02 އެޕްރީލް 2017
އޭއެފްސީ ކަޕުގައި އަންނަ އަންގާރަ ދުވަހު މާލޭގައި މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އިންޑިއަން އައި ލީގުގައި ރޭ ބެންގަލޫރު އެފްސީ ކުޅުނު މެޗުން މޯހަން ބަގާން އަތުން 3-0 އިން ބަލިވެއްޖެ އެވެ.
އޭއެފްސީ ކަޕުގައި އަންނަ އަންގާރަ ދުވަހު މާލޭގައި މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އިންޑިއަން އައި ލީގުގައި ރޭ ބެންގަލޫރު އެފްސީ ކުޅުނު މެޗުން މޯހަން ބަގާން އަތުން 3-0 އިން ބަލިވެއްޖެ އެވެ.
މި ދެ ޓީމަކީ ވެސް މާޒިޔާއާ އެއް ގްރޫޕެއްގައި އޭއެފްސީ ކަޕްގައި ވާދަކުރާ ދެ ޓީމެވެ. ބެންގަލޫރު އާއި މޯހަން ބަގާން އޭއެފްސީ ކަޕްގައި ކުޅުނު މެޗުން 2-1 އިން މޮޅުވީ ބެންގަލޫރު އެވެ.
ރޭގެ މެޗުގައި ބެންގަލޫރު ކޮޅަށް މޯހަން ބަގާންގެ ލަނޑުތައް ކާމިޔާބުކުރީ ކެޕްޓަން ކަޓްސުމީ ޔޫސާ ދެ ލަނޑާއި ފޯވާޑް ޑަރީލް ޑަފީ އެއް ލަނޑެވެ.
ބެންގަލޫރު އަކީ މިދިޔަ އަހަރުގެ އައި ލީގުގެ ޗެމްޕިއަނުންނެވެ. މި ފަހަރު އެ ޓީމަށް ލީގުގައި މާ އެދެވޭ ނަތީޖާތަކެއް ނެރެވިފައިނުވެ އެވެ. މި ފަހަރު ލީގުގައި މިހާތަނަށް 14 މެޗު ކުޅެވުނުއިރު، ބެންގަލޫރު އޮތީ ލީގުގެ ފަސް ވަނައިގަ އެވެ.
ލީގު ހޯދުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށް ބުނެ ރޭ މޯހަން ބަގާންއާ ދެކޮޅަށް ބެންގަލޫރު އެފްސީގެ ކޯޗު އަލްބާޓް ރޮކާ ވަނީ ބައެއް މުހިއްމު ކުޅުންތެރިންނަށް އަރާމް ކުރަން ފުރުސަތު ދީފަ އެވެ. އެއީ އޭއެފްސީ ކަޕް މެޗަށް ވިސްނުމަށް ފަހު އެވެ. އެގޮތުން ރޭގެ މެޗުގައި ބެންގަލޫރުފެ އިންޑިއާ ގައުމީ ޓީމުގެ ފޯވާޑް ސުނިލް ޗެތުރީ ވެސް ކުޅެން އެރުވީ ދެ ވަނަ ހާފްގަ އެވެ.
ބެންގަލޫރުން މި ސީޒަނުގެ އައި ލީގުގައި އަންނަނީ ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދެމުންނެވެ.
އޭއެފްސީ ކަޕްގެ ރަނަރަޕް މިދިޔަ އަހަރު ހޯދި ބެންގަލޫރު ވަނީ 2015 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގައި މާޒިޔާއާ ވާދަކޮށްފަ އެވެ. އެގޮތުން މާލޭގައި ކުޅުނު މެޗާއި ބެންގަލޫރުގައި ކުޅުނު މެޗުން ވެސް ބެންގަލޫރު މޮޅުވީ 2-1 އިންނެވެ.
މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗަށް ބެންގަލޫރު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިރެ އެވެ.
މާޒިޔާ އަތުން ބަލިވުމުން ޓީމަށް އަސަރު ކުރި: ޗެތުރީ
ފަހު މެޗުގައި މާޒިޔާ އިން މޯހަން ބަގާން ބަލިކޮށްފި
މޯހަން ބަގާނުން އޭއެފްސީ ކަޕަށް އިހުތިރާމުނުކުރޭ: މިލޯ
މާޒިޔާ އަށް އެކަނި ފައިސާ އޮއްސިޔަސް މިކަމެއް ނުވާނެ
ބަޝުންދަރާ އަތުން ބަލިވެ މާޒިޔާއަށް ޓާގެޓް ހާސިލެއްނުވި
މެޗު އަތުން ދޫވެ މާޒިޔާގެ ބާރު ކެނޑިއްޖެ
ކުރިން ބޮޑު މޮޅެއް ހޯދުނަސް މާޒިޔާ ފަސޭހައެއް ނުވާނެ
ލީގު ނުކުޅެތީ މާޒިޔާ އަށް އަސަރު ކުރޭ: މިލޯ
ބޮޑު ބައްޔެއްވެ މާޒިޔާ އަށް އުންމީދު ފަނޑުވެއްޖެ
އޮޑީޝާ އަކީ މޯހަން ބަގާނަށް ވުރެ ކޮލިޓީ ޓީމެއް: މިލޯ