Roadha Mihaaru
ޗައިނާއަށް ވަޑައިގަތުމުގެ ދައުވަތު ޓްރަމްޕް ގަބޫލްކޮށްފި

ޗައިނާ އަށް ވަޑައިގަތުމުގެ ދައުވަތު ޓްރަމްޕް ގަބޫލްކުރައްވައިފި

08 އެޕްރީލް 2017

ވޮޝިންޓަން (އެޕްރީލް 8) - ޗައިނާ އަށް ވަޑައިގަތުމަށް ރައީސް ޝީ ޖިންޕިން ދެއްވި ދައުވަތު ރައީސް ޑޮނަލްޑް ޓްރަމްޕް ގަބޫލް ކުރައްވާފައިވާ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (އެޕްރީލް 8) - ޗައިނާ އަށް ވަޑައިގަތުމަށް ރައީސް ޝީ ޖިންޕިން ދެއްވި ދައުވަތު ރައީސް ޑޮނަލްޑް ޓްރަމްޕް ގަބޫލް ކުރައްވާފައިވާ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން ވިދާޅުވެއްޖެ އެވެ.

އެމެރިކާ އަށް މިހާރު ވަޑައިގެން އުޅުއްވާ ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ ފްލޮރިޑާގައި ޓްރަމްޕާ ބައްދަލު ކުރައްވައިފަ އެވެ. ޗައިނާ އަށް ވަރަށް ހަރުކަށިކޮށް ޓްރަމްޕް މިދިޔަ އަހަރު ފާޑު ވިދާޅުވި ނަމަވެސް ޝީ ޖިންޕިންއާ އެކު ބޭއްވެވި ބައްދަލުވުން ދިޔައީ ވަރަށް ޑިޕްލޮމެޓިކްކޮށް ކަމަށް އޮފިޝަލުން ބުންޏެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ރައީސް ޑޮނަލްޑް ޓްރަމްޕް ބައްދަލު ކުރައްވަނީ. --ފޮޓޯ:ރޮއިޓާސް

ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ރައީސް ޑޮނަލްޑް ޓްރަމްޕް ބައްދަލު ކުރައްވަނީ. --ފޮޓޯ:ރޮއިޓާސް

ޓިލަސަން ވިދާޅުވީ ރައީސް ޓްރަމްޕުގެ ދަތުރުފުޅު މި އަހަރު ތެރޭ ކުރައްވާނެ ކަމަށެވެ. ނަމަވެސް ތަފްސީލެއް ނުދެއްވަ އެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ އިގްތިސާދު އޮތް ދެ ގައުމުގެ ވެރިން ވަނީ ވިޔަފާރިއާ ގުޅޭ ގޮތުން މަޝްވަރާތައް ކުރައްވައިފަ އެވެ. އަދި ނޯތު ކޮރެއާއާ ގުޅޭ ގޮތުން ވެސް ދެ ލީޑަރުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ. ޓްރަމްޕް ވިދާޅުވީ ޝީއާ އެކު ބޭއްވެވި ބައްދަލުވުމުން އެމެރިކާ-ޗައިނާ ގުޅުމުގައި ވަރަށް ބޮޑު ކުރިއެރުމެއް ހޯދިއްޖެ ކަމަށެވެ.