Roadha Mihaaru
މާމެންދު އަށް 35 އަހަރު ފަހުން އާ އިންޖީނުގެއެއް

މާމެންދު އަށް 35 އަހަރު ފަހުން އާ އިންޖީނުގެއެއް

13 ޖޫން 2022

ލ. މާމެންދޫގައި 35 އަހަރުވަންދެން ހިންގަމުން އައި އިންޖީނުގެ ހުއްޓާލައި، އެ ރަށު އާ އިންޖީނުގެ ރަސްމީކޮށް ހުޅުވައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ލ. މާމެންދޫގައި 35 އަހަރުވަންދެން ހިންގަމުން އައި އިންޖީނުގެ ހުއްޓާލައި، އެ ރަށު އާ އިންޖީނުގެ ރަސްމީކޮށް ހުޅުވައިފި އެވެ.

ފެނަކަ އިން ރޭ ބުނީ ކުރިން ރަށު ތެރޭގައި ހިންގަމުން އައި އެ އިންޖީނުގެ ބަންދުކޮށް، މީހުން ނޫޅޭ ހިސާބަކަށް އިންޖީނުގެ ބަދަލުކޮށް ހިދުމަތް ދޭން ފަށައިފައިވާ ކަމަށެވެ.

ފެނަކައިން މިހާރު އަންނަނީ އެހެން ބައެއް ރަށްރަށުގައި ވެސް، އޮފީސް އިމާރާތަކާ އެކު އިންޖީނުގެތައް އަޅައިފަ އެވެ. މާމެންދޫގައި އިމާރާތް ކުރި އެ އިންޖީނުގެ އަކީ ފެނަކައިން އިމާރާތް ކުރި 56 ވަނަ އިންޖީނުގެ އެވެ.

ފެނަކަ އިން ބުނީ އާ އިންޖީނުގެ އަކީ ޓެކްނޮލޮޖީގެ ފަސޭހަތައް ހިމެނޭ، އަދި އާންމުންނަށް ދުމުގެ އަސަރު ނުކުރާނެހެން އިމާރާތްކޮށްފައިވާ ތަނެއް ކަމަށެވެ.

އާ އިންޖީނުގެއާއެކު ކަރަންޓު ނެޓްވޯކުތައް ވެސް އާކުރެވޭނެ ކަމަށާއި ފެނަކައިގެ އިންޖީނުގެތައް ހުންނާނީ އެނާޖީ އޮތޯރިޓީގެ ގަވައިދާ އެއްގޮތަށް 70 ޑެސިބަލް އަށް ވުރެ އަޑު ގަދަ ނުވާ ގޮތަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.