24 އޯގަސްޓް 2017
މިދިޔަ އަހަރު ސެމްސަންގުން ބާޒާރަށް ނެރުނު ނޯޓް 7 ސީރީޒްގެ ފޯނުތަކުގެ ބެޓެރީ ގޮވުމުގެ މައްސަލަޔާ އެކު އެ އުފެއްދުން ހުއްޓާލަން ޖެހި، ކުރިމަތިވި ލަދަށް ފަހު ފެންވަރު ރަނގަޅުކޮށް އުފެއްދި ނޯޓް 8 އާންމުކޮށް ދައްކާލައިފި އެވެ.
މިދިޔަ އަހަރު ސެމްސަންގުން ބާޒާރަށް ނެރުނު ނޯޓް 7 ސީރީޒްގެ ފޯނުތަކުގެ ބެޓެރީ ގޮވުމުގެ މައްސަލަޔާ އެކު އެ އުފެއްދުން ހުއްޓާލަން ޖެހި، ކުރިމަތިވި ލަދަށް ފަހު ފެންވަރު ރަނގަޅުކޮށް އުފެއްދި ނޯޓް 8 އާންމުކޮށް ދައްކާލައިފި އެވެ.
ނޯޓް 7 އަށް ދިމާވި ދެރަ ގޮތަށް ފަހު ވެސް ސެމްސަންގާ އެކު ތިބީތީ ޝުކުރު އަދާކުރަމުން ނިއު ޔޯކްގައި ފެށި ހަފުލާފައި ދައްކާލި ނޯޓް 8 ވެގެން ދާނީ އެ ކުންފުނިން މިހާތަނަށް އުފެއްދި އެންމެ އަގުބޮޑު ފޯނަށެވެ. އެކަމަކު އެ އަގާ އެކު މިއީ ސެމްސަންގުގެ އެންމެ މޮޅު ފޯނަށް ވާނެ ކަމަށާއި އެހެން ސްމާޓްފޯނުތަކަށް ގޮންޖަހާލާނެ އެއްޗަކަށް ވާނެކަމުގެ ޔަގީންކަން ސެމްސަންގުން ވަނީ ދީފަ އެވެ.
ނޯޓް 8 ގައި ސްކްރީން ވަނީ ބޮޑުކޮށްފަ އެވެ. މީގައި 6.3 އިންޗީގެ، 2,960x1,440 ރިޒޮލިއުޝަންގެ ސްކްރީނެއް އިންނާނެ އެވެ. އެހެންވެ މިއީ މިހާތަނަށް ސެމްސަންގުން އުފެއްދި ސައިޒުގެ ގޮތުން އެންމެ ބޮޑު ފޯނެވެ.
ސެމްސަންގް ނޯޓް 8 ތައާރަފްކުރުމުގެ ހަފުލާ
މިފަހަރު ވަނީ ކެމެރާގެ ފުރަގަހުގައި ދެ ކެމެރާ ހަރުކޮށްފަ އެވެ. މިއީ ވެސް ސެމްސަންގް ފޯނެއްގައި އަލަށް ކުރި ކަމެކެވެ. މި ދެ ކެމެރާގެ ތެރެއިން އެއް ކެމެރާ އަކީ 12 މެގަޕިކްސެލްގެ ވައިޑް އޭންގަލް ކެމެރާއެކެވެ. އަނެއް ކެމެރާ އަކީ ދުރު ފޮޓޯ ނެގުމަށް ހާއްސަ ޓެލެފޮޓޯ ލެންސް ކެމެރާއެކެވެ. މި ދެ ކެމެރާގެ އިތުރުން ކުރިމަތީގައި 8 މެގަޕިކްސެލްގެ ކެމެރާއެއް ވެސް އިންނާނެ އެވެ.
ސެމްސަންގަށް ހާއްސަވެފައިވާ ސްޓައިލަސް ނުވަތަ އެސް ޕެން މި ނޯޓްގައި ވެސް ހިމެނެ އެވެ. އެކަމަކު މިފަހަރު ތަފާތު ފީޗާއެއް ހިމަނާފައިވެ އެވެ. އެއީ ފޯނު އަންލޮކް ނުކޮށް ވެސް ކެމެރާގައި މި ސްޓައިލަސް އިން ލިޔެވޭ ގޮތެވެ.
