ކޮލަމްބޯ (ސެޕްޓެމްބަރު 4) - ސްރީ ލަންކާގެ ސެންޓްރަލް ބޭނުންކުން ބޮންޑު ވިއްކުމުގައި ހިންގާފައިވާ ކޮރަޕްޝަނުގައި އެންމެ ބޮޑަށް ތުހުމަތު ކޮށްފައިވާ އެ ބޭންކުގެ ކުރީގެ ގަވަރުނަރު އަރްޖުނާ މަހެންދުރަން ފޮނުވައިދިނުމަށް ލަންކާ އިން ސިންގަޕޫރުގައި އެދިއްޖެ އެވެ.
04 ސެޕްޓެމްބަރ 2019
ކޮލަމްބޯ (ސެޕްޓެމްބަރު 4) - ސްރީ ލަންކާގެ ސެންޓްރަލް ބޭނުންކުން ބޮންޑު ވިއްކުމުގައި ހިންގާފައިވާ ކޮރަޕްޝަނުގައި އެންމެ ބޮޑަށް ތުހުމަތު ކޮށްފައިވާ އެ ބޭންކުގެ ކުރީގެ ގަވަރުނަރު އަރްޖުނާ މަހެންދުރަން ފޮނުވައިދިނުމަށް ލަންކާ އިން ސިންގަޕޫރުގައި އެދިއްޖެ އެވެ.
ލަންކާ އަށް އުފަން މީހެއް ނަމަވެސް މަހެންދުރަން އަކީ މިހާރު ސިންގަޕޫރުގެ ރައްޔިތެކެވެ. ސެންޓްރަލް ބޭންކުގެ ގަވަރުނަރުގެ މަގާމަށް މަހެންދުރަން 2015 ވަނަ އަހަރު ހަމަޖެއްސީ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އެވެ. ސެންޓްރަލް ބޭންކުން ބޮންޑު ވިއްކުމުގެ ޚިޔާނާތުގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ މަހެންދުރަންގެ ދަނބިދަރިއެކެވެ.
ބޮންޑު ވިއްކި މައްސަލައިގެ ޚިޔާނާތް ތަހުގީގު ކުރަން ރައީސް މައިތުރިޕާލާ ސިރިސޭނާ އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައިވާ ގޮތުން ބޮންޑު ވިއްކުމުގައި 74 މިލިއަން ޑޮލަރުގެ ޚިޔާނާތް ހިންގާފައިވެ އެވެ. މި ޚިޔާނާތުން ސަރުކާރަށް 11 މިލިއަން ޑޮލަރުގެ ގެއްލުންވެފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ.
މަހެންދުރަން ޕޮލިހަށް ހާޒިރުކުރަން އެތައް އަމުރެއް މީގެ ކުރިން ވަނީ ނެރެފަ އެވެ. ނަމަވެސް އެއިން އެއްވެސް އަމުރަކަށް އޭނާ އިޖާބަދީފައެއް ނުވެ އެވެ.
ލަންކާގެ އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ސެންޓްރަލް ބޭންކުގެ ކޮރަޕްޝަނާ ގުޅޭ ގޮތުން 21،000 ސަފުހާގެ ރިޕޯޓެއް ތައްޔާރުކޮށްފަ އެވެ. އެ ރިޕޯޓް މިހާރު ވަނީ ލަންކާގެ ފޮރިން މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީއަށް ހަވާލުކޮށްފަ އެވެ.
މަހެންދުރަން އަށް ސިންގަޕޫރުން ހިމާޔަތް ދޭ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ މާޗު މަހު ވަނީ ތުހުމަތު ކުރައްވައިފަ އެވެ. ނަމަވެސް ސިންގަޕޫރުން އެކަން ވަނީ ދޮގުކޮށްފަ އެވެ.
ލަންކާގެ ސެންޓްރަލް ބޭންކުގެ ކުރީގެ ގަވަރްނަރު ޕޮލިހަށް
ލަންކާގެ ސެންޓްރަލް ބޭންކުގެ ޚިޔާނާތް 11 މިލިއަން ޑޮލަރަށް
ރަނިލްގެ ހާލު ގޯސްވެ، އައިސީޔޫގައި އެޑްމިޓްކޮށްފި
ސްރީލަންކަންގެ ކުރީގެ ޗެއާމަން ހައްޔަރުކޮށްފި
ރާޖަޕަކްސަ ސަރުކާރުގެ ދެ ވަޒީރަކަށް ބޮޑު ހުކުމެއް
ބޭންކުތަކުން މައުލޫމާތު ހޯދަން ދަތި: އޭސީސީ
ރާޖަޕަކްސާ 10ބިލިއަން އިންވެސްޓްކުރި ވާހަކަ ދޮގުކޮށްފި
ލަންކާ އަޑިގަނޑަކަށް ވެއްޓުނީ ކުރީގެ ގަވަރުނަރާ ހެދި
ލަންކާގެ ރައީސްގެ ކޮއްކޮގެ މައްސަލަ ބަލަން އަންގައިފި
ގޯޓާބޭގެ ކޮރަޕްޝަނުގެ މައްސަލަތައް ނުބަލަން ނިންމައިފި