ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ދެ މައްސަލައެއްގައި ގެންގޮސްފައި ހުރި 31 ކާޓަންގެ ސިނގިރެޓް ގެއްލުނު މައްސަލައިގައި މިއަދު ފުލުހަކު ހައްޔަރުކޮށްފި އެވެ.
08 ޑިސެމްބަރ 2025
ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ދެ މައްސަލައެއްގައި ގެންގޮސްފައި ހުރި 31 ކާޓަންގެ ސިނގިރެޓް ގެއްލުނު މައްސަލައިގައި މިއަދު ފުލުހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކާޓެންތަކެއް މަދުވެފައިވާ މައްސަލައާ ގުޅިގެން ހައްޔަރުކުރީ މުނައްވަރު އާދަަމް، 39، ޝަބުނަމީގެ / އދ. ދިގުރަށް ކަމަށެވެ. އެއީ ފުލުހުންގެ ސީނިއަ ސާޖަންޓް ރޭންކުގައި ހުރި މީހެކެވެ.
އެ މައްސަލައާ ގުޅިގެން އޭނާ މިހާރު ސަސްޕެންޑްކޮށްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"މިމައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ދަނީ ފުލުހުންނާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެ 32 ކާޓަންގެ ސިނގިރޭޓަކީ ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހު ގެންދިތަ ތަކެތި ކަމަށް ފުލުހުން ކުރިން ބުންޏެވެ.
ފުލުހުން އޭރު ބުނީ އެ ތަކެތީގެ ތެރެއިން ހަ ކާޓަންގެ ސިނގިރެޓް މަދުވެފައިވާކަން އެނގުނީ އެ ތަކެތި ކަސްޓަމްސްއާ ހަވާލުކުރުމަށް އެ މަހުގެ 12 ވަނަ ދުވަހު ބެލުމުން ކަމަށެވެ.
އެކަން ހިނގާފައިވާ ގޮތް ބަލަމުން ދަނިކޮށް، އެހެން މައްސަލައެއްގައި ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 25 ކާޓަންގެ ސިނގިރެޓް މަދުވެފައިވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، އެ 25 ކާޓަންގެ ސިނގިރޭޓަކީ ދެ ބިދޭސީއެއްގެ އަތުން މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެއްޗެވެ.
އެ މައްސަލަތަކާ ގުޅޭ އިދާރީ މައްސަލަތައް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑް ބަލަމުން އަންނަ ކަމަށް ފުލުހުން އޭރު ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަތަކުގެ ޖިނާއީ ތަހުގީގު ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.
އެނގިފައިވާ ގޮތުގައި، މެންޗެސްޓާ ބްރޭންޑުގެ 31 ކާޓަންގެ އެ ސިނގިރޭޓަކީ ފުލުހުން ތިލަފުށިން ހޯދާފައިވާ ތަކެއްޗެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރެޓް ގެއްލުނުއިރު، އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުޅުމާލެ ޕޯޓުގައި ބަހައްޓާފައި ހުރި 13.6 މިލިއަން ސިނގިރެޓް ވަގަށް ނެގި މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. ސިނގިރެޓް ކޮންޓެއިނަރު ވަގަށް ނެގި އެ މައްސަލަ މިދިޔަ އޮކްޓޯބަރު މަހު ފެންމަތިވުމާ އެކު، ފުލުހުން މިހާތަނަށް ވަނީ 10 މީހަކު ހައްޔަރުކޮށްފަ އެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި އެކަމަށް ފަންޑުކުރި ކަމުގެ ތުހުމަތުވާ ދެ ވިޔަފާރިވެރިން ކަމަށްވާ ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް އަދި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ހިމެނެ އެވެ.
"ސިނގިރެޓް ގެއްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން"
ސިނގިރޭޓް ވައްކަމުގައި ހިމެނޭ އެންމެންނަށް ދައުވާކުރަނީ
ސިނގިރޭޓް ވައްކަން: އާއްޓޭ އާއި ދިގަލި ދޫކޮށްލައިފި
ހެކި ގެއްލެނީ، މިވަރުން އިތުބާރު ކުރާނީ ކިހިނެއް؟
ވިލިމާލެ ޕޮލިސް އިން 31ކާޓަންގެ ސިނގިރެޓް ގެއްލިއްޖެ
ސިނގިރޭޓް ވަގަށް ނެގި މައްސަލާގައި ބިދޭސީއަކު ހައްޔަރު
އެއް މަސް ވީއިރު ވެސް ދިގަލި ވާހަކައެއް ނުދެއްކި!
ވަގު ސިނގިރޭޓާ ގުޅޭ މައުލޫމާތު ދޭން ފުލުުުހުން އެދިއްޖެ
ވަގަށް ސިނގިރެޓް އެތެރެކުރި ކުންފުންޏެއްގައި މެންބަރެއް
ސިނގިރެޓް ވައްކަމުގެ ރިޝްވަތަށް ފްލެޓާއި ފައިސާ!