދިވެހީން އިސްނަގައި، މިކަމުގައި ދުނިޔޭގެ ލީޑަޝިޕް ނުދައްކައިފި ނަމަ މި ލޮބުވެތި ވަތަން އަޅުގަނޑުމެންގެ އަތުން ދޫވެ، ބީވެދާނެ އެވެ. އަޅުގަނޑުމެންގެ ދަރީންނަށް އަމާނާތްތެރިކަމާއި ރައްކާތެރިކަމާ އެކު ހަވާލުކުރަންޖެހޭ މި ގައުމު އަޅުގަނޑުމެންނަށް ހަވާލު ނުކުރެވި، އެ ކުދީންގެ މުސްތަގުބަލު ބަރުބާދު ވެދާނެ އެވެ. އަޅުގަނޑުމެންގެ މައްޗަށް ބަސް ކިޔަން އެހެން ބަޔަކު އިސްވާނެ ފަދަ "ތިމާވެށީގެ ރެފިއުޖީން" ގެ ގޮތުގައި ހާލަތު ބަދަލު ވެދާނެ އެވެ. ތިމާވެށި އަޅުގަނޑުމެންނާ އިދިކޮޅަށް އެނބުރުމުގެ ކުރިން އަޅުގަނޑުމެން ތިމާވެއްޓަށް އަޅާލަން ޖެހެ އެވެ.
ދުނިޔެ ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ފެންނާން ހުރި މެންދުރުގެ އިރު ފަދައިން ސައިންސުން ހެކި ދޭ ކަމެކެވެ. ދުނިޔެ އަށް ކުރިމަތިވާ މޫސުމީ ކާރިސާތަކާއި ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ދިއުމަކީ، މި ކަން ސުބޫތު ކުރެވޭ ކަމެކެވެ. އަޅުގަނޑުމެން ކުރިމަތިލާން ޖެހޭ ހަގީގަތެކެވެ. މި ހަގީގަތް ބަދަލުކުރުން އޮތީ އަޅުގަނޑުމެންގެ މި ޖީލުގެ އަތްމަތީގަ އެވެ.
ތިރީގައި ވޯލްޑް މީޓިއޮރޮލަޖީ އޮގަނައިޒޭޝަން އިން އާންމު ކޮށްފައިވާ މައުލޫމާތަށް ބެލުމުން އެނގޭ ހަގީގަތަކީ، ދުނިޔޭގެ ހޫނުމިން ދަނީ އިންތިހާ އަށް ނުދާ ވަރަށް އަހަރުން އަހަރަށް މަތިވަމުންނެވެ.
ދުނިޔޭ ހޫނުވަމުންދާ ވަރު ދައްކުވައިދޭ ޗާޓް (ވޯލްޑް މީޓިއޮރަލަޖީ އޮގަނައިޒޭޝަން)
ދުނިޔޭގެ މޫސުމީ ބަދަލުތައް ތަހުލީލު ކުރަމުން އަންނަ އދ. އިން ކަނޑައަޅާފައިވާ ޕެނަލް ކަމުގައިވާ "އިންޓަގަވަމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖު"ގައި ހިމެނޭ ދުނިޔޭގެ އެންމެ ފުންނާބު ސައިންޓިސްޓުން އެއް އަޑަކުން އެ އިންޒާރު ދެނީ ދުނިޔެ ހޫނުވަމުން ދަނީ އިންސާނުންގެ އަމަލު ތަކާ ހެދި ކަމެވެ. އަނެއްކޮޅުން ކަނޑުގެ ހޫނުމިން އިތުރުވެ، ކަނޑު އަޑީގައިވާ މުރަކަތަކަށް ހުދުވުމުގެ ނުރައްކާ ދަނީ އިންތިހާ އަށް ބޮޑު ވަމުންނެވެ.
ތިރީގައި ވޯލްޑް މީޓިއޮރޮލަޖީ އޮގަނައިޒޭޝަން އިން އާންމު ކޮށްފައިވާ ތަފާސްހިސާބުން އެކަން ހެކިދެ އެވެ. ގްރީންލޭންޑާއި އެންޓާޓިކާގައި އަހަރަކު ބިލައަން ޓަނުން ވިރެމުންދާ އައިސްތައް ކޮންޓްރޯލުކޮށް، ކަނޑުގެ ލޮނުގަނޑު އުފުލުން ހައްލު ކުރުމަށް، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރަން ޖެހެ އެވެ.
