އިންގްލެންޑްގެ ޗެމްޕިއަންޝިޕްގައި ވާދަކުރާ ކްލަބް، ރެކްސަމްގެ ހިއްސާ، އެތުލެޓިކޯ މެޑްރިޑްގެ މެޖޯރިޓީ ހިއްސާދާރުން ގަނެފި އެވެ.
09 ޑިސެމްބަރ 2025
އިންގްލެންޑްގެ ޗެމްޕިއަންޝިޕްގައި ވާދަކުރާ ކްލަބް، ރެކްސަމްގެ ހިއްސާ، އެތުލެޓިކޯ މެޑްރިޑްގެ މެޖޯރިޓީ ހިއްސާދާރުން ގަނެފި އެވެ.
އެތުލެޓިކޯގެ މެޖޯރިޓީ ހިއްސާ މިހާރު ކޮންޓްރޯލް ކުރަނީ އެމެރިކާގެ އެސެޓް މެނޭޖްކުރާ ކުންފުނި އެޕޯލޯއިންނެވެ. އެޕޯލޯ ސްޕޯޓްސް ކެޕިޓަލްގެ ނަމުގައި އުފައްދާފައިވާ ކުންފުނިން އެތުލެޓިކޯގެ ހިއްސާ ގަތީ މިދިޔަ މަހު އެވެ.
ހޮލީވުޑްގެ ދެ އެކްޓަރުން ކަމަށްވާ ރޮބް މެކް އާއި ރަޔަން ރެނަލްޑްސްގެ ހިއްސާ އޮންނަ ރެކްސަމް، މަޝްހޫރު ވެފައި ވަނީ "ހޮލީވްޑް" ކްލަބްގެ ނަމުންނެވެ.
އެޕޯލާއިން ގަތީ ރެކްސަމްގެ މައިނޯރިޓީ ހިއްސާ އެވެ. އެ ކްލަބުން ނެރުނު ބަޔާނުގައި ބުނީ އެޕޯލޯގެ އިންވެސްޓްމެންޓާ އެކު އެ ކްލަބްގެ ސްޓޭޑިއަމް ބިނާ ކުރުމުގެ މަސައްކަތައް އިތުރު ފައިސާ ހަރަދު ކުރާނެ ކަމަށެވެ.
"މި އިންވެސްޓްމަންޓްގެ ދަށުން އެޕޯލޯ ސްޕޯޓްސް ކެޕިޓަލުން ވަނީ ސްޓޭޑިއަމް އަލުން ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާ ވެސް ފޯރުކޮށްދީފަ. މި ރީޑިވެލޮޕްމަންޓަކީ އެ ސިޓީ [ރެކްސަމް] ގެ ކަނެކްޓިވިޓީ އާއި އިގްތިސާދަށް އެހީވުމުގެ ގޮތުން ކުރިއަށް ގެންދާ ބޮޑު ބޮޑު ޕްރޮޖެކްޓެއް،" އެ ކްލަބުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
ރެކްސަމްއިން ބުނީ އެޕޯލޯގެ އިންވެސްޓްމެންޓާ އެކު ސްޓޭޑިއަމްގެ މި ތަރައްގީ ކުރަނީ ރެކްސަމްގެ ސަގާފަތާއި ތަރިކަ ދަމަހައްޓައިދޭ ގޮތަށް ކަމަށެވެ. އަދި އެ ސަރަހައްދަށް ޒިޔާރަތްކުރާ މީހުންނާއި އާންމުންނަށް ވެސް ހާއްސަ މަންޒިލަކަށް ވާނެ ގޮތަށް ސްޓޭޑިއަމް ތަރައްގީ ކުރާނެ ކަމަށް ރެކްސަމުން ބުންޏެވެ.
ހަރަދުގައި ރެއާލް، ބާސާއަށް ވުރެ އެތުލެޓިކޯ ކުރީގައި
ދެން ވާދަކުރާންޖެހޭނީ ތައްޓަށް: އެތުލެޓިކޯގެ ރައީސް
އެތުލެޓިކޯގެ ޝަކުވާއާހެދި ޕެނަލްޓީގެ ގަވާއިދަށް ބަދަލު
ލަލީގާގެ އެންމެ އަވަސް ހެޓްރިކް އެތުލެޓިކޯގެ ސޯލޯތަށް
20 މިނެޓުން ނަތީޖާ އަނބުރާލައި ބާސާ އެއް ވަނަ އަށް
އެތުލެޓީކޯގެ ޝަކުވާ ބޮޑުވެ ޕެނަލްޓީ ގަވާއިދު މުރާޖާއަށް
މެޑްރިޑާ ޑާބީގެ ޝޫޓްއައުޓްގައި ވެސް ވީއޭއާރުގެ ޑްރާމާ
ބާސާގެ ނަތީޖާއިން ރެއާލް އާއި އެތުލެޓިކޯ ޕްރެޝަރަށް
އެތުލެޓިކޯގައި ބޮޑު ކްލަބެއްގެ ސިފަ އަންނަނީ ޖެހެމުން
އެތުލެޓިކޯ އެއްވަނަ އަށް، ތައްޓަށް ވާދަކުރާނެ