އެއާބަސްގެ އޭ-320 މަރުކާގެ މަތިންދާބޯޓްތަކުގެ މެޓަލް ޕެނަލްތަކުގައި ފެންވަރުދަށްވުމުގެ މައްސަލަ އެބަހުރި ކަމަށް އެ ކުންފުނިން އެއްބަސްވެއްޖެ އެވެ.
02 ޑިސެމްބަރ 2025
އެއާބަސްގެ އޭ-320 މަރުކާގެ މަތިންދާބޯޓްތަކުގެ މެޓަލް ޕެނަލްތަކުގައި ފެންވަރުދަށްވުމުގެ މައްސަލަ އެބަހުރި ކަމަށް އެ ކުންފުނިން އެއްބަސްވެއްޖެ އެވެ.
އެއާބަސްގެ އެންމެ މަގުބޫލު މަތިންދާބޯޓްތައް ކަމަށްވާ އޭ-320 މަރުކާގެ މަތިންދާބޯޓްތަކުގައި އެ މައްސަލަ ހުރިކަން ކަށަވަރު ކުރެވުނު ކަމަށް އެއްބަސްވި ނަމަވެސް އެއާބަސް އިން ބުނީ އެ މަރުކާގެ މަތިންދާބޯޓްތަކުގައި އެ މައްސަލަ އޮތީ އިތުރަށް ގޯސްނުވެ ހިފެހެއްޓިފައި ކަމަށެވެ.
"އޭ-320 ގެ މަދު މަތިންދާބޯޓްތަކެއްގެ މެޓަލް ޕެނަލްގައި ސަޕްލަޔަރުންގެ ފަރާތުން ކުރިމަތިވި، ފެންވަރު ދަށްވުމުގެ މައްސަލަަތަކެއް ހުރިކަން އެއާބަސް އިން ކަށަވަރުކޮށްދެން،" ކުރިން ފެތުރިފައިވާ ބައެއް މީޑިއާ ރިޕޯޓްތަކަކީ ތެދެއް ކަމަށް އިޝާރާތްކޮށް އެއާބަސްގެ ތަރުޖަމާނަކު އޭއެފްޕީއަށް ބުންޏެވެ.
އެއާބަސް އިން އެކަމުގައި ގެންގުޅެނީ ފަރުވާތެރި ވިސްނުމެއް ކަމަށާއި އެ މައްސަލަ ހުރި ހުރިހާ މަތިންދާބޯޓެއް އެކުންފުނިން އިންސްޕެކްޓްކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި މައްސަަލަ އުޅޭނީ އޭގެ ތެރެއިން މަދު ބޯޓުތަކެއްގަ އެވެ.
"މައްސަލައިގެ އަސްލު ވަނީ ދެނެގަނެވިފައި އަދި އެ މައްސަލަ ހުރި މަތިންދާބޯޓްތައް ވަނީ ހިފެހެއްޓިފައި. އަލަށް އުފައްދާ ޕެނަލްތަކުގައި [ފެންވަރުގެ ގޮތުން] ފުރިހަމަވާން ޖެހޭ ހުރިހާ ކަމެއް ހުންނާނީ ފުރިހަމަވެފައި،" އެއާ ބަސްގެ ތަރުޖަމާނު ބުންޏެވެ.
އެއާބަސް ނަގާފައިވާ އޯޑަރުތަކަށް އުފެއްދި މަތިންދާބޯޓްތައް ފޯރުކޮށްދިނުން ލަސްވަމުން ދަނީ އެބޯޓްތަކުގެ އޮނިގަނޑުގައި މައްސަލަތަކެއް ހުރެގެން ކަމަށް މީޑިއާތަކުން ރިޕޯޓްކުރުމާ އެކު އެއާބަސްގެ ހިއްސާގެ އަގު ވަނީ 10 ޕަސެންޓް ދަށަށް ގޮސްފަ އެވެ.
މި މައްސަލަ ފެންމަތިވެފައި މި ވަނީ އެއާބަސް އޭ-320 މަރުކާގެ މަތިންދާބޯޓްތަކުގެ ތެރެއިން 6،000 ބޯޓެއްގެ ސޮފްޓްވެއާ އަޕްޑޭޓް ނުކޮށް ދަތުރު ނުކުރަން އަންގާފައި ވަނިކޮށެވެ. އެއީ އެ މަރުކާގެ މަތިންދާބޯޓެއްގައި ހިނގި ހާދިސާއަކާ ގުޅިގެން އެންގި އެންގުމެކެވެ.
މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ ބޯޓު ގެނެސްފި
އެއާބަސް އާއި ބޮއިންއާ ވާދައަށް ޗައިނާގެ ކޮމެކް
އެއާބަސް އިން ހައިޑްރޮޖަން މަތިންދާބޯޓްތަކެއް
މޯލްޑިވިއަންގެ ބޯޓެއް ގްރައުންޑްކުރި ވާހަކަ ދޮގުކޮށްފި
މޯލްޑިވިއަން އަށް އޭ 330 ގެ ދެ ބޯޓު ގެންނަނީ
އާ ރަންވޭއަށް ފުރަތަމަ ބޯޓު ޖައްސައިފި
މޯލްޑިވިއަން އިން އެއާ އިންޑިއާއާ އެކު އެގްރީމެންޓެއް
މިއަދު އިންޑިގޯގެ 400 ފްލައިޓް ކެންސަލްވާނެ
އިއްތިހާދު އެއާވޭސްގެ ހިދުމަތް އާ ޓާމިނަލްގައި ފަށައިފި
ލަންކާގެ ރެސްކިއު ހެލިކޮޕްޓަރެއް ވެއްޓި އެކަކު މަރު