އަޅުގަޑުމެން ބޭނުންވާ ތަރައްގީ ހާސިލް މި ކުރަނީ ތިމާވެއްޓަށް އަޅާލުމެއް ނެތި ކަމަށް ވާ ނަމަ އެކަމުން އަޅުގަޑުމެންނަށް ވާނެ ފައިދާ އެއް އޮންނާނެ ތޯއެވެ؟ އަޅުގަޑުމެންގެ އިގުތިސާދު ބިނާވެފައިވާ ރިސޯޓުތައް ފެނުން މަތީގައި ދެމިހުންނާނެތޯ އެވެ؟ ކަނޑުއަޑީގެ ރީތި ކަމަށްވާ މުރަކަތަކުގެ ރީތިކަން ފަތުރުވެރިންނަށް ވިއްކައިގެން ފައިދާ ހޯދޭނެތޯ އެވެ؟ ރަށްރަށް އުސްކޮށް ހިއްކައިގެން އެ ތަންތަނުގައި ދިރިއުޅެން ފެށިޔަސް، އަތްވާއި ވާރޭގެ ތޫފާނުން ރައްކާތެރިވެވޭނެތޯ އެވެ؟ ގައުމުގައި ދުޅަހެޔޮ އިގުތިސާދަކަށް ޖާގަ ލިބޭނެތޯ އެވެ؟ ނޫނެކެވެ. އެ ތަރައްގީ ވާނީ ހަމަ ފޫނެއް ފަޔަށް ފެން ފުރުން ފަދަ ކަމެއްގެ ގޮތުގަ އެވެ.
ހަގީގަތުގައި ރާއްޖެއަކީ ތަރައްގީ ހާސިލް ކުރުމުގައި ދުނިޔެ އަށް ނަމޫނާ ދެއްކިދާނެ ގައުމެކެވެ. ތިމާވެއްޓާ ރައްޓެހި ގޮތުގައި އުމްރާނީ ތަރައްގީ އާއި ތަމައްދުން ހާސިލްކޮށް، އޭގެ ނަފާ ހޯދި ދާނެ ގައުމެކެވެ. ފެހި އިގުތިސާދެއްގެ މަތީ ކުރިއެރުވިދާނެ ގައުމެކެވެ. ބޭނުންވަނީ އަޅުގަނޑުމެންގެ ވެށީގައި ހިމެނޭ ތާރީހީ ގަސްގަހާއި ކުޅިތަކާއި ކަނޑޫފާތަކުގެ އިތުރުން ފަރުފަރާއި އަދި ވިލުވިލަކީ އަޅުގަނޑުމެންގެ އަގު ބޮޑެތި ތަރިކަ ކަމުގައި ދިވެހިން ބަލައިގަނެ، އެންމެން އެކައްޗެއް ކިޔައި، އޭގެ ނަފާ ހެޔޮގޮތުގައި ހޯދަން އެނގޭނެ ސިކުނޑިތަކެއް އަޅުގަޑުމެންގެ މައްޗަށް އިސްކުރުމެވެ.
