Roadha Mihaaru
ގާސިމް ހައްޔަރުކުރުމުން މާމިގިލީގައި މުޒާހަރާ ކުރަނީ

ގާސިމް ހައްޔަރުކުރުމުން މާމިގިލީގައި މުޒާހަރާ ކުރަނީ

06 އެޕްރީލް 2017

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ގާސިމް އިބްރާހިމް މިރޭ ހައްޔަރުކުރުމާ ގުޅިގެން، ގާސިމް ނިސްބަތްވާ މާމިގިލީގައި އެކަމާ ދެކޮޅަށް ގިނަ އަދަދެއްގެ ބަަޔަކު މުޒާހަރާ ކުރަމުން އެބަ ދެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ގާސިމް އިބްރާހިމް މިރޭ ހައްޔަރުކުރުމާ ގުޅިގެން، ގާސިމް ނިސްބަތްވާ މާމިގިލީގައި އެކަމާ ދެކޮޅަށް ގިނަ އަދަދެއްގެ ބަަޔަކު މުޒާހަރާ ކުރަމުން އެބަ ދެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅުވައިގެން މެމްބަރުންނަށް ރިޝްވަތު ދޭން މަސައްކަތް ކުރި ކަމަށް ބުނެ ކުރާ ތުހުމަތުގެ ތަހުގީގަށް ގާސިމް ހައްޔަރުކުރީ މިރޭ 7:45 ހާއިރެވެ.

މާމިގިލީ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ ރަށު ކައުންސިލް އިދާރާ އާއި ޕޮލިސް ސްޓޭޝަން ހުންނަ ސަރަހައްދަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެފައިވާ ކަމަށާއި ގާސިމް ހައްޔަރުކުރުމާ ގުޅިގެން އެ މީހުން ކަންބޮޑުވުން ފާޅު ކުރަމުންދާ ކަމަށެވެ.

މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ހައްޔަރުކުރެއްވުމުން، މާމިގިލީގެ ގިނަ އަދަދެއްގެ ބަޔަކު މަގުމައްޗަށް ނިކުމެ އެކަމާ ދެކޮޅަށް މުޒާހަރާ ކުރަނީ.-- ފޮޓޯ: ސޯޝަލް މީޑިއާ

މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ހައްޔަރުކުރެއްވުމުން، މާމިގިލީގެ ގިނަ އަދަދެއްގެ ބަޔަކު މަގުމައްޗަށް ނިކުމެ އެކަމާ ދެކޮޅަށް މުޒާހަރާ ކުރަނީ.-- ފޮޓޯ: ސޯޝަލް މީޑިއާ

މާމިގިގިލީގައި މުޒާހަރާ ކުރަމުން އަންނަ މީހުން ދަނީ ގާސިމް މިނިވަން ކުރުމަށް ގޮވާލަމުންނެވެ.

މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގައި ދެ ފަހަރެއްގެ މަތިން ގާސިމް ފުލުސް އޮފީހަށް ހާޒިރުކޮށް އަދި އެ މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވި އެވެ. އެކަމަކު ފުލުހުންގެ އެދުމަކަށް އެ މައްސަލަ އަނބުރާ މިއަދު ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް ވަނީ ފޮނުވައިފަ އެވެ. އޭގެ ސަބަބެއް ކަމަށް ފުލުހުން ޕީޖީ އޮފީހުގައި ބުނެފައި ވަނީ އެ ތަހުގީގަށް އަދި އިތުރަށް ބައެއް ކަންކަން ފުރިހަމަވެފައި ނެތުމެވެ.

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް ހައްޔަރުކުރުމާ ގުޅިގެން ސީދާ ހަރަކާތަށް ނުކުންނަށް ޖޭޕީ އާއި އެމްޑީޕީން ވެސް ވަނީ މިރޭ ނިންމައިފަ އެވެ.