އެމެރިކާގެ ކުރީގެ ރެސްލިން ޗެމްޕިއަން ޓެރީ ޖީން ބޮލީއާ ނުވަތަ މަޝްހޫރު ނަމުން ނަމަ ހަލްކް ހޯގަންގެ ބައޮގްރަފިކަލް ޑްރާމާއެއް ނެޓްފްލިކްސް އިން ހަދަން ނިންމައި، ހަލްކް ހޯގަންގެ ރޯލް ކުޅެން ކްރިސް ހެމްސްވޯތަށް ހުށަހަޅައިފި އެވެ.
23 ފެބުރުއަރީ 2019
އެމެރިކާގެ ކުރީގެ ރެސްލިން ޗެމްޕިއަން ޓެރީ ޖީން ބޮލީއާ ނުވަތަ މަޝްހޫރު ނަމުން ނަމަ ހަލްކް ހޯގަންގެ ބައޮގްރަފިކަލް ޑްރާމާއެއް ނެޓްފްލިކްސް އިން ހަދަން ނިންމައި، ހަލްކް ހޯގަންގެ ރޯލް ކުޅެން ކްރިސް ހެމްސްވޯތަށް ހުށަހަޅައިފި އެވެ.
ވެރައިޓީން ބުނި ގޮތުގައި ނެޓްފްލިކްސް އަށް އޭނާއާ ބެހޭ ފިލްމުގެ ހަދަން ހަލްކް ހޯގަން، ހުއްދަ ދިނުމާ އެކު މީގެ އެކްޒެކެޓިވް ޕްރޮޑިއުސަރެއްގެ ޒިންމާ ވެސް އޭނާ ނަގާނެ އެވެ. މީގެ އިތުރުން ފިލްމުގެ ޕްރޮޑިއުސަރުންގެ ކްރެޑިޓް މަޝްހޫރު އެކްޓަރު ބްރެޑްލީ ކޫޕާ އާއި މައިކަލް ޝުގާ އާއި އޭނާގެ ކުންފުނި ޝުގާ23 ގެ އިތުރުން ކްރިސް އަށް ވެސް ލިބިގެން ދާނެ އެވެ.
ފިލްމުގެ ޑައިރެކްޓް ކުރަން ހަވާލުކޮށްފައި ވަނީ "ވޯ ޑޯގްސް" އާއި "ހޭންގްއޯވަ" ޓްރިލޮޖީ ގެނެސް ދިން ޓޮޑް ފިލިޕްސްއާ އެވެ. އަދި ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ ސްކޮޓް ސިލްވާ އާއި ޖޯން ޕޮލޯނޯ އެވެ.
ހަލްކް ހޯގަންއަކީ 70 ގެ އަހަރުތަކުގެ ތެރޭގައި ރެސްލިން ތެޅުންތެރިއެއްގެ ގޮތުގައި ވިދާލައި، އެ ކުޅިވަރުން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ފަންނާނެކެވެ. އޭނާގެ ވާހަކަ ފިލްމެއްގެ ގޮތުގައި ގެނެސްދޭ އިރު، ކެރިއަރުގެ މުހިއްމު ހާދިސާތައް ފިލްމުގައި ދައްކުވައި ދޭނެ އެވެ.
ހަލްކް ހޯގަން: އޭނާ ވިދައިލީ 70 ގެ އަހަރުތަކުގެ ތެރޭގައި.
ހަލްކް ހޯގަންގެ ރޯލް މާވެލް ސިނަމެޓިކް ޔުނިވާސްގެ "ތޯ" ގެ ކެރެކްޓާ ކުޅޭ ކްރިސް، 35، އާ ހަވާލުކޮށްފައިވާ އިރު، އޭނާގެ ކުރިއަށް އޮތް ފިލްމަކީ އެޕްރީލްގައި ރިލީޒް ކުރާ "އެވެންޖާޒް: އެންޑްގޭމްސް" އެވެ. މީގެ އިތުރުން "މެން އިން ބްލެކް: އިންޓަނެޝަނަލް" އާއި "ޑާކާ" އިން ވެސް ކްރިސް މި އަހަރު ފެނިގެން ދާނެ އެވެ.
އެކްސްޓްރެކްޝަންގައި 14 މިނެޓް ވަރުގަދަ ސީންއެއް
ނެޓްފްލިކްސްގެ "އެކްސްޓްރެކްޝަން 2" ގެ ޓީޒާއެއް
ހަލްކް ހޯގަންގެ ރޯލު ފަސޭހައެއް ނުވާނެ: ކްރިސް
"އެކްސްޓްރެކްޝަން" ގެ ދެވަނަ ބައެއް ވެސް ހަދަނީ
ކްރިސްގެ "އެކްސްޓްރެކްޝަން" ގެ ޓްރެއިލާ ދައްކާލައިފި
ނެޓްފްލިކްސްގެ ފީތައް އަނެއްކާވެސް ބޮޑުކުރަނީ
އޮސްކާގެ އުއްމީދު "ލާޕަތާ ލޭޑީސް"އަށް ނާކާމިޔާބުވެއްޖެ
"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ އަޕްޑޭޓެއް
އިޝާންގެ ފުރަތަަމަ ހޮލީވުޑް ސީރީޒް ނެޓްފްލިކްސްއަށް
"ޕީކީ ބްލައިންޑާސް"ގެ ފިލްމުގެ ކާސްޓަށް ބެރީ