ގިނަ ބައެއްގެ ލޯބި ލިބުނު ބޮލީވުޑްގެ ފިލްމު "ތުރީ އިޑިއަޓްސް"ގެ ސީކުއެލްގެ މަސައްކަތްތައް ފަށައިފި އެވެ.
ގިނަ ބައެއްގެ ލޯބި ލިބުނު ބޮލީވުޑްގެ ފިލްމު "ތުރީ އިޑިއަޓްސް"ގެ ސީކުއެލްގެ މަސައްކަތްތައް ފަށައިފި އެވެ.
މި ޚަބަރު ކަށަވަރުކޮށްދީ ޕިންކް ވިލާގެ ރިޕޯޓެއްގައި ބުނީ "ތުރީ އިޑިއަޓްސް"ގެ ސީކުއެލްގައި އުޅޭނީ ފުރަތަމަ ފިލްމު ވެސް ފެނުނު އާމިރް ޚާން އާއި ކަރީނާ ކަޕޫރް ޚާން އާއި އާރު މަދަވަން އަދި ޝަރްމަން ޖޯޝީ ކަމަށެވެ.
"ތުރީ އިޑިއަޓްސް"އަކީ 2009 ގައި ރިލީޒްކޮށް، އޭރު ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހެދި ރާޖްކުމާރް ހީރާނީގެ ކާމިޔާބު ފިލްމެކެވެ.
ސީކުއެލް ވެސް ޑައިރެކްޓުކުރަނީ ހިރާނީ ކަމަށް ޕިންކް ވިލާގައި ބުންޏެވެ.
ޕިންކް ވިލާއިން ބުނީ އެ ފިލްމުގެ ސްކްރިޕްޓު ވެސް މިހާރު ނިމިފައިވާ ކަމަށާއި އެ ފިލްމުގައި ދައްކާނީ ފުރަތަމަ ފިލްމުގައި ހިނގި ކަންތައްތަކުގެ 15 އަހަރު ފަސް ކަމަށެވެ.
އިންޑިއާގެ މަޝްހޫރު ލިޔުންތެރިޔާ ޗެތަން ބަގަތުގެ 2004 ގެ ވާހަކަ "ފައިވް ޕޮއިންޓް ސަމްވަން"އަށް ބިނާކޮށް ހެދި "3 އިޑިއަޓްސް"ގެ ސްކްރީންޕްލޭ ލިޔުނީ ހިރާނީގެ އިތުރުން އަބިޖާތު ޖޯޝީ އާއި ޑައިރެކްޓަރު/ޕްރޮޑިއުސަރު ވިންދޫ ވިނޯދް ޗޯޕްރާ އެވެ.
ސީކުއެލްގެ ޕްރޮޑިއުސަރުންނަކީ އާމިރް އާއި ހިރާނީގެ އިތުރުން ވިނޯދެވެ.
އިންޑިއާގެ ތައުލީމީ ނިޒާމުގައި ހުރި ފޫނުބެދޭ ކަންތައްތަކުގެ މައްޗަށް ބިނާކޮށްފައިވާ "3 އިޑިއަޓްސް"ގެ ސީކުއެލްއެއް ގެނެސްދޭނެ ކަން ހިރާނީ އިއުލާންކުރީ މީގެ ފަސް އަހަރު ކުރިންނެވެ. ނަމަވެސް، އެކި ސަބަބުތަކާ ހުރެ އެ ފިލްމުގެ މަސައްކަތް އޭރު ކުރިއަށް ނުދިޔަ އެވެ.
ޖުމްލަ 55 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި "3 އިޑިއަޓްސް" އަށް ބޮކްސް އޮފީހުގައި 459.96 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބުނެވެ. އެއީ އޭރު ނުކުތް ފިލްމުތަކާ އަޅާ ބަލާއިރު، ވަރަށް ބޮޑު އާމްދަނީއެކެވެ.
ސަލްމާންގެ ސެކިއުރިޓީއަށް ހުރަސްއަޅަން މީހަކު އުޅެފި
"ދަރިފުޅުގެ ފިލްމު ފުލޮޕްވީ ނެޕޮޓިޒަމްގެ ބަހުސާ ހެދި"
"ސިތާރޭ ޒަމީން ޕަރު"ގެ އަންނަ މަހު ސިނަމާއަށް
"ސިތާރޭ ޒަމީން ޕަރު" ރިލީޒްކުރަނީ ޑިސެމްބަރުގައި
އާމިރް ހާން އެކްޓުކުރުން ހުއްޓާލައި ރިޓަޔާކުރަނީ
އާމިރުގެ ދަރިފުޅުގެ ފިލްމެއްގެ ލީޑު ރޯލަށް ޒޭން
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ޕަތާން 2" ގެނެސްދޭކަން ދުބާއީގައި އިއުލާންކޮށްފި
އަކްޝޭ ކަންނާ އަށް ހާއްސަ ސަމާލުކަމެއް!
"ޖީ ލޭ ޒަރާ"ގެ މަސައްކަތް އަލުން ފަށައިފި