ޕެނަލްޓީ ޖަހައިގެން ވާދަވެރި އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ރެއާލް މެޑްރިޑް ދަތުރުކޮށްފި އެވެ.
13 މާޗް 2025
ޕެނަލްޓީ ޖަހައިގެން ވާދަވެރި އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ރެއާލް މެޑްރިޑް ދަތުރުކޮށްފި އެވެ.
ދެވަނަ ލެގް މެޗުން އެތުލެޓިކޯ 1-0 ން މޮޅުވެގެން ނިމުމުން، ދެ ލެގްގެ ނަތީޖާ 2-2 ން އެގްރިގޭޓް ވެގެން ނިމުމުން ދެނަ ނަތީޖާ ނެރުމަށް ކުޅުނީ އިތުރު ވަގުތުގެ ދެ ހާފެވެ. އެ ދެ ހާފުގައި ވެސް ނަތީޖާ ބަދަލުނުވުމުން ޕެނަލްޓީޝޫޓް އައުޓްގައި ރެއާލް ކާމިޔާބު ހޯދީ 4-2 ންނެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ހޫލިއަން އަލްވަރޭޒް ޖެހި ޕެނަލްޓީ ރެއާލްގެ ކީޕަރު ޓިބޯ ކޯޓުއާ ބެލެހެއްޓި ގޯލަށް ވަން ނަމަވެސް ވީއޭއާރް މެދުވެރިވެ އެ ޕެނަލްޓީ ހުއްޓުވި އެވެ.
ޕެނަލްޓީއާ މެދު ސުވާލު އުފެދުމުން ވީއޭއާރް މެދުވެރިކޮށް ބެލި އެވެ. ވީއޭއާރުން ދެއްކީ އަލްވަރޭޒް ދެ ފަހަރަށް ބޯޅައިގައި ޓަޗްކޮށްފައިވާ ކަމަށެވެ. އެހެންވެ އެ ޕެނަލްޓީ ގަބޫލެއް ނުކުރި އެވެ.
އަލްވަރޭޒް ޕެނަލްޓީ ފޮނުވާލަނީ
އޭގެ ފަހުން އެތުލެޓިކޯގެ މާކޯސް ޔޮރެންޓޭ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ހުރަސް ދަނޑިއަށެވެ. އޭނާ އަށް ޕެނަލްޓީ ކާމިޔާބު ނުކުރެވުމާއި، ރެއާލުން ދެން ޕެނަލްޓީ ޖެހި އެންޓޯނިއޯ ރޫޑިގާގެ ޕެނަލްޓީ އެތުލެޓީކޯގެ ކެޕްޓަން އަދި ކީޕަރު ޔޭން އޮބްލެކަށް މަތަނުކުރެވުމުން އެތުލެޓިކޯ ކަޓައިގެން ދިޔައީ އެވެ.
ރެއާލްގެ ލޫކަސް ވަޒްކުއޭޒް ޖެހި ޕެނަލްޓީ ނާކާމިޔާބުވިޔަސް ކިލިޔަން އެމްބާޕޭ އާއި ޖޫޑެ ބެލިންހަމް އަދި ފެޑެރީކޯ ވަލްވާޑޭ ޕެނަލްޓީ ވައްދާލުމުން އޭރު ވެސް ރެއާލް އަށް އެޑްވާންޓޭޖް އޮތެވެ.
އަމިއްލަ ދަނޑުގައި އެތުލެޓީކޯ ކުޅުނު މެޗުގެ ފުރަތަމަ މިނެޓްގައި ކޯނާ ގަލެގާ އެތުލެޓީކޯ އަށް ލަނޑު ޖަހައިދީ އެގްރިގޭޓް ނަތީޖާ ހަމަހަމަ ކުރި އެވެ. ދެވަނަ ހާފުގައި އެ ލީޑް ނަގަން ޕެނަލްޓީއެއް ރެއާލް އަށް ލިބުނެވެ. ނަމަވެސް ވިނީޝިއުސް ޖޫނިއާ އަށް އެ ޕެނަލްޓީ ވައްދައެއް ނުލެވުނެވެ.
ޔޫރަޕްގެ ކުރިމަތިލުންތަކުގައި ރެއާލް އާއި އެތުލެޓިކޯ ބައްދަލު ކުރި މިއީ ހަ ވަނަ ފަހަރެވެ. އެއިން އެއްވެސް ފަހަރެއްގައި ރެއާލްގެ މައްޗަށް އެތުލެޓީކޯ އަށް ކުރި ހޯދިފައެއް ނުވެ އެވެ.
ކުއާޓާ ފައިނަލުގައި ރެއާލް ނުކުންނާނީ އާސެނަލްއާ ދެކޮޅަށެވެ. އާސެނަލް ކުއާޓާ އަށް ދަތުރު ކުރީ ޕީއެސްވީގެ މައްޗަށް 9-3 ގެ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ. އާސެނަލްގެ ދަނޑުގައި ރޭ އެ ދެ ޓީމު ކުޅުނު މެޗު ނިމުނީ 2-2 ންން އެއްވަރުވެގެންނެވެ.
އާސެނަލްގެ ކުރީގެ ކޯޗު އުނައި އެމެރީގެ އެސްޓަން ވިލާއިން ވަނީ ބެލްޖިއަމްގެ ކްލަބް ބްރާގާ ބަލިކުރުމަށް ފަހު ކުއާޓާ އަށް ދަތުރުކޮށްފަ އެވެ. ކުއާޓާގައި ވިލާ ވާދަކުރާނީ އެމެރީ ކުރިން ކޯޗުކޮށް ދިން ޕީއެސްޖީއާ ދެކޮޅަށެވެ.
ކުއާޓާ ފައިނަލު ކުރިމަތިލުންތައް:
ޕީއެސްޖީ – އެސްޓަން ވިލާ
ރެއާލް މެޑްރިޑް – އާސެނަލް
ބާސެލޯނާ – ބޮރޫޝިއާ ޑޯޓްމެންޑް
ބެޔާން މިޔުނިކް – އިންޓަ މިލާން
އެތުލެޓިކޯގެ މައްޗަށް ރެއާލުން ހަނި އެޑްވާންޓޭޖެއް ނަގައިފި
ސިޓީގެ ބެނާއިން ރެއާލް އާއި ވިނީ ގުޑުވައެއް ނުލެވުނު
ޑިފެންސް ކުއްލި ހާލަތުގައި އޮވެ ރެއާލުން ކްލެސިކޯއަކަށް
ބާސާގެ ނަތީޖާއިން ރެއާލް އާއި އެތުލެޓިކޯ ޕްރެޝަރަށް
15 ވަނަ ފަހަރު: ޔޫރަޕްގެ ކިންގަކީ ރެއާލް މެޑްރިޑް
ގޯލްކީޕަރުގެ މަގާމު، އަންޗެލޮޓީއަށް ބޮލުގެ ރިހުމަކަށް
ގޯސް ހެދުނުކަމަށް ރެފްރީ އެއްބަސްވެއްޖެ: ބެޔާން
ބާނަބޭއޫގައި އަވަހަށް އުފާނުކުރާތި، ބެޔާނަށްވެސް ވީދެރަ
ރެއާލަށް ދެން ބޭނުންވަނީ މެޑްރިޑްގައި ޖާދޫގެ ރެއެއް
ސިޓީ އާއި އާސެނަލް ކަޓުވާލައި ބެޔާނާއި ރެއާލް ސެމީއަށް