Roadha Mihaaru
މަނާބޭހަށް ޕޮގްބާ ޕޮޒިޓިވް ބޮޑު ސަސްޕެންޝަނެއްގެ ބިރު

މަނާ ބޭހަށް ޕޮގްބާ ޕޮޒިޓިވް، ހަތަރު އަހަރުގެ ސަސްޕެންޝަނެއްގެ ބިރު

12 ސެޕްޓެމްބަރ 2023

ޓިއުރިން (ސެޕްޓެމްބަރު 12) - ޔުވެންޓަސްގެ ފްރާންސްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ މަނާ ބޭހަށް ޕޮޒިޓިވް ވެއްޖެ އެވެ.

ޓިއުރިން (ސެޕްޓެމްބަރު 12) - ޔުވެންޓަސްގެ ފްރާންސްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ މަނާ ބޭހަށް ޕޮޒިޓިވް ވެއްޖެ އެވެ.

ނަޑޯ އިޓަލީ (އިޓަލީގެ އެންޓި ޑޯޕިން އިދާރާ) އިން ޔުވެންޓަސްގެ ކުޅުންތެރިން ޓެސްޓް ކުރީ މިދިޔަ މަހު 20 ގައި އުދިނޭޒީއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގަ އެވެ. ނަމަވެސް އެ މެޗުގައި ޕޮގްބާ އިނީ ބެންޗުގަ އެވެ.

ނަޑޯއިން އިއްޔެ ބުނީ ޕޮގްބާ ޕޮޒިޓިވް ވެފައިވުމުން، އޭނާގެ މައްސަލަ ބަލައި ނިމެންދެން ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

އެންޓި ޑޯޕިންގެ މައްސަލަތައް ބަލާ ޓްރައިބިއުނަލުން ބުނީ ޕޮގްބާ އެންޓި ޑޯޕިން ގަވާއިދާ ހިލާފުވެފައި ވަނީ މަނާ ބޭހުގެ މާއްދާއެއް ކަމަށްވާ "ނޮން އެންޑޯޖެންސް ޓެސްޓޮސްޓެރޯން މެޓަބޮލައިޓްސް" އޭނާގެ ގައިން ފެނުމުން ކަމަށެވެ.

މިދިޔަ އަހަރު ކުރިމަތިވި ބޮޑު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރުގައި ހުރި އުމުރުން 30 އަހަރުގެ ޕޮގްބާ ދަނީ އޭނާގެ ކުރީގެ ފޯމަށް އެނބުރި ދިއުމަށް މަސައްކަތް ކުރަމުންނެވެ.

ޔުވެންޓަސް އިން ނެރުނު ބަޔާނެއްގައި ބުނީ ޕޮޒިޓިވް ނަތީޖާ އާއި ސަސްޕެންޝަން ބަލައިގަނެ، ކުރިއަށް ހުރި މަރުހަލާތަކުގައި ކުރިއަށްދާ ގޮތް ކައިރިން ބަލާނެ ކަމަށެވެ.

ޕޮގްބާގެ އެޖެންޓް ރަފައެލާ ޕިމެންޓާ ބުނީ ޕޮގްބާގެ ދިފާއުގައި ހެދި ޓެސްޓްގެ ނަތީޖާ އަށް އިންތިޒާރު ކުރަމުން އަންނަ ކަމަށެވެ.

"އެހާހިސާބަށް (އެ ނަތީޖާ ނުލިބެނީސް) އަހަންނަށް އެއްޗެއް ނުބުނެވޭނެ. ޔަގީންވާ ކަމަކީ ޕޯލް ޕޮގްބާ އެއްވެސް އިރެއްގައި އުސޫލާ ހިލާފުވުމުގެ ވިސްނުމެއް ނުގެންގުޅޭނެކަން."

އަނިޔާއިން ރަނގަޅު ވެގެން އައި ނަމަވެސް އޭނާގެ ކުރީގެ ކުޅުން ނުދެއްކޭތީ ޔުވެންޓަސްގެ ޓީމުން އެންމެ އެކަށީގެންވާ ފުރުސަތެއް އޭނާ އަކަށް ނުދެ އެވެ.