Roadha Mihaaru

ބީއެމްއެލް އާއި އަވަސްއެޕް ގުޅިގެން ޕްރޮމޯޝަނެއް ފަށައިފި

އޮންލައިކޮށް ޓެކްސީތަކަށް އޯޑަރުކޮށް ފައިސާ ވެސް ދެއްކޭ އަދި ރެސްޓޯރެންޓްތަކާއި ކެފޭތަކުން ކާބޯތަކެއްޗަށް އޯޑަރުކުރެވޭ އަވަަސްއެޕާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން، ޑިސްކައުންޓާއި އިނާމު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ބީއެމްއެލް އާއި އަވަސްއެޕް ގުޅިގެން ޕްރޮމޯޝަނެއް
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

04 ޑިސެމްބަރ 2025

އޮންލައިކޮށް ޓެކްސީތަކަށް އޯޑަރުކޮށް ފައިސާ ވެސް ދެއްކޭ އަދި ރެސްޓޯރެންޓްތަކާއި ކެފޭތަކުން ކާބޯތަކެއްޗަށް އޯޑަރުކުރެވޭ އަވަަސްއެޕާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން، ޑިސްކައުންޓާއި އިނާމު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ބީއެމްއެލް އިން ބުނީ އަވަސް އެޕަށް އެ ޕްރޮމޯޝަންގައި ބީއެމްއެމް ޑެބިޓް ކާޑާއި ކްރެޑިޓް ކާޑު ނުވަތަ ޕްރިޕެއިޑް ކާޑު އެޑްކުރުމުން އެއަށް ފަހު ކުރާ ފުރަތަމަ ދަތުރަށް 15 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ. ބީއެމްއެލް ކާޑު އަވަސްއެޕަށް އެޑްކޮށްގެން ފައިސާ ދައްކާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ދެ ކަސްޓަމަރަކާއި ދެ ޑްރައިވަރުންނަށް 250ރ. ގެ ގިފްޓް ކާޑެއް ވެސް އެ ޕްރޮމޯޝަންގައި ލިބޭނެ އެވެ. އިއްޔެ ފެށި އެ ޕްރޮމޯޝަން ކުރިއަށްދާނީ ޖެނުއަރީ 11 އާ ހަމަައަށެވެ.

އަވަސް އެންޓަޕްރައިޒަސް އިން ޓެކްސީ ހިދުމަތް "އަވަސްރައިޑް"ގެ އެޕްލިކޭޝަން އަޕްގްރޭޑްކޮށް "އަވަސް އެޕް"ގެ ނަމުގައި ލޯންޗްކުރީ މިދިޔަ ޖެނުއަރީ މަހު އެވެ.

އެ ކުންފުނިން އޭރު ބުނި ގޮތުގައި އަވަސް ރައިޑު އެޕަކީ ދަތުރުފަތުރުގެ ހިދުމަތަށް އިންގިލާބެއް ގެނައުމުގެ މަގުސަދުގައި ދިވެހި ޒުވާން ޓީމަކާ އެކު 2019 ވަނަ އަހަރު ފެށި ހިދުމަތެކެވެ. އެ އެޕުގެ ހިދުމަތް މާލެއިން ފަށައި މިހާރު ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ހިދުމަތް ފުޅާކޮށްފަ އެވެ. އެ އެޕް މެދުވެރިކޮށް ގާތްގަނޑަކަށް 3،000 އެއްހާ އުޅަނދު ހިދުމަތުގައި ބޭނުންކުރެ އެވެ.