Roadha Mihaaru

ބިލިއަން ޑޮލަރުގެ ބިޑަށް ނޫނެކޭ ބުނުމުން ޔުވެންޓަސްގެ ހިއްސާގެ އަގު މައްޗަށް!

އިޓަލީގެ އަގްނެލީ ފެމެލީން، ކޮންޓްރޯލް ކުރާ ޔުވެންޓަސްގެ މެޖޯރިޓީ ހިއްސާ ގަންނަން އެ ކްލަބްގެ މައިނޯރިޓީ ހިއްސާދާރު ހުށަހެޅި ބިޑަށް ނޫނެކޭ ބުނުމުން، ހިއްސާގެ ބާޒާރުގައި ޓީމުގެ އަގު އުފުލިއްޖެ އެވެ.

ބިލިއަން ޑޮލަރުގެ ބިޑަށްފަހު ޔުވެންޓަސްގެ ހިއްސާގެ އަގު މައްޗަށް!
ހުސެއިން ހަބީބް
ހުސެއިން ހަބީބް

16 ޑިސެމްބަރ 2025

އިޓަލީގެ އަގްނެލީ ފެމެލީން، ކޮންޓްރޯލް ކުރާ ޔުވެންޓަސްގެ މެޖޯރިޓީ ހިއްސާ ގަންނަން އެ ކްލަބްގެ މައިނޯރިޓީ ހިއްސާދާރު ހުށަހެޅި ބިޑަށް ނޫނެކޭ ބުނުމުން، ހިއްސާގެ ބާޒާރުގައި ޓީމުގެ އަގު އުފުލިއްޖެ އެވެ.

އަގްނެލީގެ އާއިލާއިން ޔުވެންޓަސް ހިންގަން އުފައްދާފައިވާ ކުންފުނ، އެކްސޯ އެންވީ އަތުން، އެ ކްލަބްގެ 65.4 ޕަސަންޓް ހިއްސާ ގަންނަން ހުށަހެޅީ ކްރިޕްޓޯ ކަރަންސީގެ ވިޔާފާރިކުރާ ކުންފުނި، ޓެތާއިންނެވެ. އެ ކުންފިން އަތުގައި މިހާރު ވެސް ޔުވެންޓަސްގެ 11.5 ޕަސަންޓް ހިއްސާ އެބައޮތެވެ.

ޓެތާއިން ބޭނުން ވަނީ ޔުވެންޓަސްގެ މެޖޯރިޓީ ހިއްސާ އެ ކުންފުނި އަތުގައި ބާއްވާ ށެވެ. އެހެންވެ، އަގްނެލީ އާއިލާގެ ހިއްސާއިން ބޮޑު ބައެއް ގަންނަން ހުށަހެޅުމުން، ކްލަބްގެ ބޯޑުން ވަނީ އެކަމަށް ނޫނެކޭ ބުނެފަ އެވެ.

ބިލިއަން ޑޮލަރުގެ އެ ބިޑް، ބަލައި ނަގަތުމުން މިލާންގެ ހިއްސާގެ ބާޒާރުގައި ޔުވެންޓަސްގެ ހިއްސާ 19 ޕަސަންޓަށް ވަނީ މައްޗަށް ޖެހިލި އެވެ.

އެލް ސެލްވާޑޯގައި މައި އިދާރާ ގާއިމުކޮށްފައިވާ ޓޭތާ ކުންފުނީގެ ވެރިޔަކީ ޔުވެންޓަސްގެ ސަޕޯޓަރެއްކަމަށްވާ އިޓަލީގެ ޕައޮލޮޯ އަރްޑޮއިނޯ އެވެ.

އޭނާ ބުނީ ޔުވެންޓަސްގެ ކުޅިވަރުގެ ނަތީޖާތައް ރަނގަޅު ކުރުމަށާއި ކްލަބްގެ ވިޔާފާރި ފައިދާ އިތުރު ކުރުމަށް އެ ކުންފުނިން އެއް ބިލިއަން ޑޮލަރު ހޭދަކުރަން ތައްޔާރު ކަމަށެވެ.

އެކަމަކު އެ ކުންފުންޏަށް މެޖޯރިޓީ ހިއްސާ ވިއްކާލާކަށް އަގްނެލީގެ އާއިލާއިން ބޭނުމެއް ނުވެ އެވެ.

ޔުވެންޓަސް އުފެއްދިތާ 128 އަހަރު ވެއްޖެ އެވެ. އަގްނެލީ އާއިލާއިން އެ ކްލަބްގެ މިލްކުވެރިކަން ހޯދީ 1923 ގަ އެވެ. ގަރުނަކަށް ވުރެ ދިގު މުއްދަތެއް އަގްނެލީ އާއިލާއިން ހިންގަމުން އައި ކްލަބްގެ ފުލް ކޮންޓްރޯލް ދޫކޮށްލާކަށް އެ އާއިލާއިން ބޭނުމެއް ނުވާނެ އެވެ.