އެމެރިކާއިން މީގެ ކުރިން ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް، ސީރިއާގެ ރައީސް އަހްމަދު އަލް ޝަރާ، އެމެރިކާގެ ބްލެކްލިސްޓުން އުނިކުރިތާ އެއް ދުވަސް ފަހުން ހޮނިހިރު ދުވަހު އެމެރިކާއަށް ވަޑައިގެންފި އެވެ.
އެމެރިކާއިން މީގެ ކުރިން ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް، ސީރިއާގެ ރައީސް އަހްމަދު އަލް ޝަރާ، އެމެރިކާގެ ބްލެކްލިސްޓުން އުނިކުރިތާ އެއް ދުވަސް ފަހުން ހޮނިހިރު ދުވަހު އެމެރިކާއަށް ވަޑައިގެންފި އެވެ.
މިދިޔަ އަހަރު ބައްޝާރުލް އަސަދު ސީރިއާގެ ވެރިކަމުން ދުރުކުރި ހަނގުރާމަވެރިންގެ ލީޑަރަކަށް ހުންނެވި ޝަރާ އެމެރިކާއަށް ވަޑައިގެން، ހޯމަ ދުވަހު ރައީސް ޑޮނަލްޑް ޓްރަމްޕާ ވެސް ބައްދަލުކުރައްވާނެ އެވެ. މިއީ 1946 ވަނަ އަހަރު ސީރިއާއަށް މިނިވަންކަން ލިބުނު ފަހުން އެ ގައުމުގެ ރައީސަކު ވައިޓް ހައުސްއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ސީރިއާގެ ރައީސްކަމުގައި ވަގުތީ ގޮތުން ހުންނެވި ޝަރާ އެންމެ ފުރަތަމަ ޓްރަމްޕާ ބައްދަލު ކުރެއްވީ މިދިޔަ މެއި މަހު ސައުދީ އަރަބިއްޔާގެ ރިޔާޟަށް ކުރެއްވި ރަސްމީ ދަތުރުގަ އެވެ.
ސީރިއާގައި ހުންނަވާ އެމެރިކާ ސަފީރު ޓޮމް ބަރަކް މި މަހު ކުރީކޮޅު ވިދާޅުވެފައިވާ ގޮތުގައި އައިއެސްއާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ ބައިނަލްއަގުވާމީ ކޯލިޝަންގައި ބައިވެރިވުމަށް މި ދަތުރުގައި ޝަރާ އެއްބަސްވުމެއްގައި ސޮއިކުރައްވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.
ސީރިއާގެ ޑިޕްލޮމެޓިކް އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވި ގޮތުގައި ސީރިއާ އާއި އިޒްރޭލާ ދެމެދު ހިނގާ ކަންކަން މޮނިޓާ ކުރުމަށް އެމެރިކާ ދިމިޝްގުގެ ކައިރީގައި އަސްކަރީ މަރުކަޒެއް ގާއިމުކުރުމަކީ ވެސް ބޭނުންވާ ކަމެކެވެ.
ޝަރާގެ ދަތުރުގެ ކުރިން އޭނާގެ ނަން އެމެރިކާގެ ބްލެކްލިސްޓުން ނެގުމަކީ ކުރިން ވެސް ޔަގީންވެފައިވާ ކަމެކެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާން ޓޮމީ ޕިގޮޓް ވިދާޅުވި ގޮތުގައި، ގެއްލިފައިވާ އެމެރިކާ މީހުން ހޯދުމަށާއި ބާކީ ހުރި ކެމިކަލް ހަތިޔާރު ނައްތާލުމަށް އެމެރިކާއިން އެދޭ އެދުންތަކަށް ޝަރާގެ ސަރުކާރުން އެއްބާރުލުން ދެމުން އަންނަ ކަމަށެވެ.
"މި ނިންމުންތައް [އެމެރިކާއިން] ބައްޝާރުލް އަސަދުގެ ވެރިކަމުގައި 50 އަހަރަށްވުރެ ދިގު މުއްދަތަކަށް އަނިޔާވެރިކަން ތަހަންމަލްކުރުމަށް ފަހު ސީރިއާގެ ލީޑާޝިޕުން ހޯދަމުން އަންނަ ކުރިއެރުންތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން،" ޕިގޮޓް ވިދާޅުވި އެވެ.
އެ ލިސްޓުން ޝަރާގެ ނަން އުނިކުރުމުން ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. -- އޭއެފްޕީ
އައިސިސްއާ ދެކޮޅު އިއްތިހާދުގައި ސީރިއާ ބައިވެރިވަނީ
އިޒްރޭލުން ސީރިއާގެ ކަންކަމާ ނުބެހެން ޓްރަމްޕު އިންޒާރު
"އިޚްވާނުލް މުސްލިމީން" އެމެރިކާގެ ޓެރަރިސްޓް ލިސްޓަށް
ހަރަދު ކުޑަކުރަން ހެދި އޮފީސް "ސިއްރުން" އުވާލައިފި
ސައޫދީން އިޒްރޭލާ ގުޅުން ގާއިމުކުރަން ޓްރަމްޕު އެދޭނެ!
އެމެރިކާ ސަރުކާރުގެ "ރެކޯޑް ބަންދު" ނިމުމަކަށް
އެމެރިކާގެ 'ސިޔާދަތު' ގެއްލިއްޖެ: ޓްރަމްޕު
މަމްދާނީ ހޮވިއްޖެނަމަ ނިއުޔޯކަށް ދަތިކުރާނަން: ޓްރަމްޕް
އާދައުރެއް ހޯދަން ނައިބު ރައީސަކަށް ނުވާނަން: ޓްރަމްޕް
ސައޫދީ ވަލީ އަހުދު އެމެރިކާގެ ރައީސާ ބައްދަލުކުރައްވަނީ