ލަންޑަން (އޭޕްރިލް 5) – ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަކީ އެންމެ މޮޅު ކޯޗަށް ވެދާނެ ކަމަށާއި، އޭނާގެ ފަރާތުން ވަރަށް ގިނަ ކަންތައްތަކެއް ދަސްވި ކަމަށް އެ ޓީމާ ދެކޮޅަށް މިރޭ ނުކުންނަ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
05 އެޕްރީލް 2017
ލަންޑަން (އޭޕްރިލް 5) – ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަކީ އެންމެ މޮޅު ކޯޗަށް ވެދާނެ ކަމަށާއި، އޭނާގެ ފަރާތުން ވަރަށް ގިނަ ކަންތައްތަކެއް ދަސްވި ކަމަށް އެ ޓީމާ ދެކޮޅަށް މިރޭ ނުކުންނަ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ދެ ކޯޗުން ޕްރިމިއާ ލީގުގައި ފުރަތަމަ ސީޒަން ހޭދަކުރަމުން އަންނައިރު ކޮންޓޭގެ ޗެލްސީ އޮތީ ހަތް ޕޮއިންޓުގެ ލީޑަކާ އެކު 69 ޕޮއިންޓާ އެކު އެއް ވަނައިގަ އެވެ. އެކަމަކު އެންމެ ކްރިސްޓަލް ޕެލަސް އަތުން 2-1 އިން ބަލިވެފައިވާތީ މިރޭ މޮޅުވުން ވަރަށް މުހިއްމެވެ. މިރޭ ޗެލްސީ ބަލިވެ އަދި ދެ ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އިން ސްވަންސީ ސިޓީ އަތުން މޮޅުވެއްޖެ ނަމަ ޗެލްސީގެ ލީޑު ހަތަރު ޕޮއިންޓަށް ކުޑަވާނެ އެވެ. ޓޮޓެންހަމް ދެ ވަނައިގައި އޮތީ 62 ޕޮއިންޓާ އެކު އެވެ.
"ކޮންޓޭއާ މެދު އަހަރެން ބުނަން އޮތް ވާހަކައަކީ އޭނާ އަކީ މޮޅު ކޯޗެކޭ. ވަރަށް ޑިފެންސިވް ފުޓްބޯޅައެއް ކުޅެމުން އައި އިޓަލީ އަދި ޔުވެންޓަސްގެ ކުޅުން ރީތިކޮށްލި އޭނާ. އޭނާ ކޯޗުކޮށްދިން ޔުވެންޓަސް އާއި އިޓަލީ އަދި މިހާރު ޗެލްސީ ކުޅޭތަން ފެނި އަހަންނަށް ވަރަށް ގިނަ ކަންކަން ދަސްވޭ. އޭނާ އަކީ އެންމެ މޮޅު ކޯޗަށް ވެސް ވެދާނެ،" ގާޑިއޯލާ ބުންޏެވެ.
އެންމެ ރަނގަޅު ނަތީޖާތަކެއް މި ސީޒަނުގައި ނުނެރެވުނަސް ގާޑިއޯލާ ދެކޭ ގޮތުގައި ބޮޑެތި ޓީމުތަކާ ދެކޮޅަށް ސިޓީން ކުޅުނު ކުޅުމުން ދައްކައިދެނީ އެ ޓީމުގެ މިސްރާބު ރަނގަޅުކަން ކަމަށެވެ.
"އަމިއްލަ ދަނޑުގައި ބޮޑެތި ޓީމުތަކާ ދެކޮޅަށް އަހަރެމެން ކުޅުނުއިރު އެ ހުރިހާ ޓީމުތަކަށް ވުރެ އަހަރެމެންގެ ކުޅުން ރަނގަޅު. އެކަމާ ފަހުރުވެރިވޭ. އެކަމަކު މޮޅެއް ނުވޭ އޭގެ ސަބަބުން އަހަރެމެން ދާން ޖެހޭ ހިސާބަށް ނުގޮސް އޮތީ،" ގާޑިއޯލާ ބުންޏެވެ.
ޗެލްސީގެ ކޯޗު ކޮންޓޭ ބުނީ ޕްރިމިއާ ލީގު ހޯދުމުގެ ރޭހުގައި ސިޓީ ވެސް އަދި އެބައޮތް ކަމަށާއި މިރޭގެ ނަތީޖާ އެ ޓީމަށް މުހިއްމުވާނެ ކަމަށެވެ. ވާދަވެރި ޓޮޓެންހަމްއާ ބެހޭގޮތުން ކޮންޓޭ ބުނީ އެ ޓީމަށް ވުރެ ޗެލްސީއަށް އޮތް ޕްރެޝަރު ބޮޑުކަމަށެވެ.
"ޗެލްސީގައި މޮޅުވުމަކީ އާއްމު ކަމެއް. ޓޮޓެންހަމްގައި މޮޅުވުމަކީ ވަރަށް ބޮޑުކަމެއް. އަދި ބަލިވެއްޖެއްޔާ އެއީ އެހާ ބޮޑު ކަމަކަށް ނުވާނެ ސަބަބަކީ، (ލީގު ނުލިބުނަސް) މިއީ ކާމިޔާބު ސީޒަނެއް ކަމަށް ޓޮޓެންހަމަށް ނިންމޭނެ ބައިވަރު ސަބަބުތައް ހުރުމުން. އެހެންކަމުން ޕްރެޝަރު އޮތީ އަހަންނަށް،" ކޮންޓޭ ބުންޏެވެ.
ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި އެ ޓީމާއި މެންޗެސްޓާ ސިޓީ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ގަ އެވެ.
ތައުރީފްތަކަށް ފަހު ގާޑިއޯލާ އާއި ކޮންޓޭ ބޮޑު މެޗަކަށް
ސިޓީން ކުޅުނީ އެންމެ ހާފެއްގައި، ގާޑިއޯލާ ނުރުހިއްޖެ
ފަހަތުން އަރައި ހޯދި ލީގު ތަށި ސިޓީ އިން އުފުލާލައިފި
ސިޓީ އަކީ ދުނިޔޭގެ އެންމެ މޮޅު ޓީމެއް ނޫން: ގާޑިއޯލާ
ލީގުގައި ގާޑިއޯލާގެ 200 ވަނަ މެޗުން ބަލިވެއްޖެ
ޗެލްސީން ސާރީ އަށް އިތުބާރުކުރަން ޖެހޭ: ގާޑިއޯލާ
ޗެލްސީ އަތުން ޕޮއިންޓް އުނިނުކުރަން ނިންމައިފި
މެޗުގެ ފަހު 25 މިނެޓު ގާޑިއޯލާއަށް ވަރަށް ހިތާމަވެރި
އަޑިގަނޑުން އަރައިގަންނަން ސިޓީ ހިންދެމިލައިފި
"ސިޓީއާ ކުޅެން ޓީމުތަކުން މިހާރު ޖެހިލުމެއް ނުވޭ"