Roadha Mihaaru

"އަވަސް" އެޕް އަޕްގްރޭޑުކޮށް އަލުން ލޯންޗުކޮށްފި

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓެކްސީ ހިދުމަތް ފޯރުކޮށްދޭ އަވަސް ރައިޑަށް އިތުރު ހިދުމަތްތައް ތައާރަފްކޮށް "އަވަސް އެޕް" ގެ ނަމުގައި އެ އެޕްލިކޭޝަން ރޭ އަލުން ލޯންޗްކޮށްފި އެވެ.

"އަވަސް" އެޕް އަޕްގްރޭޑުކޮށް އަލުން ލޯންޗުކޮށްފި

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓެކްސީ ހިދުމަތް ފޯރުކޮށްދޭ އަވަސް ރައިޑަށް އިތުރު ހިދުމަތްތައް ތައާރަފްކޮށް "އަވަސް އެޕް" ގެ ނަމުގައި އެ އެޕްލިކޭޝަން ރޭ އަލުން ލޯންޗްކޮށްފި އެވެ.

އެ ހަފްލާ ޝަރަފުވެރިކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފެވެ. އެ ރަސްމިއްޔާތުގައި ވަނީ އެޕްލިކޭޝަން ތައާރްފަކޮށް، އެކަން ފާހަގަކުރަން ހަވާ ވެސް އަރުވައިފަ އެވެ. އެ ހަރަކާތްތައް ބަލާލަން ހުޅުމާލެ ސެންޓަރަލް ޕާކު ސަރަހައްދަށް ގިނަ އަދަދެއްގެ އާންމުން ޖަމާވި އެވެ.

އަވަސް އެންޓަޕްރައިޒަސްގެ އަވަސް އެޕަކީ އެންމެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އަޕްގްރޭޑްކޮށްފައިވާ އެޕްލިކޭޝަނެކެވެ. އެޕްލިކޭޝަން ފަރުމާކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދިނީ، ރައްކާތެރި، އަވަސް އަދި އިތުބާރު ލިބޭނެ ފަދަ ފީޗާތަކެއް ހިމެނުމަށެވެ. އެ އެޕްލިކޭޝަން ހަދާފައިވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ގެންގުޅޭ އެފަދަ އެޕްލިކޭޝަންތަކާ ވާދަކުރެވޭނެ ފެންވަރަކަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

އަވަސް އެޕްލިކޭޝަން ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އަވަސް އެޕްލިކޭޝަން ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އަވަސް އެޕުން ޓެކްސީ ބުކް ކުރުމާއި ޕޭމަންޓް ހެދުމާއި އެހެން މީހަކަށް ޓެކްސީއެއް ބުކް ކުރެވޭނެ އެވެ. އެ އެޕްލިކޭޝަންގައި ކަސްޓަމަރުންގެ ނަންބަރު ސިއްރުވާނެ އެވެ. އަދި ދަތުރުތައް ދުރާލައި ވަކި ގަޑިއަކަށް ޝެޑިއުލް ކުރެވޭނެ އެވެ. އެޕްލިކޭޝަން ބޭނުން ކުރާ އިރު އޯޓީޕީ މެދުވެރިކޮށް ވެރިފައި ކުރެވޭ އިރު ލައިވް ލޮކޭޝަން ވެސް ބަލައިލެވޭނެ އެވެ.

އަވަސް އިން ވަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދަތުރުފަތުރު ކުރުމަށް 'އަވަސް އެކްސެސިބިލިޓީ ވޭން' ގެ ހިދުމަތް ވެސް ތައާރަފްކޮށްފަ އެވެ. ގޫގުލް ޕްލޭސްޓޯ އާއި އެޕަލް އެޕް ސްޓޯއިން މިހާރު އަވަސް އެޕް ޑައުންލޯޑު ކުރެވޭނެ އެވެ.

އަވަސް އެޕް ލޯންޗު ކުރުމުގެ ކުރިން އެކި އުމުރުފުރާތަކުގެ މީހުންގެ ހާއްސަ އާއިލީ އިއްޔެ ހަވީރު ބޭއްވި އެވެ. އެ ހަވީރުގައި ބައިވެރިވި މީހުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތައް ވަނީ ސޮނީ ޕްލޭސްޓޭޝަން ފައިވް ހަދިޔާކޮށްފަ އެވެ. އެ އިނާމު ލިބުނީ އަހުމަދު އަސްވަދަށެވެ.

އަވަސް އެޕްލިކޭޝަން ބޭނުން ކުރާ އަވަސް އެކްސެސިބިލިޓީ ވޭން -- ފޮޓޯ: މިހާރު

އަވަސް އެޕްލިކޭޝަން ބޭނުން ކުރާ އަވަސް އެކްސެސިބިލިޓީ ވޭން -- ފޮޓޯ: މިހާރު

އަވަސްގެ އާ އެޕްލިކޭޝަނާ ގުޅޭ ޕްރޮމޯޝަނެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. އެގޮތުން ކުރިއަށް އޮތް ހަ މަސް ތެރޭ އަވަސް އެޕް މެދުވެރިކޮށް ދަތުރު ކުރާ ފަރާތްތަކަށް އެ ޕްރޮމޯޝަން ގައި ބައިވެރިވެވޭނެ އެވެ. އެ ޕްރޮމޯޝަންގެ ދަށުން ކޮންމެ މަހަކު ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އިނާމެއްގެ ގޮތުގައި އައިފޯނެއް ލިބޭނެ އެވެ.

ޓެކްސީ ދަތުރުތައް އޮންލައިންކޮށް ބުކް ކުރެވޭ ގޮތަށް 2019 ވަނަ އަހަރު ތައާރަފްކުރި އެ އެޕްލިކޭޝަން މެދުވެރިކޮށް މިހާރު ގާތްގަނޑަކަށް 3،000 އުޅަނދު އެ އެޕްލިކޭޝަން ބޭނުން ކުރެ އެވެ.