އަމިއްލަ އެދުމަށް ވުރެ މުޅި ވަތަނުގެ ހައްގަށްޓަކައި އިގުތިސާދުގެ ތަރުތީބު އޮޅުވާ ނުލުމެވެ. އިމެއް ނެތް ތަރައްގީ، ތިމާވެށީގެ ރަތް ރޮނގުގެ ހުދޫދުގެ ތެރޭ ދިވެހީން ހިފެހެއްޓުމެވެ. ވެށީގެ ހިމާޔަތްތެރިކަމާއި ދެމެހެއްޓެނިވި އަސާސްގެ މަތީގައި ފޯރުކޮށްދޭ ފައިސާ ތަރައްގީ އަށް ހޯދުމެވެ. އަދި މި ކަމަށް ބައިނަލްއަގުވާމީ ގޮތުން ވަކާލާތު ކުރެމެވެ
އަޅުގަނޑުމެން ދިވެހިންނަކީ ކިތަންމެ މީސްކޮޅު މަދު ބައެއް ކަމަކު، ހިތްވަރާ އެކު ތިމާވެށި ރައްކާތެރި ކުރުމަށް ވަކާލާތު ކުރަން ތެދުވާން ޖެހެ އެވެ. ރާއްޖެއަކީ ކުޑަ ގައުމަކަށް ވީ ހިނދު، ދުނިޔޭގެ ތިމާވެއްޓަށް އަސަރުކުރާ ނޭއްގާނީ ކަންކަމުގެ ހިއްސާ ރާއްޖެ އިން ނަގަން ޖެހެނީ ވަރަށް ކުޑަ ނިސްބަތަކުން ކަން އަޅުގަނޑު ގަބޫލު ކުރަމެވެ. އެހެނީ ދުނިޔޭގެ ޖައްވު ހޫނުވުމަށް ބޭރުކުރާ ވިހަ ގޭހާއި ތިމާވެށި ތަޣައްޔަރުވެ ދާ ދިއުމުގެ އެންމެ ބޮޑު ހިއްސާއެއް ރައްދު ވަނީ ދުނިޔޭގެ ބޮޑެތި ސިނާއީ އިގުތިސާދު ތަކަށެވެ. ނަމަވެސް، އެ ފަރާތްތަކުން ކުރާ މިފަދަ އަމަލުތަކުން ރާއްޖެ ފަދަ ކުޑަ ގައުމަކަށް ވަކާލާތު ކުރުމުގެ ހައިސިއްޔަތު ލިބޭނީ އަދި އެ މިސްރާބު ބަދަލު ކުރެވޭނީ، އަޅުގަނޑުމެން ތިމާވެށީގެ މިސާލު ދުނިޔެ އަށް ރަނގަޅު ގޮތުގައި ދައްކައިގެންނެވެ.
ދިވެހި އިގުތިސާދުގެ ތަރައްގީ ހޯދުމުގައި ތިމާވެށި އިހާނެތި ނުވާނެ އިމުގެ ތެރޭގައި ތަރައްގީ ހާސިލް ކުރަން ޖެހެ އެވެ. ކޮންމެ ދިވެއްސަކީ ވެސް ތިމާވެށީގެ "އެމްބެސެޑަރު" އަކަށް ވާން ޖެހެ އެވެ. ތިމާވެށި ހިމާޔަތް ކޮށްގެން މެނުވީ ތަރައްގީ ހޯދަން ބޭނުން ނޫން ބައެއް ކަމުގައި ވެރިންނަށް އަޑު އިއްވަން ޖެހެ އެވެ. ދުނިޔެއަށް ދައްކަން ޖެހެ އެވެ.
މިހާރު ތިބި ވެރީންނާއި އަންނާން ތިބި ވެރީންގެ ކިބައިން މި ނަމޫނާ ފެންނަން ޖެހެ އެވެ. މިކަން ހާސިލް ވާނީ ވެރިންނާއި ރައްޔިތުން އެކުއެކީ، އެއްރޫހެއްގައި މަސައްކަތް ކުރެވިގެންނެވެ. ތިމާވެށި ރައްކާތެރި ކުރުމަކީ މިއަދު އަޅުގަޑުމެން ކޮންމެ ދިވެއްސެއްގެ ބޮލުގައި އެޅިފައިވާ އެންމެ ހައްސާސް ގައުމީ މަސްއޫލިއްޔަތެވެ.
ކޮންމެ ރައްޔިތަކީ ވެސް ތިމާވެށި ދެކެ ލޯބިވާ، ތިމާވެއްޓަށް އިހާނެތި ކަންކަމުން ބަރީއަވާ ބަޔަކަށް ވާން ޖެހެ އެވެ. ޓޫރިޒަމާއި މަސްވެރިކަމުގެ ސިނާއަތުން ދިރިއުޅުން އާރާސްތު ކޮށްގެން އުޅޭ ދިވެހިންގެ ކިބައިން މި މިސާލު އިތުރަށް ދައްކައި، ކަނޑާއި ފަޅުފަޅު ކުނިން ތަޣައްޔަރު ކުރުމުން އެއްކިބާވާ ބަޔަކަށް ދިވެހިން ވާން ޖެހެ އެވެ. ތިމާވެށީގެ ހަރަކާތްތައް ދުނިޔޭގައި ހިންގާ، އެކަމުގެ އެންމެ ކުރީގައި ދިވެހީން ތިބެން ޖެހެ އެވެ.
