ޕްރޮފެޝަނަލް ރެސްލިންގައި މަޝްހޫރުކަން ހޯދައި އޭގެ ފަހުން އެކްޓިންގައި ވެސް ހުނަރު ދައްކާލި ޖޯން ސީނާ ރެސްލިންގެ ދާއިރާއިން ރިޓަޔާކޮށްފި އެވެ.
ޕްރޮފެޝަނަލް ރެސްލިންގައި މަޝްހޫރުކަން ހޯދައި އޭގެ ފަހުން އެކްޓިންގައި ވެސް ހުނަރު ދައްކާލި ޖޯން ސީނާ ރެސްލިންގެ ދާއިރާއިން ރިޓަޔާކޮށްފި އެވެ.
ޑަބްލިއުޑަބްލިއުއީގެ ތަރި ޖޯން ސީނާ ޕްރޮފެޝަނަލް ރެސްލިން އިން ރިޓަޔާކުރިކަން އިއުލާންކުރީ އޭނާގެ އެންމެ ފަހު މެޗަށް ފަހު މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ދުވަހު ބޭއްވި މެޗުން އޭނާ ވަނީ ބަލިވެފަ އެވެ.
ފޮކްސް ސްޕޯޓްސްގެ ރިޕޯޓަރު ޓޮމް ރިނާލްޑީ އަށް ދިން އިންޓަވިއުއެއްގައި ޖޯން ސީނާ ވަނީ ރެސްލިންގެ ދާއިރާއިން އޭނާ ރިޓަޔާކުރުމާ ބެހޭ ގޮތުން ވާހަކަދައްކައިފަ އެވެ.
"އަހަރެން ރިޓަޔާވާން ނިންމައިފިން. އަހަރެން ޑަބްލިއުޑަބްލިއުއީއަށް ވައުދުވިން އަހަރެންގެ ހުނަރު ބަލިކަށިވާ ދުވަހަކު މިތަނުގައި ނުހުންނާނެ ކަމަށް، އެ ވަގުތު އަތުވެއްޖެ. އަހަންނަށް މިހާރު 48 އަހަރު. ސާޅީސް ވީ ފަހުން ވަރަށް ދަށްކޮށް މި ދަނީ،" ޖޯން ސީނާ ބުންޏެވެ.
ޖޯން ސީނާ ބުނީ މިއީ ރިޓަޔާކުރަންވީ ވަގުތުކަން އަމިއްލަ އަށް ވެސް ގަބޫލުކުރެވޭ ކަމަށެވެ. އެ ދާއިރާގައި މިހާރު މާ ހުނަރުވެރި އަދި މާ މޮޅު މީހުން އެބަ ތިބި ކަމަށާއި އެކަމާ އުފާކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
ޖޯން ސީނާ ޕްރޮފެޝަނަލް ރެސްލިންގެ ދާއިރާއަށް ނުކުތީ 1999 ވަނަ އަހަރު އެވެ. އަދި ޑަބްލިއުޑަބްލިއުއީގައި އޭނާ އެންމެ ފުރަތަމަ ޕާފޯމްކުރީ 2002 ވަނަ އަހަރު އެވެ.
އޭނާ ދެން ވަގުތު ދޭނީ އެކްޓިންގެ ދާއިރާ އަށް ކަމަށް ބުންޏެވެ.
ޖޯން ސީނާ ވަނީ ހޮލީވުޑްގެ ވަރަށް ގިނަ އެކްޝަން އަދި ކޮމެޑީ ފިލްމުތަކުގައި އެކި ރޯލުތައް ކުޅެގެން ވެސް ވަރަށް ގިނަ ބައެއްގެ ލޯބި ހޯދައިފަ އެވެ. އޭގެ ތެރޭގައި "ފާސްޓް އެކްސް" އާއި "ސުއިސައިޑް ސްކޮޑް" އަދި "ބަމްބަލްބީ" ކަހަލަ ފިލްމުތައް ހިމެނެ އެވެ.
އޭނާ ކުޅޭ ފުރަތަމަ ސީރީޒް ޑީސީގެ "ޕީސްމޭކާ"ގެ ދެ ސީޒަނެއް ވެސް މިހާތަނަށް ގެނެސްދީފައިވެ އެވެ.
ރޮކްގެ ފަރާތުން އެތުލީޓުންނަށް މާސްކެއް ނެރެފި
ރޮކް އެމެރިކަން ފުޓްބޯލް ލީގެއް ގަނެފި
ހަލްކް ހޯގަންގެ ރޯލު ފަސޭހައެއް ނުވާނެ: ކްރިސް
ރޮކްގެ ދޮށީ އަންހެން ދަރިފުޅު ވެސް ރެސްލިން އަށް
ބިގް ބޮސް: ޖޯން ސީނާގެ އިންސްޓަގްރާމަށް އާސިމް
ރޮކްގެ ބައްޕަގެ ވާހަކަ ބޮޑު ސްކްރީނަށް
ރޮކް ކައިވެނިކޮށްފި
ހަލްކް ހޯގަންގެ ރޯލަށް ކްރިސް ހެމްސްވޯތު
"ޒޫޓޯޕިއާ 2"އަށް ވެސް އެއް ބިލިއަން ޑޮލަރު ލިބިއްޖެ
ޚާލިދު އިބްނު ވާލިދުގެ ހަޔާތްޕުޅަށް ފިލްމެއް ހަދަނީ