ލަންޑަން (ޑިސެމްބަރު 14) - އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗުގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން އިނގިރޭސި އެފްއޭއިން ދެ ޓީމު ޖޫރިމަނާކުރިއިރު، ޗެލްސީ އަތުން ޕޮއިންޓް އުނިނުކުރަން ނިންމައިފި އެވެ.
14 ޑިސެމްބަރ 2016
ލަންޑަން (ޑިސެމްބަރު 14) - އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗުގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން އިނގިރޭސި އެފްއޭއިން ދެ ޓީމު ޖޫރިމަނާކުރިއިރު، ޗެލްސީ އަތުން ޕޮއިންޓް އުނިނުކުރަން ނިންމައިފި އެވެ.
ޗެލްސީ މޮޅުވި މެޗުގެ ފަހު ވަގުތު ސިޓީގެ ސާޖިއޯ އަގުއޭރޯ ޗެލްސީގެ ޑޭވިޑް ލުއިޒަށް ހަމަލާ ދިނުމުން ދެ ޓީމުގެ މެދުގައި ހަމަނުޖެހުން ވަނީ ހިނގައިފަ އެވެ. އެ މެޗުގެ ރެފްރީ ވަނީ އެ ވަގުތު އަގުއޭރޯ އާއި ފެނާންޑީނިއޯ އަށް ރަތް ކާޑު ދައްކައިފަ އެވެ. އަދި ޗެލްސީގެ ނެތަނިއަލް ޗަލޮބާ އާއި ފަބްރެގަސް އަށް ރީނދޫ ކާޑު ދެއްކި އެވެ. މި މައްސަލައިގައި އަގުއޭރޯ އަށް ހަތަރު މެޗުގެ ސަސްޕެންޝަނެއް އަދި ފެނާންޑީނިއޯ އަށް ތިން މެޗުގެ ސަސްޕެންޝަނެއް އެފްއޭ އިން ވަނީ ދީފަ އެވެ.
މީގެ އިތުރުން މި މައްސަލަ ބެލުމަށް ފަހު އިނގިރޭސި އެފްއޭ އިން ނިންމީ ސިޓީ 35،000 ޕައުންޑުން އަދި ޗެލްސީ 100،000 ޕައުންޑުން ޖޫރިމަނާ ކުރުމަށެވެ. ޗެލްސީގެ ޖޫރިމަނާ ބޮޑުވީ މިއީ ފާއިތުވި 19 މަސް ދުވަހުގެ ތެރޭގައި އެފްއޭ އިން ބެލި އެ ޓީމުގެ ޑިސިޕްލިނަރީ ފަސް ވަނަ މައްސަލަ ކަމަށް ވުމުންނެވެ.
ޗެލްސީ އަތުން މި މައްސަލައިގައި ޕޮއިންޓް އުނިކުރާނެ ކަމަށް ބެލެވުނު ނަމަވެސް އިނގިރޭސި އެފްއޭ އިން އެގޮތަށް ނުނިންމީ މި ސީޒަނުގައި ޗެލްސީގެ ކޯޗުކަމާ އެންޓޯނިއޯ ކޮންޓޭ ހަވާލުވުމުން އެ ޓީމުގެ ޑިސިޕްލިނަރީ ރެކޯޑް ރަނގަޅުވެފައި ވުމުންނެވެ.
ލީގުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާ އެކު މި ވަގުތު އޮތް ޗެލްސީ މިރޭ ރަށުން ބޭރުގައި ސަންޑަލެންޑް އަތުން މޮޅުވެއްޖެނަމަ އެ ޓީމުގެ ލީޑު ހަ ޕޮއިންޓަށް ފުޅާވާނެ އެވެ. އެއީ ދެ ވަަނައިގައި އޮތް އާސެނަލް ރޭ އެވަޓަން އަތުން ބަލިވުމުންނެވެ.
ޗެލްސީ މި ވަގުތު އެއް ވަނައިގައި އޮތީ 15 މެޗުން 37 ޕޮއިންޓާ އެކު އެވެ. ކޮންޓޭ ބުނީ ސަންޑަލެންޑް ލީގުގައި އޮތް މަގާމާ މެދު މިރޭގެ މެޗަށް ނުކުންނައިރު ނުވިސްނާ ކަމަށެވެ.
"އަހަރެމެން އެންމެނަށް ފެންނަން އޮތީ ލީގުގައި މި ވަގުތު ސަންޑަލެންޑް އޮތް މަގާމު. އެ ޓީމު އެންމެ ފުލުގައި އޮތަސް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ނަތީޖާ އަށް ބަލާނަމަ ސަންޑަލެންޑަކީ ލީގުގެ ފަސް ވަނަ. މީގެއިން އެބަ އެނގޭ އެ ޓީމުން ބޮޑު ކުރިއެރުމެއް ހޯދާފައިވާކަން،" ކޮންޓޭ ބުންޏެވެ.
ޗެލްސީ އާއި ސަންޑަލެންޑް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:45 ގަ އެވެ.
ބޮޑު މެޗުގެ ކުރިން ގާޑިއޯލާގެ ތައުރީފް ކޮންޓޭއަށް
ތައުރީފްތަކަށް ފަހު ގާޑިއޯލާ އާއި ކޮންޓޭ ބޮޑު މެޗަކަށް
އަޑިގަނޑުން އަރައިގަންނަން ސިޓީ ހިންދެމިލައިފި
ސިޓީއަށް މޮޅުނުވެވުމުން ލިވަޕޫލް އެއް ވަނައަށް
ސިޓީން ކުޅުނީ އެންމެ ހާފެއްގައި، ގާޑިއޯލާ ނުރުހިއްޖެ
ސިޓީން ދައްކާލީ ޑިބްރޭނާ އެނބުރި އަތުވެއްޖެކަން
އެވަޓަން އަތުން 10 ޕޮއިންޓް އުނިކޮށްފި
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ފަހަތުން އަރައި ހޯދި ލީގު ތަށި ސިޓީ އިން އުފުލާލައިފި
އާޓެޓާ ބުނީ އަދިވެސް ލީގު ތައްޓަށް ވާދަކުރާ ކަމަށް