ހޮލީވުޑާއި ބޮލީވުޑްގެ ތަރިންނާ އެކު އިންޑިއާގައި އަނެއްކާވެސް މުއްސަނދި އާއިލާއަކުން ބޮޑު ކައިވެނީގެ ހަފުލާއެއް ބާއްވައިފި އެވެ.
ހޮލީވުޑާއި ބޮލީވުޑްގެ ތަރިންނާ އެކު އިންޑިއާގައި އަނެއްކާވެސް މުއްސަނދި އާއިލާއަކުން ބޮޑު ކައިވެނީގެ ހަފުލާއެއް ބާއްވައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މިއީ މި އަހަރު އިންޑިއާގައި ބޭއްވި އެންމެ ބޮޑު ކައިވެންޏެވެ.
އެ ކައިވެންޏަކީ އިންޑިއާއަށް އުފަން ނަމަވެސް އެމެރިކާގެ ރައްޔިތުކަން އޮންނަ ބިލިއަނަރެއް ކަމަށްވާ ރާމާ ރާޖޫ މަންތެނާގެ އަންހެން ދަރިފުޅު ނެތުރާ މަންތެނާގެ ކައިވެންޏެވެ.
ރާޖޫއަކީ އެމެރިކާގައި ފާމަސޫޓިކަލްގެ ވިޔަފާރިކުރާ މީހެކެވެ. އޭނާގެ އިންޖީނަސް ފާމަސިއުޓިކަލްސް ކުންފުނިން އެމެރިކާ އާއި ސުވިޒަލެންޑް އަދި އިންޑިއާގައި ވިޔަފާރި ހިންގަ އެވެ.
ނެތުރާ ކައިވެނިކުރީ ނިއު ޔޯކުގައި ޓެކްގެ ވިޔަފާރިކުރާ ޒުވާނެއް ކަމަށްވާ ވަމްސީ ގަޑީރާޖޫއާ އެވެ.
އިންޑިއާގެ ސްޓައިލްގައި އެ ދެމީހުންގެ ކައިވެނީގެ ހަފުލާތައް ބާއްވަނީ ރާޖަސްތާނުގެ އުދެއިޕޫރުގަ އެވެ. މިދިޔަ ހުކުރު ދުވަހުން ފެށިގެން ހަތަރު ދުވަހަށް ކުރިއަށް ގެންދާ އެ ހަފުލާތަކަށް ހޮލީވުޑާއި ބޮލީވުޑްގެ ތަރިންނަށް ދައުވަތު ދީފައިވެ އެވެ. އެ ކައިވެނީގެ އެންމެފަހު ހަފުލާ ބާއްވަނީ މިރެ އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ހަފުލާގައި ބޮލީވުޑްގެ ވަރަށް ގިނަ ތަރިން ވަނީ އައިޓަމްތައް ވެސް ހުށަހަޅައިފަ އެވެ. ކަރަން ޖޯހަރާއި ސޯފީ ޗޯދުރީ ހޮސްޓުކުރި އެ ހަފުލާގައި ޕާފޯމްކުރި ތަރިންގެ ތެރޭގައި މާދުރީ ދިކްޝިތު، ޖާންވީ ކަޕޫރް، ވަރުން ދަވަން، ރަންވީރް ސިންގް، ޖެކޮލިން ފެނާންޑޭޒް، ކްރިތީ ސެނޮން އަދި ޝާހިދު ކަޕޫރް ހިމެނެ އެވެ.
ދައުވަތު ދީގެން އެ ހަފުލާއަށް ދިޔަ ބޮލީވުޑްގެ އެހެން ތަރިންގެ ތެރޭގައި ރަންބީރް ކަޕޫރާއި އަބީޝެކް ބައްޗަން އާއި ރިތިކް ރޯޝަން ވެސް ހިމެނެ އެވެ.
ހޮލީވުޑްގެ ތަރި އަދި ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒް ވެސް އެ ކައިވެންޏަށް އިންޑިއާއަށް ވަނީ ގޮސްފަ އެވެ. މިރޭ އޮންނަ ހަފުލާގައި ޖެނިފާ އާއި އެމެރިކާގެ ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ ޕާފޯމްކުރާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕުގެ ދޮށީ ދަރިކަލުން ޑޮނާލްޑް ޓްރަމްޕް ޖޫނިއާ ވެސް، އޭނާގެ ލޯބިވެރިޔާ ބެޓީނާ އެންޑަސަންއާ އެކު ވަނީ އެ ކައިވެންޏަށް އިންޑިއާގެ ވަޑައިގެންފަ އެވެ.
This video of Donald Trump Jr. and his girlfriend, Bettina Anderson, dancing at a lavish wedding in Udaipur, India, has gone viral on social media.
— Sujal Singh (@sujalsingh_x) November 23, 2025
Details of the Event
Occasion: The sangeet (musical evening) ceremony of Netra Mantena, daughter of US billionaires Padmaja and… pic.twitter.com/dbwk2MRf6f
މި ބޮޑު ކައިވެނީގެ ހަފުލާތައް ބާއްވަނީ އުދެއިޕޫރުގެ އެންމެ މަޝްހޫރު ތަންތަން ކަމަށްވާ މަނެކް ޗޯކް އާއި ޒެނާނާ މަހަލް އާއި ދަ ލީލާ ޕެލެސް އަދި ޖަގްމަންދީރުގަ އެވެ.
މިދިޔަ އަހަރު ބޭއްވި، އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ހަގު ދަރިފުޅު އަނަތު އަމްބާނީ އާއި ރާދިކާ މާޗެންޓު ކައިވެންޏަކީ މިހާތަނަށް އިންޑިއާގައި ބޭއްވި އެންމެ ބޮޑު ކައިވެންޏެވެ. އަހަރުގެ ބޮޑު ބަޔަކަށް ދެމިގެންދިޔަ އެ ކައިވެނީގެ ހަފުލާތަކުގައި ވެސް ހޮލީވުޑާއި ބޮލީވުޑްގެ ތަރިންގެ އިތުރުން މަޝްހޫރު ވިޔަފާރިވެރިންނާއި ސިޔާސީ މީހުން ބައިވެރިވެފައިވެ އެވެ.
ވަރީގެ ވާހަކަ އަށް ރައްދު ދިނީ ޕޯސްޓަކުން
ޕީވީއާރް އިން ސިނަމާއެއް ހަދަން ބޭނުންވަނީ ރާއްޖޭގައި
އިންޑިއާއިން އޮސްކާއަށް ގެންދަނީ "ލާޕަތާ ލޭޑީސް"
އަމްބާނީގެ ހަގުދަރިފުޅުގެ ކައިވެނީގެ ހަފުލާތައް ފަށައިފި
ޕްރިޔަންކާގެ "ދެފުށްކެހެރި" ކަމުން މީހުން ރަތަށް
އެކްޓަރު އަލީ އުމްރާގައި
ރޯލެއް ކުޑަވުމަކީ މައްސަލައެއް ނޫން: ޕްރިޔަންކާ
"މެޓްރިކްސް 4" ގައި ޕްރިޔަންކާގެ 10 މިނެޓް
އަންކިތާގެ ކައިވެނި ހަދިޔާއަކީ ރާއްޖޭން ވިލާއެއް؟
ކޮމީޑިއަން ބާރްތީ އަށް ދަރިޔަކު ލިބެނީ؟