ށ. ނަރުދޫ އިންޖީނުގޭގައި އަލިފާން ރޯވެ ރަށުން ކަަރަންޓު ކެނޑިއްޖެ އެވެ.
03 އެޕްރީލް 2017
ށ. ނަރުދޫ އިންޖީނުގޭގައި އަލިފާން ރޯވެ ރަށުން ކަަރަންޓު ކެނޑިއްޖެ އެވެ.
އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ އަޒްމީ ވިދާޅުވީ އެ އިންޖީނުގޭގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށާއި ނަމަވެސް އެ އިމާރާތާ ކައިރި ނުވެވޭތީ ލިބުނު ގެއްލުމެއް އަދި ސާފުނުވާ ކަމަށެވެ.
ނަރުދޫ އިންޖީނުގެ ހިންގަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. އަލިފާން ރޯވުމާއެކު އެ ރަށުން ކަރަންޓު ކަނޑައިގެން ގޮސްފައިވާ ކަމަށް ކައުންސިލުން ބުންޏެވެ. އަދި މީހަކަށް ގެއްލުމެއް ލިބުނު ކަމެއް ވެސް ނުވަތަ ނޫން ކަމެއް އަދި ކަށަވަރު ނުވާ ކަމަށް އަޒްމީ ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިންޖީނުގޭގައި އަލިފާން ރޯވެގެން 12 ޖަހާކަށްހާ އިރު ރިޕޯޓު ކޮށްފައިވާ ކަމަށާއި ފުލުހުންގެ ޓީމެއް އެ ރަށަށް ދިއުމަށް ދަތުުރު ކުރަމުންދާ ކަމަށެވެ.
ނަރުދު އަށް ކަރަންޓު ދޭން ބޭނުންކުރަނީ ދެ ޖަނެރޭޓަރެވެ. އެތަނުން އެއް ޖަނަރޭޓަރަކީ ކުޑަކޮށް ހަލާކުވެފައިވާ އެއްޗެއްކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ.
ޖަނަރޭޓަރެއް ގެންގޮސް ނަރުދޫއަށް ކަރަންޓް ދީފި
އިރުއޮއްސުމުގެ ކުރިން ނަރުދުއަށް ކަރަންޓް ދެވޭތޯ ބަލަނީ
އިރުއޮއްސުމުގެ ކުރިން ބިލެތްފައްސަށް ކަރަންޓު ދެނީ
ހަތަރު ދުވަހަށް ފަހު އަލިފުއްޓަށް ކަރަންޓު ދީފި
ރައްޔިތުންގެ އެންމެފަހު އިންޖީނުގެ ފެނަކައާ ހަވާލުކޮށްފި
ފުނަދޫ ރައްޔިތުންގެ އިންޖީނުގެ ފެނަކައާ ހަވާލުކޮށްފި
26 އަހަރަށް ފަހު އުލިގަމަށް އާ އިންޖީނުގެއެއް
ކުޑަގިރި އަށް ފެނަކައިން ކަރަންޓު ދޭން ފަށައިފި
މާމެންދު އަށް 35 އަހަރު ފަހުން އާ އިންޖީނުގެއެއް
99 ޕަސެންޓް އިންޖީނުގެތައް އާއްމުންނާ ދުރަށް