13 އެޕްރީލް 2017
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސައިން އާއި އަހްމަދު ޝަފީގަށް ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދާ ޝަރީއަތަށް ވަދެވަޑައިގަތުން ކޯޓުން މަނާކޮށްފި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސައިން އާއި އަހްމަދު ޝަފީގަށް ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދާ ޝަރީއަތަށް ވަދެވަޑައިގަތުން ކޯޓުން މަނާކޮށްފި އެވެ.
ހިސާން ވިދާޅުވީ ވަކީލުންގެ ގޮތުގައި ޝަރީއަތަށް ވަދެވަޑައިނުގެންނެވޭނެކަން ކޯޓުން އެންގީ މިއަދު ކޯޓަށް ވަޑައިގަތުމުން ކަމަށެވެ. އެގޮތަށް ކޯޓުން ނިންމީ ގާސިމްގެ ބަންދުގެ މައްސަލާގައި އިއްޔެ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން ކަމަށް ކޯޓުން ބުނި ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.
ޝަރީއަތަށް ވަނުން މަނާކުރީ، ބަންދުގެ މުއްދަތު ޖެހުމުގައި ކޯޓުން އަމަލުކުރާ ގޮތާ ބެހޭ ގޮތުން ހިސާން ވާހަކަ ދެއްކެވި އިރު "ވާނުވާ ޖަހާނެ" ކަމަށް ވިދާޅުވެފައި ވާތީ އެއީ ކޯޓުގެ ތަސައްވުރު ގޯސްވެދާނެ ވާހަަކައެއް ކަމަށް ނިންމައި، އެކަން ބަލަން ކޯޓުން ނިންމާފައި ވާތީ ކަމަށް ކޯޓާ ހަވާލާދީ ހިސާން ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ އޭނާގެ ބަހެއް ކޯޓުން ހޯދުމަކާ ނުލައި މިގޮތަށް ކުއްލިއަކަށް ނިންމުމުން، އޭނާގެ މުވައްކިލުގެ ހައްގު ގެއްލޭނެ ކަމަށާއި އެކަމާ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.
ހިސާންގެ އިތުރުން، ކްރިމިނަލް ކޯޓަށް ވަނުން މަނާކުރި ވަކީލް އަހްމަދު ޝަފީގް އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ހުސެން ވަހީދު/މިހާރު
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިސާން ވިދާޅުވީ މިއަދު ބާއްވާ ޝަރީއަތުގައި ގާސިމަށް "ވާނުވާ ޖަހާނެ" ގަބޫލުކުރެއްވޭ ކަމަށެވެ.
"ގަބޫލު ކުރެވެނީ މާދަމާ ވާނުވާ ޖަހާނެ ކަމަށް. ވާނުވާގެ މާނައަކީ ޝަރީއަތް ފެށުމަށް ފަހު އިންނަވާ ގާޒީ ޖައްސަވާނެ އަމުރެއް، އެ އަމުރުގައި އޮންނާނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން އަމުރުކޮށްފީމޭ. ދެން ޝަރީއަތް ފެށިގެން ނިމޭނެ ދުވަހެއް މާތްކަލާނގެ ދެނެވޮޑިގެންވާނީ،" ހިސާން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒުގެ މައްޗަށް، "ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ" ކޮށް އެ ޝަރީއަތް 10:00 ވަނީ ފަށައިފަ އެވެ. މާމިގިލި ދާއިރާގެ މެންބަރު ގާސިމަށް ތިން ދައުވާއެއް ވަނީ ކޮށްފަ އެވެ. ގާސިމްގެ ޝަރީއަތް 11:30 ގައި ފަށަން ވަނީ ތާވަލްކޮށްފަ އެވެ. ގާސިމަށް ކުރަނީ ރިޝްވަތު ދޭން އުޅުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި ވޯޓު ދޭންހުުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އެވެ.
ޝަކީލްއާ ބައްދަލުކުރި ވާހަކަ ނަޝީދު ދޮގުކުރައްވައިފި
ފަނޑިޔާރުންނަށް ސެކިއުރިޓީ ކަށަވަރު ކޮށެއް ނުދެވޭ!
ކްރިމިނަލް ކޯޓުގެ ބެކްލޮގް ހުސްކުރަން 16 އަހަރުވާނެ
ގިނަ ޝަރީއަތްތައް ކެންސަލްވީ އިދާރީ މައްސަލަތަކާ ހެދި
ޝަރީއަތްތަކުގައި ފޯނާއި ލެޕްޓޮޕް ދެން ބޭނުން ކުރެވޭނެ
"ފަނޑިޔާރުގެއަށް ގެނައި ބަދަލުގެ ހެޔޮ އަސަރު ފެނޭ"
ދެފަނޑިޔާރުންގެ ހައްގު ވަނީ ނިގުޅައިގެންފައި: ވަކީލުން
ހިސާން ހާޒިރުކުރީ އިއްޔެ ދެއްކެވި ވާހަކަތަކާ ގުޅިގެން
ހިސާން ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގައިފި
ހިސާން: ހައްގުތަކުގެ ދިފާއުގައި، ދޫދިނުމެއް ނެތް