ސްރީ ލަންކާއަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކްރިކެޓް ކެޕްޓަން އަރްޖުނާ ރަނަތުންގާ ޕެޓްރޯލިއަމް މިނިސްޓަރުގެ މަގާމުގައި ހުރި އިރު ހިންގާފައިވާ ކަމަށް ތުހުމަތުކުރާ ކޮރަޕްޝަނުގެ މައްސަލައެއްގައި އޭނާ ހައްޔަރުކުރަން ނިންމައިފި އެވެ.
ސްރީ ލަންކާއަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކްރިކެޓް ކެޕްޓަން އަރްޖުނާ ރަނަތުންގާ ޕެޓްރޯލިއަމް މިނިސްޓަރުގެ މަގާމުގައި ހުރި އިރު ހިންގާފައިވާ ކަމަށް ތުހުމަތުކުރާ ކޮރަޕްޝަނުގެ މައްސަލައެއްގައި އޭނާ ހައްޔަރުކުރަން ނިންމައިފި އެވެ.
ރަނަތުންގާ އާއި އޭނާގެ ބޭބެގެ މައްޗަށް ތުހުމަތުކުރަނީ ދިގު މުއްދަތަކަށް ތެޔޮ ސަޕްލައި ކުރުމުގެ އެއްބަސްވުންތައް ހަވާލުކުރުމުގެ އުސޫލަށް ބަދަލު ގެނެސް، "ސްޕޮޓް ޕާޗޭސް" ނުވަތަ ކުއްލި މުއާމަލާތްތަކުގެ ގޮތުގައި ބޮޑު އަގުގައި ތެޔޮ ގަނެފައިވާ ކަމަށެވެ.
މިފަދަ 27 މުއާމަލާތެއްގެ ސަބަބުން ދައުލަތަށް 800 މިލިއަން ރުޕީސްގެ ގެއްލުން ވެފައިވާ ކަމަށާއި މިއީ އެ މުއާމަލާތްތައް ހިންގި 2017 ވަނަ އަހަރުގެ އަގުތަކަށް ބަލާއިރު ފަސް މިލިއަން ޑޮލަރުގެ ގެއްލުން ކަމަށް "ކޮމިޝަން ޓު އިންވެސްޓިގޭޓް އެލިގޭޝަންސް އޮފް ބްރައިބަރީ އޯ ކޮރަޕްޝަން" އިން ބުނެފައިވެ އެވެ.
އެ ކޮމިޝަނުން ކޮލަމްބޯ މެޖިސްޓްރޭޓް ކޯޓުގައި މިއަދު ބުނި ގޮތުގައި އަރްޖުނާ ރަނަތުންގާ މި ވަގުތު ހުރީ ގައުމުން ބޭރުގަ އެވެ. އެހެންވެ އޭނާ ގައުމަށް އައުމާ އެކު ހައްޔަރުކުރާނެ ކަމަށް ބުންޏެވެ.
ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމުގައި ހުރި، އަރްޖުނާ ރަނަތުންގާގެ ބޭބެ ދަމީކާ ރަނަތުންގާ މީގެ ކުރިން މި މައްސަލައިގައި މިއަދު ހައްޔަރުކުރުމަށް ފަހު ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ. ލަންކާ އާއި އެމެރިކާގެ ރަށްވެހިކަން އޮންނަ ދަމީކާ ދޫކޮށްލީ ގައުމުން ބޭރަށް ދިއުން މަނާކޮށްފަ އެވެ.
ވައަތުން މޮޅަށް ބެޓް ކުރުމުގައި މަޝްހޫރު، އުމުރުން 62 އަހަރުގެ އަރްޖުނާ ވަނީ 1996 ވަނަ އަހަރު އޮސްޓްރޭލިއާ ބަލިކޮށް ލަންކާއަށް ކްރިކެޓް ވޯލްޑް ކަޕް ހޯދައިދީފަ އެވެ. މިއީ ކްރިކެޓްގެ ތާރީހުގައި ލަންކާއަށް އެންމެ ބޮޑު ކާމިޔާބީ އެވެ.
ރަނަތުންގާގެ އެހެން ބޭބެއެއް ކަމަށްވާ ޕްރަސަންނާ ވެސް ވަނީ އިންޝުއަރެންސް ފްރޯޑް މައްސަލައެއްގައި މިދިޔަ މަހު ހައްޔަރުކޮށްފަ އެވެ. އޭނާ އަކީ ވިޔަފާރިވެރިއަކަށް ބިރު ދައްކައިގެން ފައިސާ އަތުލި މައްސަލައެއްގައި ކުށް ސާބިތުވެ ދެ އަހަރަށް ޖަލަށް ލުމަށް 2022 ވަނަ އަހަރުގެ ޖޫން މަހު ހުކުމް އައިސްފައިވާ މީހެކެވެ. އެކަމަކު އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒުކުރުން ވަނީ ފަސްކޮށްފަ އެވެ. -- އޭއެފްޕީ
ރަނިލްގެ ހާލު ގޯސްވެ، އައިސީޔޫގައި އެޑްމިޓްކޮށްފި
ސްރީލަންކަންގެ ކުރީގެ ޗެއާމަން ހައްޔަރުކޮށްފި
ރާޖަޕަކްސަ ސަރުކާރުގެ ދެ ވަޒީރަކަށް ބޮޑު ހުކުމެއް
ރާޖަޕަކްސާ 10ބިލިއަން އިންވެސްޓްކުރި ވާހަކަ ދޮގުކޮށްފި
ލަންކާގެ ރައީސްގެ ކޮއްކޮގެ މައްސަލަ ބަލަން އަންގައިފި
ގޯޓާބޭގެ ކޮރަޕްޝަނުގެ މައްސަލަތައް ނުބަލަން ނިންމައިފި
ކޮރަޕްޝަން ބަލާ ކޮމިޝަނަށް ރަނިލް ހާޒިރު ކުރަނީ
ސެންޓްރަލް ބޭންކުގެ ޚިޔާނާތުގެ އިސް މީހާ ގެންނަނީ
ދެ އަހަރު ފަހުން ނިޔާޒު ވެސް ރާއްޖެ ވަޑައިގަންނަވަނީ
ރާޖަޕަކްސާގެ ވެރިކަމުގެ ކޮރަޕްޝަނުގެ ޝަރީއަތް ފަށައިފި