Roadha Mihaaru
ގެލަކްސީ ނޯޓް 8: އޮންނާނެ ކަމަށް ބެލެވޭ ސިފަ

ގެލަކްސީ ނޯޓް 8: އޮންނާނެ ކަމަށް ބެލެވޭ ސިފަ

13 އެޕްރީލް 2017

ގެލަކްސީ ނޯޓް 8 ސިފަކުރެވޭ ގޮތް ބަހުސަކަށް ވަނީ އެވެ. ސެމްސަންގުން ދެން ނެރޭނެ ކަމަށް ބެލެވޭ "ބޮޑު" ފޯނަކީ އެއީ އެވެ. އިވޭ އަޑުތަކުގައި ކަމެއް ހުރި ނަމަ، ގެލަކްސީ ނޯޓް 8 އެންމެ ބޮޑަށް ވައްތަރުވާނީ ގެލަކްސީ އެސް8އާ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ގެލަކްސީ ނޯޓް 8 ސިފަކުރެވޭ ގޮތް ބަހުސަކަށް ވަނީ އެވެ. ސެމްސަންގުން ދެން ނެރޭނެ ކަމަށް ބެލެވޭ "ބޮޑު" ފޯނަކީ އެއީ އެވެ. އިވޭ އަޑުތަކުގައި ކަމެއް ހުރި ނަމަ، ގެލަކްސީ ނޯޓް 8 އެންމެ ބޮޑަށް ވައްތަރުވާނީ ގެލަކްސީ އެސް8އާ އެވެ.

ގެލަކްސީ އެސް8 އަށް "އެސް ޕެން ސްޓައިލަސް"އެއް ދިނުމުން، ނޯޓް 8 އަށް ވީ އެވެ. އެކަމަކު ސްކްރީން ތަންކޮޅެއް ބޮޑުކޮށްލަން ޖެހެ އެވެ.

ސްމާޓްފޯން މާކެޓަށް ބޮޑު ސްކްރީންތައް ތައާފުރުކުރުމުގައި ސެމްސަންގް މުހިންމު ރޯލެއް ކުޅުނެވެ. އެކަން ފެށުނީ ނޯޓް އާއިލާއިންނެވެ. ގެލަކްސީ ނޯޓް 1 މާކެޓަށް ނެރުމުން އެ އަށް މަލާމާތްކޮށް، ފުރައްސަރަކޮށް ވެސް ހެދި އެވެ. އެއީ ސޯލާ ޕެނަލެއް ކަމަށް ވެސް ބުނެވުނެވެ. ބިސްގަޑު އަޅާ ތަވަޔަކަށް ރަނގަޅުވާނެ ކަމަށް ވެސް ބުނެވުނެވެ.

ގެލަކްސީ އެސް8، ނޯޓް 8 އަށް ބަދަލުކޮށްލުމަށްޓައި، 6.4 އިންޗި އަށް ޑިސްޕްލޭ ބޮޑުކޮށްލާނީ އެވެ. ބައްޓަންތައް އަދި ދާރަތައް ވެސް އެސް8ގައި ހުރި ގޮތަށް ބަހައްޓާފަ އެވެ. ސްކްރީން ރިޒޮލޫޝަން ވެސް މަތިކުރަން ޖެހެ އެެވެ. އެންމެ ރަނގަޅު ވާނީ 2160 ގުނަ 4428 ޕިކްސެލް އަށް ޖައްސާލުމެވެ. އިންޓާނަލް ސްޓޯރޭޖް 256ޖީބީ އަދި 6ޖީބީ ރޭމް އެވެ. ކަނޑިއެއް ފަދަ ތޫނު "އެސް ޕެން ސްޓައިލަސް"އެއް ކޮންމެހެން ވެސް މަޖުބޫރެވެ. އެހެން ނޫނީ ނޯޓަކަށް ނުވާނެ އެވެ. ގެލަކްސީ ނޯޓްގެ އެންމެ ޚާސަ ގުނަވަނީ އެއީ އެވެ.

ގެލަކްސީ އެސް މަރުކާގެ ފޯނުތަކަށް ލޯބިޖެހިފައި ތިބި މީހުން މީގެ ދުވަސްކޮޅެއް ކުރިން އުޅުނީ އެސް8 އޮންނާނެ ގޮތެއް ނޭނގިގެންނެވެ. ސެމްސަންގުން އެސް8 މިހާރު ވަނީ ދައްކާލާފަ އެވެ. އެއާ އެކު ދެން އޮތް ބާބު މި އޮތީ ހުޅުވިފަ އެވެ؛ ގެލަކްސީ ނޯޓް 8 ގައި ޖަހާނީ ކޮން ސިފައެއް ހެއްޔެވެ؟