ރާއްޖޭގެ ހުރިހާ ސިޔާސީ ފަރާތްތަކެއްގެ ކިބައިން ފެންނާންވީ، ތިމާވެށީ ރިވެތި މިސާލު ދައްކާ ތަނެވެ. ތުއްތު ކުދިންނާއި ޒުވާނުންގެ ހިތްތަކުގައި ތިމާވެއްޓަށް ކުލުނު އުފެއްދުމަށް މިސާލު ވެރިން ދައްކާ ތަނެވެ. ދުނިޔޭގެ ސިނާއީ އިގުތިސާދުތަކުން ކުރާ ނުރަނގަޅު ކަންކަމުން، އަޅުގަޑުމެން ފަދަ ޖަޒީރާ ގައުމުތަކަށް ލިބޭ ގެއްލުމުގެ ހައްގު މިންވަރު ހޯދަން އިހުނަށް ވުރެ ބޮޑަށް ވެރިން ބައިނަލްއަގުވާމީ ގޮތުން ވަކާލާތު ކުރާ ތަނެވެ.
މިހާރު ތިބި ވެރީންނާއި އަންނާން ތިބި ވެރީންގެ ކިބައިން މި ނަމޫނާ ފެންނަން ޖެހެ އެވެ. މިކަން ހާސިލް ވާނީ ވެރިންނާއި ރައްޔިތުން އެކުއެކީ، އެއްރޫހެއްގައި މަސައްކަތް ކުރެވިގެންނެވެ. ތިމާވެށި ރައްކާތެރި ކުރުމަކީ މިއަދު އަޅުގަޑުމެން ކޮންމެ ދިވެއްސެއްގެ ބޮލުގައި އެޅިފައިވާ އެންމެ ހައްސާސް ގައުމީ މަސްއޫލިއްޔަތެވެ.
އަނިލް އާދަމްއަކީ މިދިޔަ 20 އަހަރު ދައުލަތުގެ އެކި މަގާމުތަކުގެ އިތުރުން، އަމިއްލަ ވިޔަފާރިތަކުގައި ކޯޕަރޭޓް ގަވަނަންސާއި އިންވެސްޓްމަންޓް އަދި ސްޓްރެޓެޖީގެ ދާއިރާގައި ކޮންސަލްޓިން ދިނުމާއި މަތީ ތައުލީމު ދިނުމުގެ ދާއިރާގައި ހިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
ޑައިވިން ސައިޓްތަކުގެ ހިމާޔަތުގައި
"އަހާއި ލަގަން" ގެއްލުމަށް ވުރެ ބޮޑު ނުރަައްކަލެއް
ކުނި ދެން ހުންނާނީ މަގުމަތީގައިބާ؟
ޕްލާސްޓިކާ މެދު ރަނގަޅު ސިޔާސަތެއް، ނޫނީ ނާކާމިޔާބު!
ސޯނޫ: ރީތި ރާއްޖެ ޕްލާސްޓިކުން ތަޣައްޔަރުވިޔަ ނުދީ!
ފަރުތަކަކީ ޖަޒީރާވަންތަކަމުގެ ވިންދު: ހިމާޔަތްކުރަންޖެހޭ
ޕްލާސްޓިކް ކުދި ފެންފުޅި މަނާކުރުން 2028 އަށް ފަސްކޮށްފި
32 އަހަރު ކުރީގެ ގާނޫނަކުން ކުރެވޭނެ ކަމެއް ނެތް!
މައްޗަންގޮޅި ސަހަރާގައި ހުރި ނިކަގަސް ނަގަނީ
އިތިއޯޕިއާގެ އަލިފާން ފަރުބަދައެއްގެ ދުން އިންޑިއާއަށް