ސެމްސަންގް ނޯޓް 8 ގައި ހެޑްފޯން ޖެކް އިންނާނެ
ބެޓެރީ ހޫނުވެ އަލިފާން ރޯވި ނޯޓް 7 ގައި 3500 މިލިއެމްޕިއަރުގެ ބެޓެރީއެއް ހިމެނިޔަސް މިފަހަރު ވަނީ 3300 އަށް ކުޑަކޮށްފަ އެވެ. އެހެންވެ ބެޓެރީގެ ސައިޒު ވެސް ކުޑަ އެވެ. މިއީ ނޯޓް 7 ގައި، ބެޓެރީއަށް ޖާގަ ކުޑަވުމެ ބެޓެރީ ފިތިގެން އަލިފާން ރޯވާން މެދުވެރިވެފައި ވާތީ އެކަން ތަކުރާރު ވިޔަ ނުދޭން ކުރި ކަމެކެވެ.
ނޯޓް 8 ގައި އައިފޯން 7 އެކޭ އެއްގޮތަށް ހެޑްފޯން ޖެކް ނީންނާނެ ކަމަށް އަޑު ފެތުރުނު ކަމުގައި ވިޔަސް އެކަން އެގޮތަށް ކޮށްފައެއް ނުވެ އެވެ.
ސެމްސަންގް ނޯޓް 8 ގައި ފޯން އަންލޮކް ނުކޮށް ސްޓައިލަސް އިން ލިޔަނީ
ސެމްސަންގުން މިފަހަރު ދޭ ކުލަތަކަކީ މިޑްނައިޓް ބްލެކް، އޯކިޑް ގްރޭ، ޑީޕްސީ ބްލޫ އަދި މެޕްލް ގޯލްޑެވެ.
ފޯނަށް ޕްރީއޯޑާކުރުން ބުރާސްފަތި ދުވަހު ފަށާނެ އެވެ. ބާޒާރަށް އާންމުކޮށް ނެރޭނީ އަންނަ މަހުގެ 15 ގަ އެވެ.
ސެމްސަންގުން އަދި މީގެ އަގު ހާމައެއް ނުކުރެ އެވެ. އެކަމަކު ކުރިން ނޯޓް 7 ގަތް މީހުންނަށް ހާއްސަ ޑިސްކައުންޓެއް ދޭން ވަނީ ނިންމައިފަ އެވެ. އެސޯސިއޭޓެޑް ޕްރެސް އިން ބުނާ ގޮތުގައި އަގު އުޅޭނީ 850 ޑޮލަރާ ހިސާބުގަ އެވެ. އެހެން ކަމަށްވާ ނަމަ މިއީ މިހާރު ބާޒާރުގައި ހުރި އެންމެ އަގުބޮޑު ފޯނުތަކާ އެއް ހަމައެއްގަ އަގަކަށް ވާނެ އެވެ. އެޕަލްގެ އައިފޯން 7 ގެ އަގު ފެށެނީ 650 ޑޮލަރުންނެވެ. ސެމްސަންގުން ކުރިން ނެރުނު އެސް8 އުޅެނީ 750 ޑޮލަރުގަ އެވެ.
ކޮންމެ މީހެއްގެ ފިންގަޕްރިންޓުން ވެސް އެސް10 ހުޅުވޭ
ސެމްސަންގް މެދުފަންތީގެ ފޯނުތަކަށް ވަޔަލެސް ޗާޖިން
އައިފޯނު މޮޑެލްތަކަށް އޮންނަ ފޯރި މާ ގަދަ
ސެމްސަންގް ގެލަކްސީ ނޯޓް 9: އެންމެ ތަފާތީ ކުލަތައް
ނޯޓް 9 ރިލީޒް ނުކުރަނީސް ހުރިހާ ކަމެއް ހާމަޔަށް
ގެލަކްސީ ނޯޓް 9 އަށް ފަހު، ނޯޓް މަރުކާ ހުއްޓާލަނީ
ގެލަކްސީ ނޯޓް 8: އޮންނާނެ ކަމަށް ބެލެވޭ ސިފަ
ގެލަކްސީ އެސް8: ކޮންމެހެން ހުންނަން ޖެހޭ ސިފަތައް
ކަޅި ދެނެގަންނަ ސެންސަަރެއް ހިމެނޭ ނޯޓު 7 ދައްކާލައިފި
އޯގަސްޓްގައި ގެލެކްސީ ނޯޓް 6 ދައްކާލަފާނެ