މާސޭ (ޖޫން 15) - ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި މެޗުގެ އިތުރު ވަގުތުގައި އެންޓޮއިން ގްރީޒްމަން ޖެހި ލަނޑާ އެކު 2-0 އިން އަލްބޭނިއާ ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުން މުބާރާތް ބާއްވާ ގައުމު ފްރާންސް މިރޭ ޖާގަ ހޯދައިފި އެވެ.
16 ޖޫން 2016
މާސޭ (ޖޫން 15) - ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި މެޗުގެ އިތުރު ވަގުތުގައި އެންޓޮއިން ގްރީޒްމަން ޖެހި ލަނޑާ އެކު 2-0 އިން އަލްބޭނިއާ ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުން މުބާރާތް ބާއްވާ ގައުމު ފްރާންސް މިރޭ ޖާގަ ހޯދައިފި އެވެ.
ފްރާންސަކީ މި ފަހަރުގެ މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދި ފުރަތަމަ ޓީމެވެ.
ފްރާންސް ދެ ވަނަ ބުރުން ޖާގަހޯދީ ކުޅުނު ދެ މެޗުން މޮޅުވެ ބާކީ އެއް މެޗު އޮއްވައި ހަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ ހަތަރު ޕޮއިންޓާ އެކު ސްވިޒަލެންޑެވެ. ތިން ވަނައިގައި އެއް ޕޮއިންޓާ އެކު ރޫމޭނިއާ އޮތް އިރު އެންމެ ފުލުގައި އޮތް އަލްބޭނިއާ އަށް ޕޮއިންޓެއް ނުލިބެ އެވެ.
މިރޭގެ މެޗު ފްރާންސް އިން ފެށީ ޕޯލް ޕޮގްބާ އާއި ގްރީޒްމަންގެ ބަދަލުގައި ކިންގްސްލީ ކޯމަން އާއި އެންތަނީ މާޝިއަލް ޓީމުގެ ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. މި ދެ ކުޅުންތެރިންނާ އެކު ފުރަތަމަ ހާފްގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ. އެހެން ނަމަވެސް އެ ކުޅުންތެރިން ހުއްޓުވުމަށް އަލްބޭނިއާ އިން މޮޅަށް ކުޅުނެވެ.
ފުރަތަމަ ހާފްގައި ލަނޑު ޖަހަން ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޯ އަށް ގިނަ ފުރުސަތުތަކެއް ލިބުނުއިރު އޭނާ އަށް ބޭނުމެއް ނުކުރެވުނެވެ. އަދި ދެ ވަނަ ހާފްގައި ވެސް އޭނާ އަށް ގިނަ ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވި އެވެ. އޭގެ ތެރެއިން އޭނާ ބޮލުން ފޮނުވާލި އެއް ބޯޅަ ގޯލުގެ ދަނޑިއަށް އަމާޒުވި އެވެ.
މި ހާފްގައި އަލްބޭނިއާގެ އެމިރް ލެންޖާނީ ވަނީ ފްރާންސް އޭރިއާ ތެރެއިން ރަނގަޅު ހަމަލާއެއް ފޮނުވާލައިފަ އެވެ. ނަމަވެސް އެ ބޯޅަ ގޯލާ ހަމައަށް ދިއުމުގެ ކުރިން ފްރާންސްގެ ޑިފެންޑަރުން ބްލޮކް ކުރި އެވެ.
އަލްބޭނިއާގެ ކުކެލީ (ކ) ކައިރިން ފްރާންސްގެ ޕަޔެޓް ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ:އޭއެފްޕީ
ދެ ވަނަ ހާފް ފްރާންސުން ފެށީ މާޝިއަލްގެ ބަދަލުގައި ޕޮގްބާ އަރުވައިގެންނެވެ. ޕޮގްބާ އެރުމާ އެކު ފްރާންސް މެދުތެރެއިން ގިނަ ބޯޅަތަކެއް ކުރިއަށް ކުޅެން ފެށި އެވެ. ނަތީޖާއެއްގެ ގޮތުން އިތުރު ބަދަލުތަކާ އެކު އަލްބޭނިއާ އަށް ޕްރެޝަރު ބޮޑުވި އެވެ.
މުޅި މެޗުގައި އަލްބޭނިއާ އިން ލަނޑު ޖެހުމާ އެންމެ ގާތަށް ޖެހިލީ މެޗުގެ 52 ވަނަ މިނިޓްގަ އެވެ. ފްރާންސް އޭރިއާ ތެރެއިން އަލްބޭނިއާގެ ލެޑިއަން މެމުޝަޖް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
މެޗު އެއްވާރުވާން ދިއުމުން ފްރާންސަށް ޕްރެޝަރު ބޮޑުވި އިރު އެ ޓީމަށް ހަމަނޭވާއެއް ލެވުނީ ފުލުފުލުގައި ފޮނުވަމުން ދިޔަ ހަމަލާތަކުގެ ތެރެއިން ހަމަލާއެއްގައި ގްރީޒްމަން ލަނޑު ޖެހުމުންނެވެ. މެޗުގެ ފަހު މިނިޓްގައި އާދިލް ރަމީ ނަގައިދިން ހުރަހަކުން ގްރީޒްމަން ގޯލް ޖެހީ ބޮލުންނެވެ.
އިތުރު ވަގުތުގައި ފްރާންސްގެ ދެ ވަނަ ލަނޑު ކާމިޔާބުުކުރީ ފުރަތަމަ މެޗުގައި ރުމޭނިއާ ކޮޅަށް ފްރާންސް މޮޅު ކޮށްދިން ލަނޑު ޖެހީ ޑިމިޓްރީ ޕަޔެޓެވެ. އަލްބޭނިއާ އޭރިއާ ތެރެއިން ދެ ޑިފެންޑަރުން ކައިރިން ދެ މިގަތުމަށް ފަހު ޕަޔެޓް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.
މިއީ ފާއިތުވި ތިން މެޗުގެ ތެރެއިން އަލްބޭނިއާ އަތުން ފްރާންސް މޮޅުވި ފުރަތަމަ ފަހަރެވެ. އަދި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފްރާންސް އެންމެ ފަހުން ކުޅުނު 18 މެޗުގެ ތެރެއިން ބައިކޮޅަށް ލަނޑެއް ނުވަދެ ނިމުނު ތިން ވަނަ މެޗެވެ.
ފްރާންސްގެ ވޯލްޑް ކަޕް ތަރި ވަރާން ރިޓަޔާކޮށްފި
އަލްބޭނިއާގައި ދީނީ ފިރުގާއަކަށް ދައުލަތެއް ހަދަނީ
އިޓަލީން ފްރާންސް ބަލިކުރީ ނަފްސާނީގޮތުން ވަރުގަދަވެގެން
ފްރާންސްގެ ހާ ކަތިލުމަށް ފަހު ސްޕެއިން ފައިނަލަށް
ގިނަ މީހުން ބުނަނީ މިރޭ ސްޕެއިން މޮޅުވާނެ ކަމަށް
ފްރާންސް ސެމީއަށް، ރޮނާލްޑޯ ހުސްއަތާ ނިންމާލައިފި
ބެލްޖިއަމްގެ ބައި ގޯލަކުން ފްރާންސް ގަދަ އަށަކަށް
އޮސްޓްރިއާ އަށް އެއްވަނަ، ފްރާންސަށް މޮޅެއް ނުވެވުނު
ޗެމްޕިއަނުން ދެމިގަތީ ފަހު ވަގުތު
ކްރޮއޭޝިއާ މޮޅުވާން އަލްބޭނިއާ ފުރުސަތެއް ނުދިން