ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރި ކުރަމުން ދިޔަ މައްސަލައިގައި 16 ދައުވާއެއް ސާބިތުވެފައިވާ ހުސެއިން ޝިފާއުގެ މައްޗަށް މި މަހުގެ 15 ވަނަ ދުވަހު ހުކުމް އިއްވާ ގޮތަށް ތާވަލުކޮށްފި އެވެ.
08 ޑިސެމްބަރ 2025
ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރި ކުރަމުން ދިޔަ މައްސަލައިގައި 16 ދައުވާއެއް ސާބިތުވެފައިވާ ހުސެއިން ޝިފާއުގެ މައްޗަށް މި މަހުގެ 15 ވަނަ ދުވަހު ހުކުމް އިއްވާ ގޮތަށް ތާވަލުކޮށްފި އެވެ.
ޓީޓީ ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރި ކުރަމުން ދިޔަ މައްސަލާގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަ ގޮތަށް 23 ދައުވާއެއް ޝިފާއުގެ މައްޗަށް ދައުލަތުން ކުރި އެވެ. އޭގެ ތެރެއިން 16 ދައުވާއެއް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ މަހު ވަނީ ނިންމައިފަ އެވެ.
ސާބިތުވީ އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދައުވާއަކާއި މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ހަތް ދައުވާ އެވެ. އެ ދައުވާތަކާ ގުޅިގެން އަންނާނެ އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް މިއަދު ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް އޮތެވެ.
މައްސަލަ ބައްލަވާ ގާޒީ އެ އަޑުއެހުމުގައި ނިންމެވީ ޝިފާއުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ހަތް ދައުވާއާ މެދު ގޮތެއް ނިންމުމަށް މި މަހުގެ 14 ވަނަ ދުވަހު އަޑުއެހުމެއް ބާއްވައި، އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށެވެ.
ސާބިތުވި ދައުވާތަކަށް އަދަބު ކަނޑައަޅަން ޝަރީއަތުގެ އަޑުއެހުމެއް ޖެހިގެން އަންނަ 15 ވަނަ ދުވަހު ބާއްވަން ވަނީ ނިންމައިފަ އެވެ.
ޝިފާއުގެ މައްޗަށް ކުރި 23 ދައުވާ އަށް 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށާއި މި މައްސަލަތަކުގައި 123،844.54 ޑޮލަރު (1.9 މިލިއަން ރުފިޔާ) ހިމެނޭ ކަމަށް ޕީޖީން ކުރިން ބުނެފައިވެ އެވެ.
ޝިފާއުއާ އެކު، އިއުތިރާފުގެ އެއްބަސްވުމެއް ޝަރީއަތް ނިމި ހުލާސާ ބަޔާން ހުށަހަޅާ ހިސާބުގައި އޮއްވައި ދައުލަތުން ހެދި އެވެ. ނަމަވެސް، އެ އެއްބަސްވުން ބަލައިނުގަންނަން ގާޒީ އަލީ ނަދީމް ނިންމެވި އެވެ.
"ކިންގްޑަމް އޮފް ފުރުޓްސް" ނަމަކަށް ކިޔާ، އަމިއްލަ ފަރުދެއްގެ ވިޔަފާރިއެއް މެދުވެރިކޮށް، ރާއްޖެއިން ބޭރުގެ ކުންފުނިތަކާ އެކު މަކަރާއި ހީލަތުން ކުރި ވިޔަފާރީގެ މުއާމަލާތްތަކުގެ މައްސަލައިގައި 2023 ވަނަ އަހަރު ޝިފާއު ހައްޔަރުކުރުމަށް ފަހު ކޯޓުން ދޫކޮށްލުމުން އޭނާ ފިލައިގެން ރާއްޖޭން ބޭރަށް ދިޔަ އެވެ. އޭގެ ފަހުން ޝިފާއު ހޯދަން އިންޓަޕޮލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރުމުން އަމިއްލައަށް އޭނާ ރާއްޖެއަށް އައުމުން ހައްޔަރުކުރުމަށް ފަހު ދޫކޮށްލީ ޕާސްޕޯޓް ހިފަހައްޓައިފަ އެވެ.
އޭނާގެ މައްސަލަތައް ކޯޓުގައި އޮއްވައި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް ވެސް އައްޔަންކުރި އެވެ. ނަމަވެސް މީޑިއާގައި އޭނާގެ މައްސަލަ ހާމަކުރުމާ އެކު މަގާމުން ވަކިކުރި އެވެ.
ފެނަކަ ސައީދުގެ ޕާސްޕޯޓު ދޫނުކުރަން އެދިއްޖެ
ރައުދުގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
ޝަމްއާންގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ
އޮފިސަރުންގެ މައްސަލަ:އެންމެން ދޫކޮށްލަން ޕީޖީން އެދެފި
ކުށް ސާބިތުނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ފާޑުކިޔުން
އަނބިމީހާގެ ގަޔަށް ވަޅިހެރީ ނިދާފައި އޮއްވައި
އީސައާމެދު އަމަލުކުރީ ތަފާތުކުރުން އޮންނަ ގޮތަށް: ކޯޓް
އީސަ ދަރިފުޅު ބެލްކަނިން ވައްޓާލަން އުޅުމުގެ ތުހުމަތު
އެއްބަސްވުމެއް ހެދީ ބޭރަށް ފޮނުވާ ގޮތަށް: އަދީބު
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް