Roadha Mihaaru

އިންޓަނެޓް ސްކޭމްތަކުން ރައްކާތެރިވުމަށް ދިރާގު ނެޓް ޕްރޮޓެކްޓް

ޑިޖިޓަލް ދުނިޔެއެއްގައި ގިނަ ހިދުމަތްތައް އޮންލައިންކޮށް ހޯދަމުން ދާއިރު ޒާތީ އެކި މައުލޫމާތުތަކަކީ އެކި ވެބްސައިޓުތައް މެދުވެރިކޮށް ރައްކާކުރެވިފައި ހުންނަ އެއްޗެކެވެ. އިންޓަނެޓު މެދުވެރިކޮށް އެއް ވެބްސައިޓުން އަނެއް ވެބްސައިޓަށް ވަންނަމުން ދާއިރު، ނޭނގި ވިޔަސް ވަދެވޭ ލިންކުތަކުން މިފަދަ އެކި މައުލޫމާތުތައް ލީކުވެ، ސްކޭމަރުންގެ ދަންތުރައިގައި ޖެހެން މެދުވެރިވެ އެވެ.

ސްކޭމްތަކުން ރައްކާތެރިވުމަށް ދިރާގު ނެޓް ޕްރޮޓެކްޓް
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

17 ޑިސެމްބަރ 2025

ޑިޖިޓަލް ދުނިޔެއެއްގައި ގިނަ ހިދުމަތްތައް އޮންލައިންކޮށް ހޯދަމުން ދާއިރު ޒާތީ އެކި މައުލޫމާތުތަކަކީ އެކި ވެބްސައިޓުތައް މެދުވެރިކޮށް ރައްކާކުރެވިފައި ހުންނަ އެއްޗެކެވެ. އިންޓަނެޓު މެދުވެރިކޮށް އެއް ވެބްސައިޓުން އަނެއް ވެބްސައިޓަށް ވަންނަމުން ދާއިރު، ނޭނގި ވިޔަސް ވަދެވޭ ލިންކުތަކުން މިފަދަ އެކި މައުލޫމާތުތައް ލީކުވެ، ސްކޭމަރުންގެ ދަންތުރައިގައި ޖެހެން މެދުވެރިވެ އެވެ.

އިންޓަނެޓް ހިދުމަތް ހޯދަމުން ދާއިރު، މިފަދަ ކަންކަމަށް ހުށިޔާރުވެ، ރައްކާތެރިކަން ހޯދުން މުހިންމު ވަނީ އެހެންވެ އެވެ. "ދިރާގު ނެޓް ޕްރޮޓެކްޓަކީ" މިފަދަ މަޅިއެއްގައި ޖެހުމުގެ ކުރިން އެޅިދާނެ ރައްކާތެރިކަމުގެ ފިޔަވަޅެކެވެ.

ދިރާގު "ނެޓްޕްރޮޓެކްޓް" އަކީ މޮބައިލް ފޯނަށް އެސްއެމްއެސް އާއި ސޯޝަލް އެޕްތަކުން އަންނަ ފިޝިން ލިންކްތަކަށް ފިތާލެވިގެން ލިބިދާނެ ގެއްލުންތަކުން އަދި އިންޓާނެޓް ބޭނުން ކުރާއިރު ރައްކާތެރި ނޫން ވެބްސައިޓުތަކުން ރައްކާތެރިކޮށްދޭ ހިދުމަތެކެވެ. ލިންކަކަށް ފިއްތާލުމުން އެ ވެބްސައިޓަކީ ރައްކާތެރި ވެބްސައިޓެއް ނޫން ކަމުގައިވާނަމަ އެ ހިދުމަތުގެ އެހީގައި އެ ވެބްސައިޓް ލޯޑްވުމުގެ ކުރިން ކަސްޓަމަރަށް އެކަން އަންގައިދޭނެ އެވެ.

އެ ހިދުމަތް މިހާރު ހޯދަމުންދާ ކަސްޓަމަރުންނަށް މިދިޔަ ނޮވެމްބަރު މަހު އެކަނި ވެސް 9 މިލިއަނަށް ވުރެ ގިނަ ސެކިއުރިޓީ ތްރެޓް ދެނެގަނެވި ރައްކާތެރިކަމާ އެކު ބްރައުޒް ކުރެވޭނެ މަގު ވަނީ ތަނަވަސްކޮށްދީފަ އެވެ. އެ ހިދުމަތަކީ އޭއައިގެ އެހީގައި އިންޓަނެޓްގެ ތްރެޓްތައް ނުވަތަ ނުރައްކާތެރި ވެބްސައިޓްތަކުގެ މައުލޫމާތު އަބަދުވެސް އަޕްޑޭޓުކޮށް، އެންމެ ފަހުގެ ނުރައްކާތަކަށް އަހުލުވެރި ސޮފްޓްވެއާއެކެވެ.

އެއީ ބޮޑެތި މީހުންގެ އިތުރުން ކުޑަކުދިން ވެސް އިންޓަނެޓް ބޭނުން ކުރާއިރު ރައްކާތެރިކަން ކަށަވަރު ކުރުމުގައި އެހީތެރިވެދޭ ހިދުމަތެކެވެ. އެ ހިދުމަތުގެ އެހީގައި ކުޑަކުދިންނާ ނުގުޅޭ ކޮންޓެންޓާއި ކުދިންނަށް ރައްކާތެރި ނޫން ވެބްސައިޓުތައް ދެނެގަނެ، އެފަދަ ސައިޓުތަކަށް ނުވަދެވޭނެހެން ބްލޮކް ކުރެވޭނެ އެވެ. އަދި ވަކި ވެބްސައިޓުތަކަށް ވަދެވޭނެ ވަގުތު ކަނޑައަޅައި، ބައެއް ވަގުތުތަކުގައި އެ ވެބްސައިޓް ބްލޮކް ކުރެވޭނެ އެވެ.

NetProtect - Dhiraagu

NetProtect - Dhiraagu

Dhiraagu NetProtect Login Page

ދިރާގު ނެޓް ޕްރޮޓެކްޓް ޕޯޓަލް.

އެ ހިދުމަތް ދިރާގު މޮބައިލް ކަސްޓަމަރުންނަށް މަހަކު 35ރ. އަށް ލިިބޭނެ އެވެ. އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މަހަކު 50ރ. އަށް ހިދުމަތް ލިބޭނެ އެވެ. އެއީ ދިރާގު އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނެ ހިދުމަތެކެވެ. އެއީ އިތުރު ސޮފްޓްވެއާއެއް ނުވަތަ އިތުރު އެޕްލިކޭޝަނެއް އިންސްޓޯލް ކުރަން ނުޖެހި ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ދިރާގު ނެޓް ޕްރޮޓެކްޓް ޕޯޓަލަށް ވަދެ، ފަސޭހަކަމާއެކު ކަސްޓަމައިޒް ކުރެވޭ ހިދުމަތެކެވެ.