އިނގިރޭސި ރަސްގެފާނު ޗާލްސްގެ އިސްނެންގުމަށް އުފައްދަވާފައިވާ ސަސްޓެއިނަބަލް މާކެޓްސް އިނިޝިއޭޓިވް (އެސްއެމްއައި) އިން ބޭއްވި "ހައި ލެެވެލް ބްރީފިން އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން" ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފި އެވެ.
02 ޑިސެމްބަރ 2025
އިނގިރޭސި ރަސްގެފާނު ޗާލްސްގެ އިސްނެންގުމަށް އުފައްދަވާފައިވާ ސަސްޓެއިނަބަލް މާކެޓްސް އިނިޝިއޭޓިވް (އެސްއެމްއައި) އިން ބޭއްވި "ހައި ލެެވެލް ބްރީފިން އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން" ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ ބައިނަލްއަގްވާމީ ޑިވެލޮޕްމަންޓް ބޭންކްތަކާއި އެމްޑީބީ ޕްރައިވެޓް ފައިނޭންސް ފޯރުކޮށްދޭ އިންސްޓިޓިއުޝަންތަކުގެ އިސް ވެރިން ބައިވެރިވެވަޑައިގަތް އެ ބައްދަލުވުމުގެ ބޭނުމަކީ ގައުމުތަކުން ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރުމުގައި އެމްޑީބީތައް މެދުވެރިކޮށް ޕްރައިވެޓް ފައިނޭންސް މޮބިލައިޒްކުމުގެ މަސައްކަތްތައް ހަލުވި ކުރުން ކަމަށެވެ.
ރައީސް ވަނީ "ޑެޓް-ފޯ-ކްލައިމެޓް" އަދި "ޑެޓް-ފޯ-ނޭޗާ" މަޝްރޫއުތައް ކުރިއެރުވުމަށާއި ތިމާވެއްޓާ ރައްޓެހި ޕްރައިވެޓް ފައިނޭންސް ފޯރުކޮށްދޭ އިންސްޓިޓިއުޝަންތަކުގެ އެއްބާރުލުން އިތުރުކުރުމާ ގުޅޭ މަޝްވަރާތަކުގައި ވެސް ބައިވެރިވެވަޑައިގެންފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ ރާއްޖެ އާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި މާލީ އެހީތެރިކަމުގެ ބޭނުންތައް ފާހަގަކުރައްވައި އެކަންކަމަށް ހައްލު ހޯދުމަށް މަގުފަހިކުރެވިދާނެ ގޮތްތަކެއް ރައީސް މުއިއްޒު ހުށަހެޅުއްވި ކަމަށެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެހެން ބޭފުޅުންގެ ތެރޭގައި ބަހާމާސްގެ ބޮޑުވަޒީރު ފިލިޕް އެޑްވަޑް ޑޭވިސް، ކޭސީ އާއި އަލްޓެރާގެ ޗީފް އެގްޒެކެޓިވް އޮފިސަރު މަޖީދު އަލް ސުވޭދީ އާއި ވޯލްޑް ބޭންކް ގްރޫޕްގެ ރައީސް އަޖޭ ބާންގާ އާއި އިންޓަ-އެމެރިކަން ޑިވެލޮޕްމަންޓް ބޭންކް (އައިޑީ.ބީ) ގެ ރައީސް އީލާން ގޯލްޑްފައިން އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީ.ބީ) ގެ ރައީސް މަސާތޮ ކާންޑާ އާއި އެފްރިކަން ޑިވެލޮޕްމަންޓް ގްރޫޕްގެ ރައީސް ޑރ. ސީދީ އޫލްދް ތާ އާއި އެފްރިކާ ފައިނޭންސް ކޯޕަރޭޝަން (އޭއެފްސީ) ގެ ރައީސް އަދި ޗީފް އެގްޒެކެޓިވް އޮފިސަރު. ސަމައިލާ ޒުބައިރޫ ހިމެނިވަޑައިގަންނަވަ އެވެ.
އެ ނޫނަށް ވެސް ބައިނަލްއަގްވާމީ އެކި ގައުމުތަކުގެ މާލީ އިދާރާތަކާއި ބެންކުތަކާއި ތިމާވެއްޓާ ބެހޭ ޖަމާއަތްތަކުގެ އެންމެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ
ރައީސްގެ އެ ދަތުރުފުޅަކީ ވެސް ރަސްގެފާނު ޗާލްސްގެ ދައުވަތަކަށް ބާއްވާ މޫސުމާ ގުޅޭ ބައްދަލުވުމަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މޫސުމީ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ބަދަލުތައް ގެނައުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށާއި ދެމެހެއްޓެނިވި ތަރައްގީގެ ދުވެލި އަވަސް ކުރުމަށް ބައިނަލްއަގުވާމީ ގުޅުންތައް އިތުރަށް ހަރުދަނާ ކޮށްގެން ޕްރައިވެޓް ކެޕިޓަލް ބޭނުންކުރެވިދާނެ ގޮތްތަކާ މެދު މަޝްވަރާ ކުރެއްވުމަށް ބާއްވާ އެ ބައްދަލުވުންތަކުގައި ކޮމަންވެލްތާއި ވޯލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު ފަދަ ތަންތަނުން ބައިވެރިވި އެވެ.
ރައީސް އޮފީހުން ބުނީ އެ ދަތުރުފުޅުގެ ތެރެއިން މޫސުމީ ބަދަލުތަކަށް އެކަށޭނެ އިންސާފުވެރި އަދި ދެމެހެއްޓެނިވި މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް މިފަދަ އެހީތެރިކަމުގެ ފުރިހަމަ މަންފާ ލިބިގެންދާނެ ގޮތްތަކަށް ބައިނަލްއަގްވާމީ މައިދާނުގައި ވަކާލާތުކޮށް ރާއްޖޭގެ އަޑު އިއްވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
ރައީސް މުއިއްޒު އިނގިރޭސި ވިލާތަށް
"އިނގިރޭސިވިލާތަކީ ޓޫރިޒަމްގެ މުހިއްމު ބައިވެރިއެއް"
ކިންގް ޗާލްސް އާއި ރައީސް ބައްދަލުކުރައްވައިފި
ޔޫކޭގެ ފޮރިން މިނިސްޓަރު ރައީސްގެ އަރިހަށް
ރައީސްގެ ޔޫކޭ ދަތުރަށް ހަރަދުވީ ދޮޅުލައްކަ ރުފިޔާ
ލިވަޕޫލްއާއެކު ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ފަށައިފި
ރައީސް މުއިއްޒުގެ ދެކަނބަލުން އިނގިރޭސި ވިލާތަށް
ޔޫކޭގެ އިންތިހާބީ ބޮޑުވަޒީރަށް ރައީސްގެ މަރުހަބާ
ކަނޑުގެ ސަރަހައްދު ހޯދުން އަވަސްކުރަން ގާސިމް އެދިއްޖެ
ވިއްސާރައިގެ ގެއްލުމުން އެނގެނީ މޫސުމީބަދަލުގެ ނުރައްކާ