Roadha Mihaaru
26 އަހަރަށް ފަހު އުލިގަމަށް އާ އިންޖީނުގެއެއް

26 އަހަރަށް ފަހު އުލިގަމަށް އާ އިންޖީނުގެއެއް

20 އޯގަސްޓް 2022

ހއ. އުލިގަމުގައި 26 އަހަރަށް ފަހު އާ އިންޖީނުގެއެއް އަޅައި ފެނަކައިން އެތަނުގައި ހިދުމަތް ދޭން ފަށައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ހއ. އުލިގަމުގައި 26 އަހަރަށް ފަހު އާ އިންޖީނުގެއެއް އަޅައި ފެނަކައިން އެތަނުގައި ހިދުމަތް ދޭން ފަށައިފި އެވެ.

ފެނަކައިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މީގެ ކުރިން އުލިގަމުގައި ހިދުމަތް ދެމުން އައީ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުންނަނީ 70 އަކަ މީޓަރުގެ ކުޑަ އިންޖީނުގެއަކުން ކަމަށެވެ. އެކަމަކު މި ފަހަރު އިންޖީނުގެ އަޅާފައި ވަނީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގަ އެވެ. އެތަން ސައިޒުގެ ގޮތުން ވެސް ބޮޑެވެ.

އުލިގަމު ކުރީ އިންޖީނުގެ އިމާރާތް ---ފޮޓޯ: ފެނަކަ

އުލިގަމު ކުރީ އިންޖީނުގެ އިމާރާތް ---ފޮޓޯ: ފެނަކަ

އާ އިންޖީނުގޭގައި 304.5 އަކަ މީޓަރު ހުންނައިރު، އެތަނުގައި ހަތަރު މުވައްޒަފުން މަސައްކަތް ކުރާނެ އެވެ. އަދި އިންޖީނުގެއާ ވަކިން އަޅާފައިވާ އޮފީހަކީ 158.2 އަކަ މީޓަރުގެ އޮފީހެކެވެ. އެތަނުގައި 25 މުވައްޒަފުންނަށް އެއްފަހަރާ މަސައްކަތް ކުރެވޭނެ އެވެ.

މީގެ ކުރިން އެ ރަށުގައި ކަރަންޓުގެ ހިދުމަތް ދެމުން އައީ 336 ކިލޯ ވޮޓްގެ އިންޖީނަކުންނެވެ. އަލަށް އެޅި އިންޖީނުގެއާ އެކު މިހާރު އެރަށަށް ކަރަންޓު ދެމުން އަންނަނީ 458 ކިލޯ ވޮޓުގެ އިންޖީނަކުންނެވެ. އެއާއެކު އުލިގަމަށް ކަރަންޓު ފޯރުކޮށްދޭން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށް ފެނަކައިން ބުންޏެވެ.

އުލިގަމުގެ އާ އިންޖީނުގެ ފަރުމާކޮށްފައިވަނީ 400 ކިލޯ ވޮޓުގެ ތިން އިންޖީނު ބެހެއްޓޭ ގޮތަށެވެ. އަދި މިއީ ފެނަކައިން ރިލޮކޭޓްކޮށް އަލަށް ހުޅުވި 31 ވަނަ އިންޖީނުގެ އެވެ.