އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ޓިކެޓްގެ އަގުތަކަށް އަންނާނީ ރައްޔިތުން އުފާވާ ކަހަލަ ހެޔޮ ބަދަލެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.
23 ޑިސެމްބަރ 2018
އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ޓިކެޓްގެ އަގުތަކަށް އަންނާނީ ރައްޔިތުން އުފާވާ ކަހަލަ ހެޔޮ ބަދަލެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އައިޝާ "މިހާރު"އަށް ވިދާޅުވީ ޓިކެޓް އަގުހެޔޮ ކުރުން ކުޑަކޮށް ލަސްވެފައި ވިޔަސް، އެންމެ ފަހުގެ މަޝްވަރާތައް މިއަދު ނިމިފައިވާ ކަމަށާއި އެހެންކަމުން އަގަށް ބަދަލުގެނައުން ދެން ލަހެއް ނުވާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެކަން ލަސްވީ ގިނަ އޮފީސްތަކެއް ގުޅިގެން ކުރަން ޖެހޭ މަސައްކަތްތަކެއް ވެސް ހުރުމުންނެވެ.
"ރައްޔިތުން ވަރަށް ހިތްހަމަޖެހޭ ވަރުގެ ހެޔޮ ބަދަލެއް އަންނާނެ،" އައިޝާ ވިދާޅުވި އެވެ.
ވަކި އަދަދުތަކެއް ނުދެއްވި ނަމަވެސް އޭނާ ވިދާޅުވީ މިހާރު އެތެރޭގެ އުދުހުންތަކުގެ އަގަށް ބަލާއިރު ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ.
"ޓްރާންސްޕޯޓް މިނިސްޓްރީން އެކަމުގައި ކުރަން ޖެހޭ ކަންތައްތައް ނިންމައި، އަގު ލިސްޓް ތައްޔާރުކޮށް ރައީސް އޮފީހަށް ފޮނުވާފައި ވާނީ. މިއަދު އެކަމާ ބެހޭ ބައްދަލުވުމެއް ވެސް ވަނީ ބާއްވާފައި. ދެން އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަގު ހެޔޮވާނެ،" އައިޝާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓިކެޓްގެ އަގު ހެޔޮކުރުމުގައި އައިލެންޑް އޭވިއޭޝަނަށް ސަބްސިޑީއެއް ދޭން ޖެހިދާނެތީ އެކަމުގައި ފިނޭންސް މިނިސްޓްރީއާ ވެސް މަޝްވަރާ ކުރަން ޖެހޭ ކަމަށެވެ. އަދި ސީދާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވަން ޖެހޭ ބައެއް ނިންމެވުންތައް ވެސް އެބަހުރި ކަމަށް އައިޝާ ވިދާޅުވި އެވެ.
"ދެން ރައީސްގެ އިންޑިއާ ދަތުރުފުޅާއި ސަރުކާރު ބަންދު ދުވަސްތަކެއް އައުމާއި އެހެން މިނިސްޓްރީތަކާ މަޝްވަރާ ކުރުން ކަހަލަ ކަންކަމާ ހެދި ވަގުތު ކޮޅެއް ނެގީ. އެކަމަކު ދެން ލަހެއް ނުވާނެ،" އައިޝާ ވިދާޅުވި އެވެ.
އެތެރޭގެ އުދުހުންތަކުގެ އަގުތައް ބޮޑުވުމަކީ އާންމުންގެ ޝަކުވާއެކެވެ. އެހެންކަމުން އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރުމަކީ އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރަން ހިމަނާފައި އޮތް ވައުދެކެވެ.
މޯލްޑިވިއަން އިން އެތެރޭގެ ޓިކެޓް އަގުހެޔޮކޮށްފި
ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު މޯލްޑިވިއަނުން ހޯދަނީ
މޯލްޑިވިއަންގެ ބުކިން ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެ
އާމްދަނީ ތިން ބިލިއަނަށް އަރުވައި، ބޮޑު ބަދަލަކަށް
ދަރަނި ބޮޑުވިޔަސް ކުންފުނީގެ ހާލަތު ރަނގަޅު ކުރެވޭނެ
މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ ބޯޓު ގެނެސްފި
ވައިޑް ބޮޑީގެ ދެވަނަ ބޯޓުގެ ދަތުރުތައް އޮކްޓޫބަރުގައި
މޯލްޑިވިއަންގެ ބޮޑު ބޯޓު ދައްކާލަން އެއާ ޝޯއެއް
ޗުއްޓީއަށް މޯލްޑިވިއަނުން 98 ފްލައިޓް އިތުރުކޮށްފި
މޯލްޑިވިއަން އިން އޭޓީއާރުގެ އިތުރު ދެ ބޯޓު ގެންނަނީ