ފުލުހުންނަށް ރިޕޯޓުކުރާ މައްސަލަތަކުގެ އަޕްޑޭޓު ހޯދަން އިންވެސްޓިގޭޓަރު އޮފިސަރާ ސީދާ މުއާމަލާތްކުރެވޭ ގޮތާއި ސްކޭމަރުންގެ ނަންބަރުތައް އާއްމުންނަށް ފަސޭހައިން ލިބޭ ގޮތަށް ޕޮލިސް އެޕަށް ބަދަލުތަކެއް ގެނެސްފި އެވެ.
08 ޑިސެމްބަރ 2025
ފުލުހުންނަށް ރިޕޯޓުކުރާ މައްސަލަތަކުގެ އަޕްޑޭޓު ހޯދަން އިންވެސްޓިގޭޓަރު އޮފިސަރާ ސީދާ މުއާމަލާތްކުރެވޭ ގޮތާއި ސްކޭމަރުންގެ ނަންބަރުތައް އާއްމުންނަށް ފަސޭހައިން ލިބޭ ގޮތަށް ޕޮލިސް އެޕަށް ބަދަލުތަކެއް ގެނެސްފި އެވެ.
އެ ތަނުގެ އިދާރީ ބޭނުންތަކާއި އާއްމުންނަށް ހާއްސަކޮށް ތައާރަފްކުރި އެޕްލިކޭޝަންތަކުގެ މައުލޫމާތު ދިނުމަށް އިސްކަންދަރުކޮށީގައި ބޭއްވި ބައްދަލުވުމުގައި ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ކޮމާންޑުގެ އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ސައީދު ވިދާޅުވީ، އެ ޕޯޓަލްތަކަށް ވަދެވޭނީ އީ-ފާސް މެދުވެރިކޮށް ކަމަށެވެ. އެކަން ކުރުމަށް އެންމެ ފުރަތަމަ ޖެހޭނީ ޕޮލިސް.އެމްވީގެ އާ އެޕްލިކޭޝަން ޑައުންލޯޑުކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.
އެއަށްފަހު، އެ އެޕްލިކޭޝަން މެދުވެރިކޮށް ދެން ހުރި ޕޯޓަލްތައް ފަސޭހައިން ބޭނުންކުރެވޭނެ އެވެ.
ސައީދު ވިދާޅުވީ ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގެ އަޕްޑޭޓް، ޕޮލިސް އެމްވީ މައިޕޯޓަލް އިން ލިބޭނެ ކަމަށެވެ.
ސައިބަ ކޯނާގެ ފަރާތުން، އަހުމަދު އަލީ މައުލޫމާތު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އަދި މައްސަލަ ކުރިއަށްދާ ގޮތް ބެލުމަށް، ސީދާ އިންވެސްޓިގޭޝަން އޮފިސަރާ މުއާމަލާތްކުރެވޭނެ ކަމަށާއި އެ ސުވާލުތަކަށް 72 ގަޑިއިރުގެ ތެރޭގައި ޖަވާބު ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުންނަށް ހުށަހަޅާ ރިޕޯޓުތަކަށް ވާނުވާ ނޭނގުމުގެ މައްސަލަ ވަރަށް ބޮޑެވެ. އެކަމަކު، އަލަށް ތައާރަފްކުރި ފީޗާތަކާއެކު އެ ކަންބޮޑުވުންތަކަށް ބޮޑު ހައްލެއް ލިބޭނެ ކަން ސައީދު ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން އެ ޕޯޓަލް މެދުވެރިކޮށް؛
- ކާކުކަން ނޭނގޭގޮތަށް ބޮޑު މައްސަލައަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރެވޭނެ
- ޕޮލިސް ސެޓްފިކެޓަށް ހުށަހެޅޭނެ
- ކްރައިމް ޓިޕެއް ފޮނުވޭނެ
އެ ޑިޕާޓްމަންޓުގެ ޕޮލިސް އަހުމަދު އަލީ ވިދާޅުވީ އާއްމުންނަށް ބޭނުންކުރެވޭ ގޮތަށް ލޯންޗުކުރި ސައިބާ ޕޯޓަލް މެދުވެރިކޮށް، ސްކޭމްތައް ހިންގަން ބޭނުންކުރާ ނަމްބަރުތަކާއި ލިންކުތައް ފެންނާނެ ކަމަށެވެ. ސްކޭމެއް ކަމަށް ބުނެ ޕޮލިހަށް ރިޕޯޓުކުރުމުން، އެ އިދާރާއިން އެކަން ކަށަވަރުކުރާނެ ކަމަށާއި ޕޯޓަލް އިން ނަމްބަރު ފެންނާނީ ސްކޭމް ނަމްބަރެއްކަން ޔަގީންވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުން ކުރިއަށްގެންދާ އިންފްރަސްޓްރަކްޗާ މަޝްރޫއުތަކުގެ އަޕްޑޭޓް ބެލުމަށް ހާއްސަކުރި އިންޓާނަލް ޕޯޓަލްގެ މައުލޫމާތު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އެކަންކަމުގެ އިތުރުން އެޕްލިކޭޝަންތަކުގައި ރައްކާތެރިކަން ކަށަވަރުކުރުމާއި ހޭލުންތެރިކަން އިތުރުކުރަން އެވެއާނަސް ޓިޕްސްތަކެއް ވެސް ދީފައިވެ އެވެ.
އެކި މައްސަލަތަކުގައި ފުލުހުން ހޯދާ ފައިސާތަކާ ގުޅޭގޮތުން ހިނގާ ކަންކަން މިހާތަނަށް ކުރަމުން ދިޔައީ ޕޯޓަލްކޮށެވެ. ނަމަވެސް، އަލަށް ތާއަރަފްކުރި "ކޭޝް ލެޖާ" މެދުވެރިކޮށް، ފައިސާ ބަހައްޓާފައިވާ ސޭފް ހުޅުވާ މީހުންގެ ހުރިހާ ތަފްސީލެއް ޑިޖިޓަލްވާނެ އެވެ. އޭގެ އިތުރުން ފުލުހުންގެ އިދާރާގައި ބޭނުންކުރާ ވެހިކަލްތައް ސާވިސްކުރާ ގޮތްތަކާއި އެއަށް ކުރާ ހަރަދުތައް ވަކިން އެނގޭނެ ގޮތަށް، ފްލީޓް މެނޭޖްމަންޓުގެ ނަމުގައި ފުލުހުންގެ އިންޓާނަލް ޕޯޓަލެއް ވެސް ހަދާފައިވެ އެވެ.
އޮޅުވާލައިގެން އެކައުންޓުތަކަށް ފައިސާ ޖަމާކުރާ މީހެއް!
ސްކޭމަރުންގެ ނަމްބަރުތައް އެނގޭނެ އެޕެއް ހަދަނީ
ސްކޭމްތަކުގައި ގެއްލުނު 200،000 ރުފިޔާ ހޯދައިފި
މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް
ފޭކް ސްލިޕުން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި
މާފުށީ ޖަލުން 33 ފޯނު އަތުލައިގެންފި
ބްލެކްމެއިލް ކުރުމުގައި އުޅޭ ދެ މީހަކު ހައްޔަރުކޮށްފި
ސްކޭމްކޮށްގެން މީހުންގެ އަތުން މިލިއަން ރުފިޔާ ނަގައިފި
ތަކެތި ވިއްކާކަމަށް ބުނެ ސްކޭމް ހިންގި މީހަކު ހައްޔަރު
ޗައިނާ މީހުންނަށް ރާއްޖޭގައި ބޮޑު ސްކޭމެއް